August 2015

މަޒުމޫނު

ޒިންމާދާރު ވަޒީފާއެއް އަދާކުރުން އުފަލަކަށް ހަދަމާތޯއެވެ.

މުޙައްމަދު ޤާސިމް/ އއ. މަތިވެރި ދިވެހި މުޖުތަމަޢަށް މިއަންނަނީ ހާދަ ބޮޑެތި ބަދަލުތަކެކެވެ. ބައެއް ބަދަލުތައް ފެނުމުން އުފަލުން ހިތް ފޮޅެއެވެ. ހިތަށް ހަމަޖެހުންލިބި، ލެޔަށް ތާޒާކަން ގެނުވައެވެ. ނާރުތަކަށް ދިރުން ލިބެއެވެ. އެހެންނަމަވެސް އަނެއްބައި ބަދަލުތަކާ މެދު ވިސްނައި ޚިޔާލުކޮށްލުމާއެކު،…

މަޢުލޫމާތު

ވާހަކައެއްގެ ޝަޚުޞިއްޔަތު ރާވާނީ ކިހިނެއް؟ (2)

މުހައްމަދު ގާސިމް، އއ. މަތިވެރި ޝަޚުޞިއްޔަތު ބެހޭ ބައިތައް: ޖެނީ މަންސް (2010) ހާމަ ކުރައްވާ ގޮތުގައި ވާހަކައިގެ ޝަޚުޞިއްޔަތު ބެހެނީ 6 ބަޔަކަށެވެ. އެއީ: 1. ޕްރޮޓޯގޮނިސްޓް އާންމުގޮތެއްގައި ވާހަކައެއްގައި އުޅޭ ޝަޚުޞިއްޔަތު ތަކުގެ ތެރެއިން އެއްވައްތަރަކީ “ޕްރޮޓޯގޮނިސްޓް” އެވެ….

މަޢުލޫމާތު

ވާހަކައެއްގެ ޝަޚުޞިއްޔަތު ރާވާނީ ކިހިނެއް؟ (1)

މުހައްމަދު ގާސިމް، އއ. މަތިވެރި ވާހަކައިގެ ޝަޚުޞިއްޔަތަކީ އެ ވާހަކައެއްގައި އުޅޭ މީހާ އެވެ. ނުވަތަ މީހުންނެވެ. ތެދުތެދަށް ދަންނަވާނަމަ، ވާހަކައެއްގައި، ޝަޚުޞިއްޔަތަކީ ވަރަށް މުހިއްމު ބައެކެވެ. ވާހަކައިގައި ހިނގާ އެންމެހާ ކަންކަން ގުޅި ލާމެހިފައިވާނީ އެވާހަކައެއްގައި އުޅޭ ޝަޚުޞިއްޔަތުތަކާ އެވެ….

އާޅެން

ދުނިޔޭގެ އުޞޫލު

މުހައްމަދު ގާސިމް / އއ. މަތިވެރި އުޑުމަތި ވަނީ ނޫކުލައިން ފެވިފައެވެ. ދިލައާއި ހޫނުގެ ރަސްގެފާނު “ފިރުކިފައި” އާދެއެވެ. މެދުއުޑަށް ވާޞިލުވެވޭތޯއެވެ. އާރާއި ބާރު މުޅި ދުނިޔެއަށް ފޯރުވަމުންނެވެ. ހިރަފުހާއި ދުމުގެ ކަޅު ވިލާތަކުން މުޅި ޖައްވު ކިލަނބު ކުރަމުން ދެއެވެ….

މަޢުލޫމާތު

ކިޔަވައި ދެއްވުމުގައިގައި އޮޅުންފިލާގޮތަށް ބުނެދެއްވޭތޯ ބައްލަވާށެވެ!

ލިޔުނީ: މުޙައްމަދު ގާސިމް ދަރިފުޅު ބުނެއެވެ. މަންމާއެވެ! ފިލާވަޅު ހަދާގޮތެއް ނޭނގުނެވެ. ބުނެދީބަލާށެވެ! މަންމަ އަހައެވެ. މުދައްރިސް ކިޔައި ދެއްވި ނޫންހެއްޔެވެ. އަމިއްލައަށް ވިސްނައިގެން ހަދާށެވެ! އެކަމަކު ދަރިފުޅަށް އެކަން ވާގޮތެއްނުވިއެވެ. މަންމައަށް މަޖުބޫރުވީ ދަރިފުޅު ޓިއުޝަނަށް ފޮނުވާށެވެ! ޖީބަށް އިތުރު…

އުފެއްދުންތެރި ލިޔުން

ހަތަރު އަނބިން.

ލިޔުނީ: މުހައްމަދު ގާސިމް މާޒިންއަކީ އަތްމަތި ތަނަވަސް، މުދާވެރި މަހުޖަނެކެވެ. އޭނާގެ ހަތަރު އަނބިން ތިބެއެވެ. އޭނާގެ ހަތަރުވަނަ އަނބިމީހާދެކެ އޭނާ ވަރަށް ލޯބިވެއެވެ. އޭނާއަށް ކިރިޔާ ކަމެއްވިޔަސް އެހެން ހުރިހައި ކަމެއް ހުއްޓާލާފައި، މާޒިން އަވަސްވެގަންނަނީ އޭނާއަށް އެހީތެރި ވުމަށެވެ….

ކުރުވާހަކަ

ނެގި ރާޅު

މުހައްމަދު ގާސިމް ބޮޑު ޢީދުގެ ކުލަމަޖާގަނޑުގެ ތެރޭގައި އަހަރެމެން އުޅެމުންދިޔައީ ވަރަށް އުފާވެރިކަމާއެކުގައެވެ. މާލެއިންނާއި އެކި ރަށްރަށުން ބޮޑު އީދަށް އައިސް އުޅޭ މީހުންތަކުން، ރަށުތެރެ ވަނީ ތަރަތަރަ ޖަހާފައެވެ. އީދުގެ ފުރިހަމަ އުފާ ލިބެނީވެސް މިގޮތަށް ރަށުތެރެ ހަލަބޮލި ވެލީމައެވެ….

އުޑުދަށުން

ލޯބީގެ އަނިޔާ

ލިޔުނީ: މުހައްމަދު ޤާސިމް އެއީ ދެ ލޯބިވެރީންނެވެ. އެކަކު އަނެކަކު ދެކެ ނުހަނު ބޮޑަށް ލޯބިވާ ދެ ލޯބިވެރީންނެވެ. ރައްޓެހިވެގެން އުޅޭތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ބޮޑު މައްސަލައެކޭ ބުނާވަރުގެ މައްސަލައެއް ނުޖެހެއެވެ. ދެ ކުދީން ނުލާހިކު ގުޅެއެވެ….

އެހެނިހެން

ދިވެހީންގެ މަސައްކަތްތެރިކަމަށް އައިސްފައިވާ ބަދަލު

ލިޔުނީ: މުޙައްމަދު ޤާސިމް ކުދީންނޭވެ! ތިޔަ ކުދީންގެ ކާބަފައިންނަކީ މަސައްކަތްތެރިކަމުގެ ރޮނގުން ވަރަށް ބޮޑަށް ކުރިއަރާފައި ތިބި ބަޔެވެ. އެ ޒަމާނަކީ މަސައްކަތްކުރުމުގެ މާ ބޮޑު ވަސީލަތެއް އާލާތެއް ގެންގުޅުނު ޒަމާނަކަށް ނުވިޔަސް، އޭރުގެ މަސައްކަތްތަކުން ފެންނާންހުރީ ހުނަރުވެރިކަމާއި ފާޑުވެރިކަމެވެ. މިއީ…