ކުރުވާހަކަ

ކުރުވާހަކަ

ކާކުބާ؟

ގަޑިން ރޭގަނޑު އެގާރަގަޑި ބައިވެ ބާރާ ޖަހަނީއެވެ. މާލޭގެ ހަލަބޮލި މަގުތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުމުގެ ކޮޅުމަތި ފެންނާން ފަށައިފިއެވެ. އަހަރެން ހުރީ ވަރުބަލިވެ ދެވަރުން އެއްވަރުވެފައެވެ. ބޭނުވަނީ އަވަހަށް ނިދައިލާށެވެ. މިހާރަކަށް އައިސް ކޮންމެ ރެއަކު ވެސް ނިދެނީ…

ކުރުވާހަކަ

ސަޒާ

އެ ހަނދާން ތަކުން މިއަދު ވެސް މަގޭ ހިތަށް ކަށިހެރެއެވެ. އެއީ ހިތްދަތި ވޭންގަދަ ހަނދާން ތަކެކެވެ. އެ ޚިޔާލުތައް އާވެގެންދާ ކޮންމެ ފަހަރަކު މެއަށް ތަދުވެއެވެ. ހިތުން ލޭ ކަރުނަ އޮހިގަނެއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވެއެވެ. ޙަޤީޤަތުގައި ވެސް…

ކުރުވާހަކަ

އަވަށްޓެރިޔާ

ލިޔުނީ: މުޙައްމަދު ޤާސިމް މެންދުރު ފަހުގެ ވަގުތެވެ. ހަފީޒާ އައީ އޭނާގެ އަމިއްލަ، ބީ އެމް ޑަބުލިޔު ކާރުގައެވެ. ކާރު ޕާކުކޮށްފައި އައިސް ދޮރާށި ހުޅުވައިލިއެވެ. ލިފްޓަށް އަރައި ފަހަކަށް އޮބައިލިއެވެ. ފަސްވަނަ ފަންގިފިލާއިން ލިފްޓު ހުޅުވިއްޖެއެވެ. އެވަގުތު ފެނުނު މަންޒަރަކުން…

ކުރުވާހަކަ

ނެގި ރާޅު

މުހައްމަދު ގާސިމް ބޮޑު ޢީދުގެ ކުލަމަޖާގަނޑުގެ ތެރޭގައި އަހަރެމެން އުޅެމުންދިޔައީ ވަރަށް އުފާވެރިކަމާއެކުގައެވެ. މާލެއިންނާއި އެކި ރަށްރަށުން ބޮޑު އީދަށް އައިސް އުޅޭ މީހުންތަކުން، ރަށުތެރެ ވަނީ ތަރަތަރަ ޖަހާފައެވެ. އީދުގެ ފުރިހަމަ އުފާ ލިބެނީވެސް މިގޮތަށް ރަށުތެރެ ހަލަބޮލި ވެލީމައެވެ….

ކުރުވާހަކަ

ހާދަ ރީއްޗެވެ.

އަވަސް އަވަސް ކޮށްލައިގެން ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓު ކޮށްލައިފީމެވެ. ގިޔަރަށް ލުމާ ދުއްވާލުމާ ދިޔައީ ދާދި އެކު އެކީގަ އެވެ. ގަވާޢިދު ހުއްދަކުރާ އެންމެ ހަލުވި ދުވެލީގައި އަހަރެން ބެހެއްޓީ ކާޕެޓު ދަނޑާ ދިމާއަށެވެ. ހަތަރުގަޑި ބަޔަށް އެހިސާބަށް…

ކުރުވާހަކަ

ހިތްދަތި ކަމުގައި

ދާ ހިއްލަނީއެވެ. ހާސްވަނީއެވެ. މޭ ނުބައި ކުރަނީއެވެ. ހޮޑު ލަވަނީއެވެ. ތެޅިއްޖެއެވެ. ކިތަންމެ ވަރަކަށް ވެސް ތެޅިއްޖެއެވެ. އެކަކު ވެސް ނައެވެ. އަޑު އިވޭކަމަކަށް ވެސް ނުހެދިއެވެ. ފޯނު ކުރެވިއްޖެއެވެ. ދަންނަ ހުރިހާ ނަންބަރަކަށްހެން ގުޅިއްޖެއެވެ. ފޯނެއް ނުނެގިއެވެ. މިއީ އަނެއްކާ…

ކުރުވާހަކަ

ޒުވާނާ

މެންދުރުގެ ވަގުތެވެ. މާލޭގެ މަގުތަކަށް ވެރިވެފައިވަނީ އާދަޔާޚިލާފު އުދާސްކަމެކެވެ. އެ އުދާސްތަކުގެ ތެރޭގައި މަގުފިރުމަމުން އައި މުސްކުޅި “ޒުވާނާ” ފެނިފައި ލިބުނީ އާދަޔާޚިލާފު ހައިރާންކަމެކެވެ. އޭނާގެ ދަށްބޮލުގައި ހުރި ހައެއްކަ އިސްތަށި ނެތްނަމަ މުޅިބޯ ހީވާނީ ބަރަބޮލެއް ހެންނެވެ. އިރަށްވުރެ ދަޅަގަދަވެފައިވާ…

ކުރުވާހަކަ

ސަޕްރައިޒް

މަރީގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. އުފާވެރިކަން އެ މޫނުމަތި އަލިކޮށްދެމުން ދިޔައިރު، އޭނާގެ ހިމަ ހޯލި އިނގިލިތައް ކޮންޕިއުޓަރުގެ ކީބޯޑުމަތީގައި ދުވެލަ ދުވެލައި ހުރީ ފަރިތަކަމާއެކުގައެވެ. މޮނިޓަރުގެ އެއްފަރާތުގައި އޮތް ނޯޓުފޮތަށް އޭނާގެ ސާފު ބޮޑު ދެލޯ ހުއްޓިފައި ވީ ނަމަވެސް،…

ކުރުވާހަކަ

އެ ރޭ…

ދޯނި ފާލަމާ ކައިރިކުރިއިރު، އަހަރެންގެ އިސްތިޤުބާލަށް ރަށުގެ ހުރިހައި މުދައްރިސުންނާއި ސްކޫލުގެ އިސްވެރިން އައިސް ތިއްބެވެ. އެމީހުން އަހަންނަށް ކީ ވަރަށް ހޫނު މަރުޙަބާއެކެވެ. ޕްރިންސިޕަލްގެ މަޤާމާ ޙަވާލުވެގެން އަހަރެން މިރަށަށް މިއައީ އަމިއްލަ ރަށުން ލިބުނު ފުރުޞަތު ދޫކޮށްލާފައެވެ. އެއީ…

ކުރުވާހަކަ

މަންމާ…!

ގަދަނިދީގައި އޮތް ޒުނޭރާ ސިހުނީ، އޭނާގެ އެގާރަ މަހުގެ ފިރާޝްގެ ރޮއިލި އަޑަށެވެ. މެންދަމުގެ ހަމަހިމޭންކަން ކަފައި ކުދިކުދިކޮށްލާ ފަދަ، ގަދަ އަޑަކަށް ނުވިނަމަވެސް، އޭނާއަށް ލިބުނު ސިހުމާއެކު ފުންމައިގެން ތެދުވެވުނެވެ. ދަރިފުޅު ނިންދަވާފައި، ހަށިގަނޑު ދަމައިލާން އޮށޯވެލިތާ އަދި ވިއްސަކަށް…