ހައްލެއް ނެތްބާ؟

މުޙައްމަދު ޤާސިމް/ އއ. މަތިވެރި
ދާދިފަހުން ދުވަހަކުު ރައްޓެއްސަކާ ދިމާވެގެން ކިޔައިފިއެވެ. ތި ލިޔާ “އުޑުދަށުން” ކޮލަމުގައި ލިޔަން ޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. ކޮން ކަމެއްތޯ އަހައިލުމުން ކިޔައިދިނެވެ. އޭނާއަށް ތަޖުރިބާ ކުރާން ޖެހުނު ކަމެއްގެ ވާހަކައެވެ.

އެއީ އެދުވަހުގެ ނުވައެއްޖަހައި އެހައިކަންހައި އިރެވެ. އެކުވެރިޔާ ގެއިން ނިކުތީ ނުވައެއް ޖަހާއިރު ފަށަން ހަމަޖެހިފައި އޮތް މީޓިންނަކަށް ދިޔުމަށެވެ. ސައިކަލަށް އަރައި ނައްޓާލީ ނުވައެއް ޖަހާންވާއިރަށް އޮފީހަށް ދެވޭތޯއެވެ. ވަކި ހިސާބަކުން ސައިކަލު މަޑުކޮށްލާން ޖެހިއްޖެއެވެ. މަގުމަތީ ބައްތިއެއްގެ އަމުރަށް ތަބަޢަވުމުގެ ގޮތުންނެވެ. އެކުވެރިޔާއަށް ޖާގަ ލިބުނީ މުދާ ބަރުކޮށް ފައި އޮތް ބޮޑު ލޮރީއެއްގެ އެއްފަރާތުންނެވެ. ލޮރީގައި ހުރީ މަތިމައްޗަށް މުދާޖަހާފައެވެ. ގަވާއިދު ހުއްދަކުރާ މިންގަނޑު ފަހަނަޅައި ދާ މިންވަރަށެވެ. މުދާތަކުގެ މަތީގައި ކާޅުބައެއްހެން ޖައްސާލައިގެން ތިބީ މިއަދު ގައުމަށް ގިނަވެފައިވާ ބިދޭސީންގެ ބައިގަނޑެކެވެ.

އެއްވެސް މީހެއްގެ ސަމާލުކަމެއް މިކަމަކަށް ނެތެވެ. ކުއްލިއަކަށް އެކުވެރިޔާގެ ބުރަކައްޓަށް، ކުޑަ ތެތްކަމަކާއެކު ހޫނުކަމެއްގެ އިހުސާސެއް ކުރެވިއްޖެއެވެ. އެކުވެރިޔާއަށް ފަހަތަށް ބަލައިލެވުމާއެކު، އޭނާގެ ފަހަތުގައި ހުރި ސައިކަލުގައި އިން މީހާ ބުނެލި އެއްޗަކުން، އެކުވެރިޔާ ގަތީ ފަކުރެވެ. އޭނާ ބުނީ ލޮރީގައި ތިބި “ބަންގާޅީން”ގެ ތެރެއިން މީހަކު ޖެހި ކުޅެއް ގަމީހުގެ ފުރަގަހުގައި ތަތްވެފައި ހުރި ވާހަކައެވެ. ކަންދިމާކުރި ގޮތުން މަގުމަތީ ބައްތި “ފެހިވީ” އެވަގުތުއެވެ. ލޮރީ ދުއްވާލައިފިއެވެ. އެކުވެރިޔާއަށް ޖެހުނީ ގަތް ފަކުރާއެކު، ގެއާ ދިމާއަށް އަނބުރައިލާށެވެ. ގެއަށް ގޮސް އަނެއްކާ ފެންވަރައި އެއްޗެހި ބަދަލުކުރާށެވެ. މީޓިން ވެސް ކެންސަލްކުރާށެވެ.

މިއީ އެކުވެރިޔާއަށް ދިމާވި އެއްދުވަހުގެ އެއް ހާދިސާއެވެ. ކަށަވަރުވާ ކަމަކީ މިފަދަ އެތައްކަމެއް އެތައް ބަޔަކަށް ދިމާވެފައިވާނޭ ކަމެވެ. ފެންނަ ޙަޤީޤަތަކީ، ބިދޭސީ މަސައްކަތު މީހުން، މަގުގައި ހިނގާ ބިނގާވެ އުޅޭއިރުއާއި، ކަންކަމުގައި ހަރަކާތްތެރިވެ އުޅޭއިރު، ބަލައިލުމެއްނެތި އެކި ދިމަދިމާއަށް ކުޅުޖަހާކަމެވެ. ވަކި ދިމާއެއްނެތި، މިގޮތަށް ފޮނުވާލާ “ވަޒަނުގެ” އަމާޒުފަތްގަނޑަކަށް އެތައް ބަޔަކު ވެފައިވާނޭކަމީ ކަށަވަރު ކަމެވެ. އެއްދުވަހަކު ދަރިފުޅު ގޮވައިގެން ސްކޫލުދޮށަށް ދަނިކޮށް ދަރުފުޅުގެ ގަޔަށް ވެސް ބަންގާޅީއަކު ކުޅުޖެހިވާހަކަ ތަންކޮޅެއް ކުރީ ދުވަހަކު މީހަކު ބުންޏެވެ.

ކުޑަކުޑަ ކަމެކޭ ހީވިޔަސް މިހިރަ ހުންނަނީ އާދައިގެ ކަންކަމެެއް ނޫނެވެ. ބިދޭސީންގެ ސަބަބުން ދިވެހީންނަށް ކޮންމެވެސް ސިފައެއްގައި ފައިދާއެއް ކުރިނަމަވެސް، އެބައިމީހުންގެ ކަންތައްތައް ހުންނަގޮތުން ލިބޭ ގެއްލުން ހާދަބޮޑެވެ. ކަންމިހެން އޮތްނަމަވެސް، ހިތާމައަކީ ރާއްޖެއަށް ގެނެވޭ ބިދޭސީންގެ ލިސްޓު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަމެވެ. މިއަދު ދިވެހީންނަށް އެބައިމީހުންނާ ނުލައި ހަމަ އެއްކަމެއް ވެސް ކުރެވޭ ކަމަކަށް ނުވެއެވެ. ތިމާގެ ބަނޑުން އުފަންކުރާ ލޯބިލޯބި ދަރިފުޅު، ތަރުބިއްޔަތު ކުރުންވެސް ހަވާލުވެފައި މި އޮންނަނީ ބިދޭސީއަކާއެވެ.

މިއަދު މާލޭގެ ގިނަ ގޭގެއަށް ޖަމާވާ ކުންޏާ ހަވާލުވާންޖެހޭ ބަޔަކީ ވެސް ބިދޭސީންނެވެ. ބާ ބައިސްކަލުތަކަށް ކެތްނުކުރެވޭ ވަރަށް ކުނި ބަރުކޮށްގެން، މާލޭގެ މަގުތަކުގައި އެބައިމީހުން ދުއްވާނަގާއިރު، މި ކުނި ބަސްތާތަކާއި ކޮތަޅުތައް އެތައްބަޔެއްގެ ހެދުމުގައި ފިރުމައި، ބޮސްދެމުންދާ މަންޒަރު ހަމަ ކޮންމެ ދުވަހަކު ފެނެއެވެ. އަދި މިވަރުން ފުދުނީއެއް ނޫނެވެ. ގެންދާ ކުނީގެ ފުނިވަރުތަކުން މަގުތައް ތަޣައްޔަރުވަމުން އަންފަހަރު ވެސް އާދެއެވެ. ކަން މިހެން އޮއްވާ ގަސްދުގައި މަގަށް ކުނި އަޅާލާފައި ބަޗާ މީހުންނާއި، ބަޗަން އުޅެނިކޮށް އަތުލައިގަންނަ މީހުންގެ ވާހަކަ ވެސް އިވެއެވެ.

ރާއްޖޭގައި އުޅޭ ގިނަ ބިދޭސީ މަސައްކަތު މީހުންނަކީ އަވަށްޓެރި އިންޑިޔާ، ލަންކާ، ބަންގާޅު، ނޭޕާލު ފަދަ ގައުމުތަކުން ގެންނަ މީހުންނެވެ. މިގޮތަށް ގެންނަ ގިނަ މީހުންނަކީ، ތަހުޒީބުގެ އެއްވެސް ކަންފުޅެއް ހުރި ބައެއްނޫނެވެ. އަމުދުން ތަޢުލީމުގެ ކުޑަ މިންވަރެއް ވެސް ލިބިފައި ތިިބި މީހުންނެއް ނޫނެވެ. މަދު މީހަކު ފިޔަވައެެވެ. ޖީބަށް ބަރުނުވާގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވުމަށްޓަކައި، އެތަންތަނުން ގެނެވެނީ، މިދެންނެވި “ކަނޑައިލީމާ ލޭ ނާންނަ”ފަދަ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ފަރާތުން މިއަދު މިގައުމުން ފެންނަމުން މިދަނީ، މިގައުމުގެ ރައްޔިތުން ދެކޭން ބޭނުންނުވާފަދަ އެތައް ކަމެކެވެ.

މިބާވަތުގެ އެތައް އެތައްކަމެއް ބިދޭސީންނާ ގުޅިފައިވާއިރު މިކަންކަން ޙައްލުކުރެވޭނެ ގޮތަކާމެދު ވިސްނާކަށް ހަމަ ނުވޭބާވައޭ ހިތަށް އަރައެވެ. ގައުމު އޮތް ހާލަތަށްބަލާއިރު، ބިދޭސީން ގެނައުން ހުއްޓުވުމަކީ ހަމަ ކަށަވަރުން ވެސް ކުރެވޭނެކަމެއް ނޫނެވެ. ބަލަންވީ އެމީހުންނާއެކު ދިވެހީންނަށް ވެސް ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް އޮތްތޯއެވެ. މިކަމަށް ބޭނުންވަނީ، ސަރުކާރުގެ ކަމާބެހޭ ފަރާތުގެ އެހީތެރިކަމެވެ. ބިދޭސީން ގައުމުގައި އުޅޭންޖެހޭ ހަރުދަނާ އުސޫލުތަކެއް އެކަށައަޅާންވީއެވެ. ކުދިކުދި ކަންކަމޭ ހީވާ، މިބާވަތުގެ ކަންކަން ވެސް ހިމަނައިގެންނެވެ. އެއަށްފަހު ކަނޑައަޅާ އުޞޫލުތަކާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅާންވީއެވެ. މިގޮތަށް މިކަން ކުރެވިއްޖެނަމަ، ބިދޭސީންނާއި ދިވެހީން ވެސް މިކަންކަމާމެދު މިހާރަށްވުރެ ބޮޑަށް ވިސްނައި ސަމާލުކަން ދޭނެއެވެ.

Readers Comments (11)

  1. What a data of un-ambiguity and preserveness of
    precious know-how regarding unpredicted emotions.

    Reply
  2. Useful info. Fortunate me I found your website by accident, and I’m surprised
    why this accident didn’t took place in advance!

    I bookmarked it.

    Take a look at my web site Fitness Keto Diet Pills

    Reply
  3. Hi there! This post could not be written any better! Reading through this post reminds me of my good old
    room mate! He always kept chatting about this. I will forward this article to him.
    Fairly certain he will have a good read. Thank you for sharing!

    Also visit my webpage :: Silencil

    Reply
  4. I wanted to send you this little bit of word to be able to thank you very much yet again relating to the unique knowledge you’ve contributed in this case.
    It has been really seriously generous with you to grant publicly all
    many of us could possibly have marketed as an e-book in making some profit for themselves, mostly now
    that you might have done it if you ever wanted. The secrets likewise acted to be a fantastic way to be
    certain that other people have a similar passion the same as my personal own to
    figure out whole lot more in respect of this condition. I’m sure
    there are several more fun occasions ahead for individuals that take a look at your blog.

    Review my web page … Скачать

    Reply
  5. Loving the information on this internet site, you
    have done outstanding job on the posts.

    Also visit my page … Green Leaf Healing CBD Reviews

    Reply
  6. Woh I enjoy your articles, saved to fav!

    Feel free to surf to my web site – Grown N Flow Review

    Reply
  7. Have you ever considered about adding a little bit more than just your articles? I mean, what you say is valuable and everything. Nevertheless just imagine if you added some great photos or video clips to give your posts more, “pop”! Your content is excellent but with pics and clips, this site could undeniably be one of the very best in its field. Fantastic blog!|

    Reply
  8. I pay a quick visit each day some web pages and websites to read content, except this weblog offers quality based posts.|

    Reply
  9. Hi, Neat post. There is a problem along with your site in web explorer, may check this? IE still is the marketplace chief and a huge part of other people will miss your great writing due to this problem.|

    Reply
  10. I was recommended this website by my cousin. I am not sure whether this post is written by him as no one else know such detailed about my trouble. You are amazing! Thanks!|

    Reply
  11. Undeniably imagine that which you stated. Your favourite reason seemed to be at the internet the easiest thing to bear in mind of. I say to you, I definitely get irked at the same time as people think about concerns that they just do not recognize about. You controlled to hit the nail upon the highest and also outlined out the whole thing with no need side effect , folks could take a signal. Will probably be again to get more. Thank you|

    Reply

ޚިޔާލު