ވާހަކަ

ކުރުވާހަކަ

އެންބިއުލާންސް ޑުރައިވަރު

އޭނާއަކީ ސަރުކާރު ހަސްފަތާލެއްގެ އެންބިއުލާންސް ޑުރައިވަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ، ދެބައި އުމުރުގެ މީހެކެވެ. އޭނާގެ ކަމަކަށް އޮންނަނީ ވަޒީފާގެ މަސައްކަތެވެ. ދެން އޮންނާނި ރައްޓެހިންނާ އެކު ކޮފީ ބުއިމާއި ސިގިރެޓް ބުއިމެވެ. އަނބިދަރީންނަށް ވެސް އަޅައިލައި އެހީތެރިކަން ފޯރުކޮށްދެއެވެ. މުސްލިމެއްގެ…

ކުރުވާހަކަ

ދެބެއިން

މިއީ މި ކުޑަކުޑަ ދިވެހި ފަސްގަނޑުގައި ދާދިފަހުން ހިނގައިދިޔަ ކަމެއްގެ ވާހަކައެވެ. ރަށަކީ ރާއްޖޭގެ ކުޑަ ރަށެކެވެ. މި ވާހަކައިގައި އުޅެނީ އެއްބަނޑު އެއްބަފާ ދެ ބެއިންނެވެ. ބޭބެއަކާއި ފިރިހެން ކޮއްކޮއެކެވެ. އެ ދެބެއިންނަކީ ވަރަށް ހެޔޮލަފާ ޞާލިހު ދެ އަޚުންނެވެ….

ކުރުވާހަކަ

ބޯކޮށާ މީހާގެ ވާހަކަ

އެއް ދުވަހަކު ބޯކޮށާ މީހެއްގެ ގާތަށް މުސްލިމު ޒުވާނަކު ބޯކޮށަން ދިޔައެވެ. ބޯކޮށާ މީހާ މުސްލިމު ޒުވާނާގެ ބޯކޮށަން ފެށުމަށްފަހު، ތަފާތު އެކި ކަހަލަ ވާހަކަތައް ދައްކަމުން ގެންދިޔައެވެ. މި ގޮތަށް ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރޭގައި ބޮކޮށާ މީހާ ބުނެފިއެވެ….

ކުރުވާހަކަ

“ޓްރެއިންރ ވީލް ބައިކް”

ސަރާސަރު ބޮޑު މަގެއްގައި އަހަރެން ކުރިއަށް ދިޔައީ އިތުބާރާ އެކުގައެވެ. “ޓްރެއިންރ ވީލް ބައިކް” އެއްގައެވެ. ހަ ފަރާތުން އިޙުސާސްކުރެވެނީ ރައްކާތެރިކަމެވެ. ކާމިޔާބުގެ އައްސޭރިއަކަށް ހޭރިޔާކުރަމުން ދުއްވާފައި ދިޔައީ، ޚިޔާލެއް ފިކުރެއް ނެތެވެ. ދަތުރުގެ ވަކި ހިސާބަކުން، އެހެން މަގަކަށް މިސްރާބު…

ދިގުވާހަކަ

ވަހުމް

ދަމަކަށް އިރު އަރައިފިއެވެ. އިރުވަޔަށް އަލިކޮށްފައިވާ ސާފު ނޫ އުޑު، މިއަދު ވަނީ އިރުގެ މިލްކަކަށް ހަދާފައެވެ. އިރުގެ ދޯދިތައް ހަލުއިކަމާ އެކު މަސައްކަތްކުރަމުން ގެންދިޔައީ، އޭގެ މުށުގެ ތެރެއަށް މުޅި ދުނިޔެ ގެނެވޭތޯއެވެ. ގުދުރަތުގެ ފުރިހަމަކަން ފެންނަ ރީތި ކުޑަކުޑަ…

ދިގުވާހަކަ

ހަމްދަރުދީ

ރަސްފަންނުގައި ގައި ހުރި ޖޯލިފަތިތަކުން ޖޯއްޔެއްގައި އިށީނދެލައިގެން އިން ޒުވާން އަންހެންކުއްޖާގެ މޫނަށް ސަމާލުކަމުގެ ނަޒަރެއް ދެވުނީ އެއްވެސް އިޚުތިޔާރެއްނެތިއެވެ. ވަރަށް ކުއްލި ގޮތަކަށެވެ. އެއީ ރީތިމޫނެކެވެ. ބަލާފޫހިނުވާ ކަހަލަ ގޮތެއް އެބަހުއްޓެވެ. އެހެންނަމަވެސް މި އުޅެނީ އެ މޫނުގެ ޖާދޫގައި…

ދިގުވާހަކަ

ހަފުސް

ހަފުސް ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ، ގދ. މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާ ދިމާއަށް ހިނގާލައިފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެއްކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި…

ދިގުވާހަކަ

އަޖަލު

އަޖަލު ސިހުމާއި ކެކުޅުން އިންތިހާގައެވެ. ރަޙުމެއް އަމުދުން ނެތެވެ. ހުޅިލައި ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ގަދަފަދަކަމެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަކުގެ ބޮޑެތިކަމެވެ. ވިދާލައި ވިދުވަރުގެ ތޫނުކަމެވެ. ޖަހާލައި ގުގުރީގެ ބަރުކަމެވެ. ރުއިމާއި ގިސްލުމުގެ އަޑުގައި ހުރި ހިތްދަތިކަމެވެ. ނުރައްކާތެރި…

ދިގުވާހަކަ

އޮލިމްޕަސް

“ނަބީލް” ލިބުނު ސިހުމާއެކު، އަޑަށް ބާރުލައިފައި ސީމާއަށް ގޮވައިލެވުނެވެ. މައްޗަށް ބަލަހައްޓައިގެން ހުރި ނަބީލަށް، ސީމާގެ އަޑު އިވުމާއެކު، އެނބުރި ބަލައިލިއެވެ. “ކީއްކުރަން ޓެރަހަށް ތި އެރީ؟ އަވަހަށް ހިނގާ ތިރިއަށް!” ސީމާގެ އަޑުގައި ހުރީ ގާތްކަމެވެ. ލޯތްބެވެ. އޭނާއަށް ހުރެވުނީ،…

ކުރުވާހަކަ

ހިމޭން ލޯބި

ފަތިސްނަމާދުކޮށްގެން އޮށޯވެ ނިދިޖެހުނުތަނާ ކަހަލަ ގޮތަކަށް، ވާސިފުގެ މަންމަ އައިސް ވާސިފަށް ގޮވައިފިއެވެ. ކުލާހަށް ދާ ގަޑިޖެހޭތީއެވެ. ގިނަ ދުވަސްދުވަހު 8 ޖަހާއިރު ކުލާސް ފެށުނު ނަމަވެސް، މިއަދު ކުލާސް ފެށޭނީ 10 ޖަހާއިރުއެވެ. ފުރަތަމަ އޮންނާނީ ކޮންޕިއުޓަރު ކުލާހެވެ. އެއީ…