ކުޑަކުދީންނަށް ކުރެވޭ ބޮޑެތި އަނިޔާ

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި

ކުޑަކުދީންނަށް އަނިޔާކުރުމުގެ ވާހަކަތައް ކުއްލިއަކަށް އިތުރުވެގެން ހިނގައްޖެއެވެ. ވ. ރަކީދޫގައި ކުޑަކުއްޖަކު މަރާލާފައި އޮއްވާ ފެނުނު ހިސާބުން ފެށިގެންނެވެ. އޭގެ ކުރީން، ދޭތެރެއަކުން އެފަދަ އަޑެއް އެރިނަމަވެސް، މި ވޭތިވެދިޔަ މަހެއްހައި ދުވަސް ވެގެން ދިޔައީ، ކުޑަކުދީންނަށް ކުރެވޭ އަނިޔާގެ ވާހަކަތައް މާ ގަދައަކަށް ދެކެވުނު ދުވަސްތަކަކަށެވެ. ކީއްވެގެންބާވައެވެ؟ ރަކީދޫގެ ތުއްތުކުއްޖާއަށް ފަހު، ހަމަ ޙަޤީޤަތުގައި ވެސް ރާއްޖޭގައި އެ ފަދަ ކަންކަން ހިނގާ މިންވަރު އިތުރުވީ ބާވައެވެ؟

ކުޑަކުދީންނަށް އަނިޔާ ކުރުމަކީ، އިއްޔެއަކު މިއަދަކު ދިވެހީންގެ ތެރޭގައި ހިނގާންފެށި ކަމެއް ނޫނެވެ. މާ ކުރީންސުރެ ހިނގަމުން އަންނަކަމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން، ބޮޑެތި އަނިޔާތައް ކުޑަކުދީންނަށް ލިބެމުން އައިސްފައިވެއެވެ. އެހެންނަމަވެސް އެއީ މި ޒަމާނާ މުޅީން ތަފާތު ޒަމާނެކެވެ. މީޑިޔާގެ މާ ބޮޑު ދައުރެއް ނެތް ޒަމާނެކެވެ. ސޯޝަލް މީޑިޔާއޭ މި ކިޔާ ވަޞީލަތް، ހުވަފެނުން ވެސް ފެނިފައިވާ ޒަމާނެއް ނޫނެވެ. އެހެންކަމުން އެ ފަދަ ކަންކަން މީހުންނަށް އެނގޭ މިންވަރު ކުޑައީއެވެ. ޤައުމަށް އަޑު އަރާ މިންވަރު މަޑީއެވެ. އެ ފަދަ އަޑެއް ނުވެސް އަރަނީއެވެ.

ކުޑަކުދީންގެ ޙައްޤުތަކުގެ ވާހަކައަކީ ވެސް އޭރަކު އޮންނަ ވާހަކަތަކެއް ނޫނެވެ. އެއީ ޙައްޤެއް އޮތް ބަޔެއް ކަމެއް ވެސް އޭރަކު ނޭނގެއެވެ. ކުޑަކުދީންނަށް އަނިޔާ ކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމާއި، އެ ފަދަ ކަމެއް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަމެއް އޭރަކު ނޭނގެއެވެ. އެހެންކަމުން އެއީ ގޯހެއްކަމަކަށް އޭރުގެ މުޖުތަމަޢަކަށް ނުވިސްނެއެވެ. ކޮންމެ މީހަކުވެސް ޤަބޫކުރަނީ، ތިމާގެ ދަރިއަކީ ތިމާގެ އަމިއްލަ ޙައްޤެއްކަމަށެވެ. ބޭނުން ގޮތެއް ހެދިދާނެއެވެ. އެކަމާ އެއްޗެއް ބުނެވޭނެ މީހަކު ނުހުންނާނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ މީސްމީހުންނާ ވާހަކަދައްކައިލުމުން ފާހަގަކުރެވުނު ކަމަކީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް (އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގައި ވެސް) ކުދީންނަށް އަނިޔާކުރުމަކީ އޮތް ކަމެއް ކަމެވެ. ބައެއް ފަހަރު ބަސްނާހައިގެންނެވެ. ނުކިޔަވައިގެންނެވެ. ބައެއް ކަހަލަ ކުށްކުރާތީއެވެ. ވިޔާނުދައި ކަންކަމަށް އަރައިގަންނާތީއެވެ. އިސްލާޙުކުރުމަށް ދެވޭ އަދަބެއްގެ ގޮތުގައެވެ.

ކުދީންނަށް އަދަބު ދިނުމުގައި ފާހަގަކޮށްލެވޭ އެއްތަނަކީ، އޭރުގެ އެދުރުގެތަކާއި މަދަރުސާ މަކުތަބު ފަދަ ތަންތަނެވެ. އެދުރުމީހާ ކިތައްމެ ބޮޑު އަދަބެއް ދިނަސް، އެކަމާ އެއްޗެއް ބުނާނޭ މީހަކު ނުހުރެއެވެ. އަދި އެ އަދަބެއްގެ ސަބަބުން ތިމާގެ ދަރިފުޅަށް ކިތަންމެ ބޮޑު އަނިޔާއެއް ލިބިފައި ހުއްޓަސް، މައިންބަފައިން އެކަމަކާ އެއްޗެއް ނުބުނާނެއެވެ. އެއީ އެދުރުމީހާއަށް ލިބިފައި އޮތް ޙައްޤަކަށްވާތީއެވެ. ދަރިފުޅުގެ އުޅުން ވިޔާނުދާމުން، އިސްލާޙުކުރުމަށް ކުރެވޭ ކަމަކަށްވާތީ ވެސް މެއެވެ.

އެދުރުގެތަކުގައި ނުވަތަ އޭރުގެ މަދަރުސާ މަކުތަބު ފަދަ ތަންތަނުގައި ދެވޭ މި ފަދަ ބައެއް އަދަބުތަކަށް ބަލައިލާނަމެވެ. އެއް އަދަބަކީ އެއްތޭލުން ނުފަދަ ފަތިގަނޑުން ކުދީންގެ އަތާއި ގައިގެ ބައެއް ތަންތަނުގައި ތެޅުމެވެ. ބައެއް ފަހަރު ޖަހައިލާލެއް ބާރުކަމުން ފަޅައިގެން ވެސް ދެއެވެ. މީގެ އިތުރުން ކުލާހުން ބޭރަށް ނެރި، މެންދުރުގެ ގަދަފަދަ އަވީގައި ގަޑި ދެގަޑިއިރު ކޮޅަށް ބަހައްޓައެވެ. ގުދަށް ބާއްވައެވެ. ދާހިއްލާފޯވެ، ބޮލަށް އެނބުރުން އަރައި، ކަރުހިކިގެން ގޮސް ދޫނިކުންނަ ހިސާބަށް ދާންދެނެވެ. ދެ އަތް ދަމާފައި، އަތަށް ބަރު އަރުވާފައި ވެސް ބަހައްޓައެވެ. ދެ އަތް ކޮނޑުހުޅުން ވަކިވެގެން ހިނގައިދާނެއޭ ހީވާވަރުވާންދެނެވެ. ކުރަފި ހިނި ކަނޑާ ބިޗޫ މީދާ ފަދަ ދިރޭ ތަކެތި އުޅޭ، އަނދިރި ގުދަނަށްލައި، ދޮރުލައްޕާފައި ބަހައްޓައެވެ. ބިރުން ފިތްކެނޑި، ރޮއިރޮއި ހަލާކުވާއިރު ވެސް ރަޙުމެއް ހަމްދަރުދީއެއް އޮތް ބަޔަކު ތިބޭހެނެއް ހިއެއް ނުވެއެވެ. އަދި ވެސް އެތައް އަދަބެކެވެ.

މައިންބަފައިންގެ ފުށުން ލިބޭ އަދަބު ވެސް ވަކި ސަހަލެއް ނޫނެވެ. ދަރީންގެ އުޅުން އިސްލާޙުކުރުމަށް ޓަކައި، ގިފިލީގައި ހުންނަ ފެންވަޅަށް ދަރިފުޅު ލާފައި ބަހައްޓައެވެ. އަތުންނާއި، އިލޮށިފަތި ފަދަ ތަކެތިން ހިތުހުރި ވަރަކަށް ތަޅާލައެވެ. ރޭގަނޑު ގެއިން ބޭރަށް ނެރެ، ކަނު އަނދިރީތެރޭގައި އެތައް ދަމެއްވާންދެން ބަހައްޓައެވެ. ދުވާލު ހަތަރުދަމު ކައި އެއްޗެއް ނުދީ ބަހައްޓައެވެ. ހަނޑޫ ހުސްކޮށްފައި ހުންނަ ބޮޑެތި ސުތުލިގޯންޏަށްލައި ތުން އަސާފައި ބާއްވައެވެ. އަދި ކޮބައިތޯއެވެ. ދެ ލޮލަށް މިރުސް ފިތާފައި ނެރެ އަވީގައި ވެސް ބަހައްޓައެވެ. ވާނެ ވަރު އިހުސާސްކޮށްލަ ބަލާށެވެ. މިހިރީ މިއަދުގެ ބޮޑެތި މީހުން، އެ މީހުން ކުޑައިރު ތަޖުރިބާ ކޮށްފައި ހުރި ބައެއް ކަންކަމެވެ. މި ލިޔުން ކިޔުމުން، އެ ދުވަސްތައް ހަނދާނަށް އަންނާނެ އެތައް ބަޔަކު އުޅޭނެއެވެ.

މީހުން ބުނެއުޅެއެވެ. ކުދީންނަށް އަދަބު ދިން ދުވަސްވަރު ކުދީންގެ އުޅުން މާ ރަނގަޅެވެ. މިހާރު ކުޑަކުދީންގެ ޙައްޤުތަކާއި އޭތިމީތި އައިފަހުން މާ ގޯހެވެ. އެ މަޢުޟޫގައި އެއްޗެއް ބުނާކަށް ނެތީމެވެ. ބުނަން އޮތް އެއްޗަކީ ދަރިފުޅު ކިތަންމެ ގޯހަސް، ކިތަންމެ ނުލަފަޔަސް މި ފަދަ އަނިޔާއެއް ދަރިފުޅަށް ދޭތަން ބަލަން ހުންނާކަށް ބައްޕައެއްގެ ޙައިޞިއްޔަތުން ކެތެއްނުވާނެއެވެ. ކުދީންނަކީ ޟަޢީފު ބަޔެކެވެ. އެ ކުދީންނަށް އަނިޔާކޮށްގެން ހިތްހަމަޖެހުން ނުހޯދާށެވެ! ނުރުހޭކަމެއް ކުރިޔަސް، ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ގެއްލުންލިބޭ ފަދަ އަދަބުތައް ނުދޭށެވެ! އަދަބޭ ކިޔަސް އެއީ ކުރެވޭ އަނިޔާއެވެ. އެކަމުގެ އަސަރު، އެ ކުދީން ބޮޑެތިވެ، ދިރިއުޅުމެއްފަށާ ދުވަހު، ޞީއްޙީ މައްސަލަތަކެއްގެ ގޮތުގައި ފެންނާން ފަށާނެއެވެ.

Readers Comments (12)

  1. If some one desires to be updated with hottest technologies after that he must be pay a visit this web
    page and be up to date all the time.

    Reply
  2. Good day! I could have sworn I?ve been to this blog before but after going through many of the articles I realized it?s new to me.
    Anyways, I?m certainly delighted I discovered
    it and I?ll be book-marking it and checking back often!

    Check out my homepage – Unique Keto Choice Review

    Reply
  3. What’s up, this weekend is pleasant for me, for
    the reason that this moment i am reading this enormous informative article here at my home.

    Reply
  4. I’m gone to inform my little brother, that he should also go to see this
    web site on regular basis to get updated from hottest information.

    Here is my webpage :: Pure Keto Extra

    Reply
  5. Hi to all, how is everything, I think every one is getting more
    from this site, and your views are good in favor of new people.

    Reply
  6. Some really wonderful posts on this web site, appreciate it for contribution.

    My web site :: Fitness Keto Pills

    Reply
  7. If you desire to grow your know-how just keep visiting this web site and be updated with the most recent gossip posted here.|

    Reply
  8. Wonderful beat ! I would like to apprentice at the same
    time as you amend your website, how could i subscribe for
    a blog site? The account helped me a applicable deal. I have been tiny bit familiar
    of this your broadcast offered bright transparent concept

    My blog post – سئو سایت حرفه ای (Dianne)

    Reply
  9. Hello! I’ve been following your web site for a long time now and finally got the courage to go ahead and give you a shout out from Dallas Texas! Just wanted to say keep up the fantastic job!|

    Reply
  10. I blog frequently and I truly thank you for your information. This article has really peaked my interest. I’m going to bookmark your site and keep checking for new information about once a week. I opted in for your Feed as well.|

    Reply
  11. I constantly emailed this web site post page to all my friends, since if like to read it after that my links will too.|

    Reply
  12. I pay a visit each day some web sites and sites to read articles or reviews, but this weblog presents quality based content.|

    Reply

ޚިޔާލު