July 2015

އަދަބިއްޔާތު

ގުރޭޑު 12 ގެ އަދަބިއްޔާތު ޕްރޮޖެކްޓުގެ ސުވާލުތައް (މަންމަ ވާހަކަ)

1- ތިރީގައި އޮތް ތިން ބައިތުގައި ބުނާ ވާހަކަތަކާއި މި ވާހަކައާ ހުރި ގުޅުން ވާހަކައިން ހެކިދައްކައިގެން ބަޔާންކުރާށެވެ! (5 މާކްސް) “ތެޔޮފެން ލެވޭހިނދު މާބަނޑުން ތޮޅެމުން އެދާއިރު ހީވެޔޭ ހެޔޮކަމުގެ ތިލަފަތް ބަރުކުރާ ހެވަކަށް މި ދަރިފުޅު ވާނެޔޭ ހެޔޮކޮށްހިތާ،…

އުފެއްދުންތެރި ލިޔުން

އަހަރެންގެ ހަޔާތުގެ ޞަފުޙާތައް:

ލިޔުނީ: މުހައްމަދު ޤާސިމް އަހަރެންނަކީ ހަތަރެސްފައި ޖެހި ޖަނަވާރުގެ ގިންތިއަށް އުފަންވެފައިވާ ޖަނަވާރެކެވެ. މާ ހައިބަތު ބޮޑު ނޫން ނަމަވެސް ހައިބަތު ކުޑަ ކަމަކަށް އެއްބަސްވާކަށް ނެތީމެވެ. އެންމެ ދެ އަކުރުގެ ނަމަކުން އަހަރެންނަށް ނަންކީ ނަމަވެސް، އަހަރެމެންގެ އުޅުމާއި މިޒާޖުގައި…

ކުޑަކުދިންގެ ވާހަކަ

އަލީގެ ހެޔޮކަން

އުޑުމަތި ބަނަވެއްޖެއެވެ. ވައިރޯޅި ބާރުވެއްޖެއެވެ. އަލީ ހުރީ ގޭގައި އެކަންޏެވެ. އަލީގެ މަންމަ ދިޔައީ އަލީގެ ކޮއްކޮ ބަލާ ސްކޫލުދޮށަށެވެ. އަލީގާތު ގެއިން ނުނިކުތުމަށް ބުނެފައެވެ. އަލީ ހުރީ މަންމަގެ އިންތިޒާރުގައެވެ. މަންމަ ދިޔައީ ކޮއްކޮ ގޮވައިގެން އަންނައިރު އަލީއަށް ބޯޅައެއް…

މަޢުލޫމާތު

މުއާާޞަލާތުކުރުން

މުއާޞަލާތުކުރުމަކީ، ގުޅުން އުފެއްދުމަށް ނުވަތަ މަޢުލޫމާތު ބަދަލުކުރުމަށް ކުރާ ޢަމަލަށް ކިޔައި އުޅޭ ނަމެކެވެ. އަނގަބަހުން ނުވަތަ ލިޔުމުން މިކަން ކުރެއެވެ. ހަރަކާތުން ނުވަތަ އިޝާރާތުން ވެސް މިކަން ކުރެއެވެ. އަދި ކޮބައިތޯއެވެ. އަނެކާއަށް ދޭހަވާ ބަހުރުވައަކުން ނުވަތަ ނިޝާނެއް ބޭނުން…

މަޢުލޫމާތު

އާދަޔާޚިލާފަށް ހަށިގަނޑު ފަލަވާނަމަ، އެކަމަށް ދޭ ސަމާލުކަން އިތުރުކުރާށެވެ!

ތިމާގެ ހަށިގަނޑަކީ ލޮކިމަސްޖަހައި، ފަލަވެފައިވާ ހަށިގަނޑަކަށްވާކަށް ހަމަ އެކަކު ވެސް ނޭދޭނެއެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ ރީތި، ތުނި ތުނި، ލޫޅާފަތި ހަށިގަނޑެއްގެ ވެރިއަކަށް ވާށެވެ. ޚާއްޞަކޮށް އަންހެންކުދިންގެ ހިތުގައި މިކަމަށް އޮންނަ ދަހިވެތިކަން ބޮޑެވެ. އެކުދީންނަކީ ރީތިކަމާއި، ފަރިކަމަށް،…

އުޑުދަށުން

ލޯބި ދޭށެވެ! ލޯބި ލިބޭނެއެވެ.

މީގެ ދުވަސްކޮޅެއް ކުރީން “ލޯބިވާށެވެ! ލޯބިދެށެވެ!” މި ނަމުގައި ލިޔުނު ކޮލަމާ ގުޅިގެން ބައެއް ކިޔުންތެރީން ދެއްކި ވާހަކަތަކުގެ ސަބަބުން މި ލިޔުން ލިޔެލާން ހިތަށް އެރީއެވެ. ބައެއް މީހުން ބުނަނީ، މައިން ބަފައިން މުސްކުޅިވެ ގައިބާރު ނެތިގެންދާ ދުވަހު، ދަރީންގެ…

ކުރުވާހަކަ

ހާދަ ރީއްޗެވެ.

އަވަސް އަވަސް ކޮށްލައިގެން ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓު ކޮށްލައިފީމެވެ. ގިޔަރަށް ލުމާ ދުއްވާލުމާ ދިޔައީ ދާދި އެކު އެކީގަ އެވެ. ގަވާޢިދު ހުއްދަކުރާ އެންމެ ހަލުވި ދުވެލީގައި އަހަރެން ބެހެއްޓީ ކާޕެޓު ދަނޑާ ދިމާއަށެވެ. ހަތަރުގަޑި ބަޔަށް އެހިސާބަށް…

ކުރުވާހަކަ

ހިތްދަތި ކަމުގައި

ދާ ހިއްލަނީއެވެ. ހާސްވަނީއެވެ. މޭ ނުބައި ކުރަނީއެވެ. ހޮޑު ލަވަނީއެވެ. ތެޅިއްޖެއެވެ. ކިތަންމެ ވަރަކަށް ވެސް ތެޅިއްޖެއެވެ. އެކަކު ވެސް ނައެވެ. އަޑު އިވޭކަމަކަށް ވެސް ނުހެދިއެވެ. ފޯނު ކުރެވިއްޖެއެވެ. ދަންނަ ހުރިހާ ނަންބަރަކަށްހެން ގުޅިއްޖެއެވެ. ފޯނެއް ނުނެގިއެވެ. މިއީ އަނެއްކާ…

ކުރުވާހަކަ

ޒުވާނާ

މެންދުރުގެ ވަގުތެވެ. މާލޭގެ މަގުތަކަށް ވެރިވެފައިވަނީ އާދަޔާޚިލާފު އުދާސްކަމެކެވެ. އެ އުދާސްތަކުގެ ތެރޭގައި މަގުފިރުމަމުން އައި މުސްކުޅި “ޒުވާނާ” ފެނިފައި ލިބުނީ އާދަޔާޚިލާފު ހައިރާންކަމެކެވެ. އޭނާގެ ދަށްބޮލުގައި ހުރި ހައެއްކަ އިސްތަށި ނެތްނަމަ މުޅިބޯ ހީވާނީ ބަރަބޮލެއް ހެންނެވެ. އިރަށްވުރެ ދަޅަގަދަވެފައިވާ…

ކުރުވާހަކަ

ސަޕްރައިޒް

މަރީގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އުފާވެރިކަން އެ މޫނުމަތި އަލިކޮށްދެމުން ދިޔައިރު، އޭނާގެ ހިމަ ހޯލި އިނގިލިތައް ކޮންޕިއުޓަރުގެ ކީބޯޑުމަތީގައި ދުވެލަ ދުވެލައި ހުރީ ފަރިތަކަމާއެކުގައެވެ. މޮނިޓަރުގެ އެއްފަރާތުގައި އޮތް ނޯޓުފޮތަށް އޭނާގެ ސާފު ބޮޑު ދެލޯ ހުއްޓިފައި ވީ ނަމަވެސް،…