ކިނބިހި

ލިޔުނީ: މުޙައްމަދު ޤާސިމް / އއ. މަތިވެރި
ކިނބިއްސޭ ބުނުމުން ވެސް ޒާތަކަށް ނޭފަތް ހިރުވާލައިފިއެވެ. ދެ ހިނދުރި ފުއްޕާލައިފިއެވެ. ކިނބިއްސޭ އެ ކިޔާ ގޮލާ، ހަށިގަނޑޭ މިކިޔާ ޖަލުގެ ކޮންމެވެސް ތަނެއްގައި ގައިދުވެ އިނދެފައި، ލިބުނު ހަނިހަނި ފުރުސަތުގައި، އަނގައާއި ނޭފަތުގެ ތެރެއިން ނިކުމެ ރައްކާވާން މަސައްކަތް ކުރާ ކަހަލަ އިހުސާސެއް ކުރެވެން ފެށުމުންނެވެ. އެހެންނަމަވެސް ކުރާނެކަމެއް ނެތެވެ. މިއަދު މި އޮތީ ކިނބިހީގެ ވާހަކަ ފެށިފައެވެ. ދެން ޖެހޭނީ މި ވާހަކަ ދައްކާށެވެ. ނޭފަތް ހިރުވައި، ދޭ ލޯ ފެންކަޅިކުރުވިޔަސް، އެހެން ގޮތެއް ނެތެވެ.

ކިނބިހި އެޅެނީ ކީއްވެގެން ހެއްޔެވެ؟ ކިނބިހި އެޅެނީ، ނޭފަތުގެ ތެތް ފަށަލައިގައި، ބޭރުން ވަންނަ ހިރަފުސް ނުވަތަ އެ ބާވަތުގެ ކޮންމެވެސް އެއްޗެއް، މާ ނޫން ގޮތަކަށް ކޮށްޓައިލުމާއެކު، އެ ފަށަލަ ހިރުވާން ފެށުމުންނެވެ. އަމިއްލައަށް ނޭފަތް ކެހުމާއި، ނޭފަތުގެ އިސްތަށްޓަށް ދަމައި އުފުރައި ހެދުން ފަދަ އަތްމުނިކެވުމުގެ ސަބަބުން ވެސް އެ ސަކަރާތާ ކުރިމަތިލާން ޖެހިދާނެއެވެ. އެއާއެކު އެ ކިނބިހި ހަށިގަނޑުން ބޭރުކޮށްލުމުގެ މަސައްކަތް، އެ ސަރަޙައްދުގެ ނާރުތަކުގެ ޒިންމާއަކަށް ހަދައެވެ. ސިކުނޑީގައިވާ ކިނބިއްސާބެހޭ ޚާއްޞަ އިދާރާއަށްއަށް “އާޖެންޓު” ސިޓިއެއް ފޮނުވައިގެންނެވެ. ސިޓީ ލިބުމާއެކު، ލަހެއްފަހެއް ނެތި، އެ އިދާރާއިން އެ ސޮރު ބޭރުކޮށްލުމުގެ މަސައްކަތް ފަށާނެއެވެ. ނަތީޖާއަކަށް ވަނީ، ފުންނޭވާއެއް އެތެރެއަށް ލެވި، މޭގެ މަސްތައް ވާންވެ، ފުއްޕާމޭގައި ވައިގެ ޕްރެޝަރުމަތިކޮށްލުމެވެ. ދެ ލޯ މެރި، މަތީތަލީގައި ދޫ ޖެހި ބާރުވުމެވެ. ހަމައެއާއެކު ބައެއް ފަހަރު ގަދަފަދަ އަޑުފަށްގަނޑަކާއެކު، ބައެއް ފަހަރު އަޑެއް ބަޑެއް ނެތި، ވުސްޖަހާފައި ނޭފަތުގެ ހިނދުރީން ކިނބިހި ނިކުމެގެން ރައްކާވެދާނެއެވެ. ކިނބިހި އެޅުމަކީ މިއެއް ނޫންހެއްޔެވެ؟

ކިނބިހީގެ އެތައް ވައްތަރެއް ހުރެއެވެ. މި ވައްތަރުތަކަށް ތަފާތު ނަންނަން ދެވިދާނެއެވެ. ލޮލުކޮޅަށް ކިރިޔާ ފެންނަފަށުގައި ތިބޭ މީހުން ވެސް، ސިއްސައިލާ ފަދަ ގަދަފަދަ އަޑާއެކު ބައެއް މީހުން ކިނބިހި އަޅައިލައެވެ. ކައިރީގައި ތިބޭ މީހުންގެ ކަންފަތުގެ ތޫރި ފަޅައިގެންދާ ވަރަށެވެ. މި ފަދަ ކިނބިއްސަށް އަޅުގަނޑު މިފަހަރު ކިޔާނީ “ހޮނުގުގުރި ކިނބިއްސެ”ވެ. ދެން އޮތީ، ޖެހިގެން އިންނަ މީހާއަށް ވެސް ކަމެއް ވާހެން ހީނުވާހެން އަޅައިލާ ކިނބިއްސެވެ. އެ ކިނބިހީގެ މިލްކުވެރި ފަރާތަށް ވެސް، އެކަން ކުރެވުނުކަން ނޭނގޭހައި ސިއްރުން ބޭރުކޮށްލާ ކިނބިއްސެވެ. އެފަދަ ކިނބިއްސަށް ކިޔާހިތްވަނީ “ވައި ކިނބިއްސެ”ވެ. ދެން ހުރި ބާވަތްތައް ފެތޭނީ މި ދެ ބާވަތުގެ ދެމެދަށެވެ. “ކުރު ކިނބިއްސެ”ވެ. “އަވަސް ކިނބިއްސެ”ވެ. “ތަރަތަރަ ކިނބިއްސާ”އި “ބުންބެރު ކިނބިއްސެ”ވެ. މިހެން ގޮސް ދެން ކިޔާނެކަމެއް ނެތެވެ. ކޮންމެ އިންސިއަކު ވެސް އަޅާނީ އެކި އަޑުއަޑުން ތަފާތު ރާގުރާގަށް، ތަފާތު ވަޒަނަށް، ފައްތައިގެން އަޅާ ތަފާތު ބައްޓަމެއްގެ ކިނބިއްސެއްކަން ކަށަވަރެވެ.

އެއް ވާނަކަށް އަޅާ ކިނބިހީގެ އަދަދަށް ބަލާއިރު ވެސް އެކި މީސްމީހުން ކުރާ ހިތްވަރުގައި ތަފާތުތަކެއް ފެނިގެންދެއެވެ. އެއް ބަޔަކު ހަމަ އެންމެ ކިނބިއްސަކުން އެ ވަގުތަށް ފުއްދައިލަނީ، ކުޑަ ޚަރަދަކުން ނިންމާލުމަށެވެ. އެހެންނަމަވެސް އަނެއް ބަޔަކު ޚަރަދަކަށް ނުބަލައެވެ. ތިންހަތަރެތި މަތިމައްޗަށް އަޅައިލައެވެ. ފުލުފުލުން ގޮއްވައިލާ ފަޓާސްބަރިއެއް ހެންނެވެ. މި ވަރުން ހިތްހަމަ ނުޖެހޭ މީހުން، ތިންހަތަރު ފަޓާސްބަރި ވެސް ގޮއްވައިލަފާނެއެވެ. އެކި ރާގަށް އެކި އަޑުން އެކި ވަޒަނަށެވެ.

ކިނބިއްސެއް އެޅުމަށް މީހާ ވަރުކުރަމުން އަންނަ އިރު، އޭނާގެ މޫނުމައްޗަށް އެހެރަ އަންނަ ތަފާތު ބަދަލުތަކެއްގެ ބޮޑުކަމާއެވެ؟ މޫނުގެ ބައްޓަމަށް ބަދަލެއް ނަޔަސް، މުޅި މޫނުމަތީގެ ސިފަ ބަދަލުކޮށްލައެވެ. އަނގަ އޮރިއޮރިއަށް ދަމައިގަނެ، ހުޅުވި، ފުޅާވެ، ހިނދުރީގެ ސައިޒު ދެގުނަވެއެވެ. އިސްނެގި ދަތްދޮޅި އުފުލިދެއެވެ. ދެ ލޯމެރި ދެ ބުމަ ގޮށްޖެހިދެއެވެ. މޫނުމަތީން އެހެންޏާ ނުފެންނަ އެތައް ރުލެއް އުފެދި، އާދަޔާޚިލާފު ބަދަލުތަކެއް ގެނުވައެވެ. އެހެން މީހެއްގެ ސިފަޖެހިގެންދާ މޫނުތައް ވެސް ފެނެއެވެ. ބައެއް ފަހަރު މާ ބިރުވެރި ސިފައަކަށް ވެސް ބަދަލުވެފައި ހުންނަ ހިނދުކޮޅަކަށް އެ ވަގުތުކޮޅު ހަދާލައެވެ. މި ހާލަށް މީހާ ގެނެސްފައި، އެ ސޮރު ބޭރުވެގެންދާއިރު، ދޮން މޫނެއް ނަމަ ޖަންބުކުލައިން ކުލަ ޖައްސައިލައެވެ.

ކޮންމެ ފަދަ ހާލަކުން މިކަން ކުރެވުނަސް، ކިނބިއްސަކީ އާދަޔާޚިލާފު އަރާމެއް ވެސް މީހާއަށް ފޯރުކޮށްދޭ އެއްޗެކެވެ. ކިނބިހި “ތުރަވާން” އުޅޭވަގުތު އެހެރަލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމުގެ ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ކުކުޅުފަތަކުން ކަންފަތް ކަހާލުމަކީ މާ އަރާމު ހުރި ކަމެކޯލައެވެ. އެހެންނަމަވެސް އަމިއްލަ ތަޖުރިބާގައި ބުނަންޖެހޭނީ، ކިނބިއްސެއް އަޅަން ފަރިކޮށްލާ ވަގުތު، އެ ލިބޭ އަރާމާއި ލައްޒަތާ އަޅައިބަލާއިރު، ތިޔަ ބުނާ ކުކުޅުފަތަށް ކުރެވޭ ހަމަ އެއްކަމެއް ވެސް ނެތެވެ. އާއެކެވެ! ކިނބިހި އެޅެން އުޅޭ ވަގުތު، އިސް އުފުލި، ލޯ މެރި، މުޅި ބޮލުތެރޭގައި އެ އެނބުރި ގަންނަ އަރާމަށް ތަންދޭ އޮއިވަރުގެ މަސްތުގައި ޖެހުމުން….. ދެން އެހެރަ ވާ ގޮތެކެވެ. އަދި އެއް ކިނބިހި އަޅައިލާން ހިތް ނޭދޭނެ މީހަކު ހަމަ ހުރެދާނެ ބާވައެވެ؟

ކިނބިއްސަކީ ބަލިމަޑުކަމުގެ ޢަލާމާތެއް ނޫނެވެ. އަދި ކިއެއްތަ؟ ކޮންމެ ކިނބިއްސަކާއެކު، ހަށިގަނޑު، އެތައް ހާސްޖަރާމަކުން ސަލާމަތްވެގެންދެއެވެ. ސައުތު ކެރޮލީނާގެ ގްރީންވިލްގެ “އެލާޖިކް ޑިސީސް އެންޑް އެސްތަމާ ސެންޓަރ”ގެ ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ނެއިލް ކައޯ ވިދާޅުވެފައިވަނީ، އިންސާނާ ރޯގާއިން ސަލާމަތްވެ، ދުޅަހެޔޮ ސއްހަތެއްގައި ހުރުމަށް ކިނބިހިއެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އޭގެ ސަބަބުން ޖަރާސީމާއި ވައިރަސްތަކުން ނޭފަތާއި ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމަށެވެ. ބޮޑީ ލެންގުއެޖްގެ މާހިރެއްކަމަށްވާ، ޕެއްޓީ ވުޑް ވިދާޅުވާގޮތުގައި ކިނބިއްސަކީ، ގަޑިއަކު 100 މޭލް ބާރުމިނުގައި ޖައްވުތެރެއަށް ނިކުމެގެންދާ އެއްޗެކެވެ. އަދި ހަމައެހެންމެ ކޮންމެ ކިނބިއްސަކާއެކު އެއް ލައްކަ ޖަރާސީމު ޖައްވުގެ ތެރެއަށް ބޭރުވެގެން ދެއެވެ. އެހެންކަމުން ކިނބިހި އަޅާއިރު، ނޭފަތާއި އަނގަމަތި ނިވާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ، ޢަމަލީ ގޮތުން މިކަން ކުރައްވައި، އުންމަތަށް ދަސްކޮށްދެއްވާފައެވެ.

އެމެރިކަން ކޮލްޖެ އޮފް ކާޑިއޮލޮޖީގެ ކުރީގެ ރައީސް ޑރ. ރިޗާޑް ކޮންޓީ ވިދާޅުވާ ގޮތުގައި، ކިނބިހިއެޅޭ ހިނދު ހިތުގެ ވިންދު ކުޑަ ވަގުތުކޮޅަކަށް ހުއްޓެއެވެ. އެއާއެކު ހިނގަން ފަށައެވެ. އަނެއްކޮޅުން އެތައް ހާސް ޖަރާސީމަކުން ހަށިގަނޑު ސަލާމަތްކޮށްދެއެވެ. މި ފަދަ އެތައް ސަބަބުތަކަކާހުރެ، ކިނބިހި އެޅިއްޖެ ނަމަ، “އަލްޙަމްދުލިﷲ” ކިޔައި ޙަމްދުކުރުމަކީ، ސުންނަތެކެވެ. އަދި މިއަޑު އިވޭމީހާ “ޔަރުޙަމުކަﷲ!” ކިޔުން ވެސް ސުންނަތްވެގެން ވެއެވެ. މި އަޑު އިވިއްޖެ ނަމަ، ކިނބިހި އެޅި މީހާ “ޔަހުދީކުމުﷲ ވަޔުސްލިޙު ބާލަކުމް” މި ފަދައިން ކިޔުމަށް ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ.
ނިމުނީ

Readers Comments (45)

  1. Varah fakkaa

    Reply
  2. Fine way of telling, and fastidious post to take data concerning my
    presentation subject matter, which i am going to present in school.

    Reply
  3. You actually explained that effectively!
    Best Essay writing
    buy cheap essay online https://cheapessaywritinghelp.com

    Reply
  4. Wow lots of very good data!
    Best Essay writing
    fast essay writing service https://argumentativewriting.com

    Reply
  5. Excellent stuff Thanks.
    Best Essay writing
    buy essay obline reviews https://buyessayonlinesafe.com

    Reply
  6. You’ve made your stand extremely nicely!!
    Best Essay writing
    paper writing https://essaysonservice.com

    Reply
  7. Have you ever considered publishing an e-book or guest authoring
    on other websites? I have a blog based upon on the same subjects you discuss and would love to have you share
    some stories/information. I know my audience would enjoy your work.
    If you’re even remotely interested, feel free to send me an email.

    Reply
  8. Attractive section of content. I just stumbled upon your weblog and in accession capital to
    assert that I acquire actually enjoyed account your blog posts.
    Any way I will be subscribing to your augment and even I achievement you access consistently fast.

    Reply
  9. Having read this I thought it was rather enlightening.
    I appreciate you finding the time and effort to put this informative article together.

    I once again find myself spending a lot of time both
    reading and commenting. But so what, it was still worthwhile!

    Reply
  10. Great post.Ne’er knew this, regards for letting me know.

    my webpage … Pure Keto Extra Side Effects

    Reply
  11. Nicely put, Thanks.
    Best Essay writing
    buy essay online https://writemyessaybest.com

    Reply
  12. Regards! Awesome stuff.
    Best Essay writing
    help essay https://toppaperwritinghelp.com

    Reply
  13. Thank you for the blog post. Jones and I have been saving
    for just a new book on this matter and your writing has made people
    like us to save money. Your notions really resolved all
    our issues. In fact, greater than what we had known before we stumbled on your fantastic blog.
    We no longer nurture doubts along with a troubled mind because you have actually
    attended to our needs in this post. Thanks

    Here is my site; Green Healing CBD Oil

    Reply
  14. Awesome data Appreciate it!
    paper writing
    buy essay https://ordertermpaper.com

    Reply
  15. Regards! An abundance of info!

    Best Essay writing
    essay writer https://buyessaywritingservice.com

    Reply
  16. I rarely comment, however I looked at a
    few of the comments on ކިނބިހި – Mohamed Gasim.

    I do have 2 questions for you if it’s allright.
    Could it be only me or do some of the comments come across like they are coming
    from brain dead visitors? 😛 And, if you are writing on additional social sites, I would like
    to keep up with you. Could you make a list of the complete urls of your shared sites like your Facebook page, twitter feed, or
    linkedin profile?

    Also visit my web site … Pure Spectra CBD Oil

    Reply
  17. Hurrah, that’s what I was looking for, what a stuff! present here at this
    webpage, thanks admin of this web site.

    my website … Grown N Flow Gummies

    Reply
  18. Someone essentially lend a hand to make seriously posts I might state.
    That is the first time I frequented your website page and thus
    far? I amazed with the analysis you made to make this actual put
    up extraordinary. Excellent task!

    Have a look at my site :: Full Releaf CBD Review

    Reply
  19. Hmm it appears like your site ate my first comment (it was extremely long) so I guess I’ll just sum it up what I submitted and say, I’m thoroughly enjoying your blog. I too am an aspiring blog blogger but I’m still new to the whole thing. Do you have any recommendations for novice blog writers? I’d certainly appreciate it.|

    Reply
  20. Yes! Finally someone writes about accessing medical cannabis.

    Also visit my blog – Full Releaf CBD Tincture

    Reply
  21. It’s going to be ending of mine day, but before end I am
    reading this wonderful paragraph to increase my knowledge.

    Reply
  22. Hello.This article was extremely motivating, especially because I
    was searching for thoughts on this topic last Monday.

    Review my page Green Leaf Healing CBD Oil

    Reply
  23. Thank you for sharing your thoughts. I really appreciate
    your efforts and I will be waiting for your further write ups thank you
    once again.

    Check out my homepage: Super Keto Max Review

    Reply
  24. Great information over again! Thanks a lot:)

    Here is my homepage: Boomin Keto Review

    Reply
  25. Normally I do not read post on blogs, however I would like to say that this write-up very pressured me
    to try and do so! Your writing taste has been surprised me.
    Thank you, very nice article.

    Feel free to visit my website: Fitness keto diet

    Reply
  26. I really appreciate this post. I’ve been looking all over for this!
    Thank goodness I found it on Bing. You have made my day! Thx again!

    My blog; Boomin Keto Review

    Reply
  27. Awesome! Its really amazing article, I have got
    much clear idea regarding from this article.

    My webpage; 繼續

    Reply
  28. Have you ever considered publishing an e-book or guest authoring on other blogs?
    I have a blog centered on the same subjects you discuss and
    would love to have you share some stories/information. I know my readers would value your work.
    If you’re even remotely interested, feel free to send me an email.

    My homepage – Pure Spectra CBD Price

    Reply
  29. Thank you a lot for sharing this with all folks you actually recognize what you’re talking about!
    Bookmarked. Kindly additionally seek advice from my website =).
    We can have a hyperlink exchange contract among us!

    my web page: Green Healing CBD Review

    Reply
  30. Definitely imagine that which you said. Your favorite reason appeared to be at the web the easiest factor to consider of.
    I say to you, I certainly get annoyed whilst folks think about concerns that they
    plainly do not recognize about. You controlled to hit the nail upon the highest
    as smartly as outlined out the whole thing without having side effect
    , people can take a signal. Will probably be back to get more.
    Thanks

    Reply
  31. I’m really impressed with your writing skills as well as with
    the layout on your blog. Is this a paid theme or did you modify it yourself?
    Anyway keep up the nice quality writing, it’s rare to
    see a nice blog like this one today.

    My web blog :: Super Keto Max Price

    Reply
  32. I don’t even know how I ended up here, but I thought this
    post was great. I do not know who you are but certainly you
    are going to a famous blogger if you are not already 😉 Cheers!

    Reply
  33. Hello There. I found your blog using msn. This is a very well
    written article. I’ll make sure to bookmark it and come back to
    read more of your useful info. Thanks for the post.
    I’ll certainly return.

    Reply
  34. You actually make it appear really easy with
    your presentation however I find this matter to be
    really something that I believe I’d never understand.
    It kind of feels too complicated and extremely huge for me.

    I’m taking a look ahead on your subsequent put up, I will attempt to get the grasp of
    it!

    Reply
  35. Thanks in favor of sharing such a good opinion, paragraph is
    pleasant, thats why i have read it completely

    Reply
  36. It’s difficult to find well-informed people about this topic,
    but you sound like you know what you’re talking about!

    Thanks

    Reply
  37. When I originally commented I clicked the “Notify me when new comments are added” checkbox and now
    each time a comment is added I get four emails with
    the same comment. Is there any way you can remove people from that service?
    Appreciate it!

    Reply
  38. Do you have any video of that? I’d like to find out more details.

    Reply
  39. Very nice article. I absolutely love this site. Keep writing!

    Reply
  40. Good post. I’m experiencing some of these issues as well..

    Reply
  41. Everything is very open with a very clear description of the issues. It was really informative. Your website is very helpful. Many thanks for sharing!|

    Reply
  42. There’s certainly a lot to know about this topic. I love all the points you have made.|

    Reply
  43. Hey there would you mind letting me know which webhost you’re working with? I’ve loaded your blog in 3 different internet browsers and I must say this blog loads a lot faster then most. Can you suggest a good internet hosting provider at a honest price? Thanks a lot, I appreciate it!|

    Reply
  44. Hi it’s me, I am also visiting this site on a regular basis, this website is genuinely pleasant and the viewers are truly sharing nice thoughts.

    Reply

ޚިޔާލު