ޒުވާނާ

މެންދުރުގެ ވަގުތެވެ. މާލޭގެ މަގުތަކަށް ވެރިވެފައިވަނީ އާދަޔާޚިލާފު އުދާސްކަމެކެވެ. އެ އުދާސްތަކުގެ ތެރޭގައި މަގުފިރުމަމުން އައި މުސްކުޅި “ޒުވާނާ” ފެނިފައި ލިބުނީ އާދަޔާޚިލާފު
ހައިރާންކަމެކެވެ. އޭނާގެ ދަށްބޮލުގައި ހުރި ހައެއްކަ އިސްތަށި ނެތްނަމަ މުޅިބޯ ހީވާނީ ބަރަބޮލެއް ހެންނެވެ. އިރަށްވުރެ ދަޅަގަދަވެފައިވާ ތަލައާއި، ވަޅުވަދެފައިވާ ދެ ލޮލާއި، ދެ ކޮލުގެ އިތުރުން، ކުދި ރުލާއި ބޮޑެތި ރުލުން ފުރިފައިވާ މޫނާއި، އަތުގެ ކުރަކިވެފައިވާ ހަންގަނޑު، އޭނާގެ އުމުރު ފަސްދޮޅަހަށްވުރެ ދަށްނުވާނޭކަމަށް ބުނަމުންދެއެވެ.

ހަށިގަނޑު މިފަދަ ގޮތަކަށް ހުރިނަމަވެސް އެއީ “ޒަމާނީ ޒުވާނެކެ”ވެ. ކަރުގައި އަޅާފައިވަނީ ހަމަ އެންމެ ފަހުގެ ފަލަ ޗޭނުފަށެކެވެ. ދެ އަތުގައި ވެސް ޗޭނާއި ޕެކިނެވެ. ދެ ކަންފަތް ތޮރުފައި މުދި ލައްވާފައެވެ. ދަށްބޮލުގައި ހުރި ލޯލިކޮޅުގައި ވެސް އެހެރީ ކުޖައްސާފައެވެ.

ބަލިކަށި ހިނގުމެއްގައި އޭނާ ހިނގަމުން ދިޔައިރު، މަގުހިނގާ މީހުންގެ ކަޅިތައް އޭނާއާ ދިމާއަށް ހުއްޓެމުން ދިޔައީ ތަފާތު ގޮތަކަށެވެ. އެއްބަޔަކު ބަލަނީ ހައިރާން ކަމާއެކުގައެވެ. އަނެއްބަޔަކު ބަލަނީ މަލާމާތުގެ ހިނިތުންވުމަކާއެކުގައެވެ. ސުވާލުގެ ނަޒަރަކުން ބަލާމީހުން ވެސް މަދެއް ނޫނެވެ. ޢާންމުކޮށް ނުފެންނަ ކަހަލަ މަންޒަރަކަށް ވާތީ ކަންނޭނގެއެވެ.

މިފަދަ އެތައް ނަޒަރެއްގެ ތެރެއިން ފުރޭނެމުން ދިޔަ މުސްކުޅިޔާގެ މަންޒިލަކަށްވީ، މަޑު މުށިކުލައިގެ ދޮރުފަތެއް ހުރި ބޮޑު ދޮރާށްޓެވެ. ދޮރާށި ހުޅުވާލުމަށްފަހު އޭނާ ގެއަށް ވަދެއްޖެއެވެ. ގޭތެރޭގައި ހުރި ކޮންމެ އެއްޗަކުން ވެސް ފާޑުވެރިކަމުގެ އަތެއްގެ ތަރުތީބާއި ސާފުތާހިރުކަން ފެނެއެވެ. މިއިން އެއްވެސް އެއްޗަކަށް ސަމާލުކަމެއް ދިނުމެއްނެތި، އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

“އަހަންމަދުފުޅާ! ކޮންތާކުން ތިއައީ؟”
އަންހެނެއްގެ އަޑަށް އޭނާ ބަލައިލިއެވެ. ފަހަތުގައި ހުރީ އޭނާގެ އަންހެނުން ޒުބޭދާއެވެ. އޭނާ ބަހެއް ނުބުނެއެވެ.

“ޖޫސްތަށްޓެއް ހަދަންތަ؟”
“ނޫން! ބޯހިތެއް ނެތް!” އަހަންމަދުފުޅު އަނެއްކާ ވެސް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ކޮޓަރިއަށް ވަދެގެން ގޮސް އަހަންމަދުފުޅު ހުއްޓުނީ، ފުރިހަމަ އިސްކޮޅު ފެންނަވަރުގެ ބޮޑު ލޯގަނޑުގެ ކުރިމައްޗަށެވެ. އަމިއްލަ ސޫރައަށް އެ ބަލައިލީ ފަޚުރުވެރިކަމާއެކުގައި ބާވައެވެ؟ ކަންފަތުގައި ލާފައި އޮތް މުދީގައި އަތްޖައްސައިލީ ރީތި ވެގެންބާވައެވެ؟ ކަރުގައި އަޅާފައިވާ ޗޭނުގަނޑުގައި ދެ އަތުން ހިފަހައްޓައިލީ ކޮން ވިސްނުމެއްގައި ބާވައެވެ؟ އޭނާ އަދިވެސް ހުރީ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެންނެވެ. އެހެން ހުއްޓާ، ކުއްލިއަކަށް ފެނުނީ އޭނާގެ ވަޅުވަދެފައިވާ ދެ ލޮލުން ކަރުނަ އޮހިގަންތަނެވެ.

އަހަންމަދުފުޅު އަވަސް އަވަހަށް ހިނގައިގަތެވެ. ދެ ލޯ ފޮހެލަމުންނެވެ. އެނދުގެ މަގަތުގައި އިށީނދެ ހަމަޖެހިލެވޭވަރެއް ނުވިއެވެ. ކުއްލިއަށް އިވުނީ މީހަކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތް އަޑެވެ. ތަންކޮޅެއް ދުރުންނެވެ.

“މަންމާ! މިހާރު ދެން ބައްޕައާހެދި މަށަކަށް އުޅެވޭވަރެއް ނޫން!” އިވުނީ އަހަންމަދުފުޅުގެ ފިރިހެން ދަރިފުޅުގެ އަޑެވެ.

“ބައްޕަ ކީއްކުރީ؟” މިފަހަރު އިވުނީ ޒުބޭދާގެ އަޑެވެ.

“މަންމައަކަށް ނުފެނޭތަ ބައްޕަ ހުންނަ ސިފައެއް؟ ދުނިޔެ އުޅެ މުސްކުޅިވީމަ އުޅެންޖެހޭ ގޮތަކީ އެއީތަ؟”
“މުސްކުޅިއެއް ކަމަކު ރީތި ގޮތްގޮތް ބައްޕައަށް ވެސް ރީތިވާނެއެއްނު.”

“މަންމަ ވެސް ބޭނުންވަނީ ބައްޕަ އެ ސިފައަށް ހުންނަންތަ؟”

“ދަރިފުޅު ބޯދިގުކޮށް، ބޮލުގައި ކުލަ ޖައްސާފަ، ކަންފަތާ ތުންފަތާ ނޭފަތަށް ދާންދެން ތޮރުފާފަ، ދެ އަތް ފުރެންދެން އެއްޗެހި އަޅާފަ ތިހުންނަނީ މަންމަ ބޭނުންވެގެންތަ؟”
“މަށަކީ ޒުވާނެކޭ.”

“ބައްޕައަށް ވެސް އެގޮތް ރީތީކަންނޭނގެއެއްނު.”

“އެކަމަކު ބައްޕަ އެފާޑަށް އުޅޭތީ ހުރިހާ ރައްޓެހިން މަލާމާތް ކުރަނީ މަށަށޭ!”

ދެ މައިންގެ ވާހަކަ މިހާތަނަށް ދިޔަތަނާ ފެނުނީ އަހަންމަދުފުޅުގެ ދެ ލޮލުން އަނެއްކާ ވެސް ކަރުނަ އޮހިގަތްތަނެވެ. އޭނާ ދެ ލޯ ފޮހެލުމަށްފަހު، އެނދުގައި އެއްއަރިއަކަށް ކަހަލަ ގޮތަކަށް އޮށޯވެލިއެވެ. ހިތުގައި އެތައް އުދާހެއް އުތުރި އަރަމުންދާ ކަހަލައެވެ.

“އެކަމާ ދަރިފުޅު ލަދުގަނޭތަ؟” މަންމަ ސުވާލުކޮށްލި އަޑު އިވުނެވެ.

“ތިހެން އަހާއިރު މަންމައަކަށް ނޭނގޭތަ ލަދުގަންނާނެ ކަމެއް؟”

“އެކަމަކު ބައްޕައަށް އެ އުޅުން ދަސްކޮށްދިނީ ކާކު؟ މަންމައަށް ހީވަނީ ދަރިފުޅުގެ އުޅުން ބައްޕައަށް ވެސް ރީތިވީހެން.”

“ކޮންމެހެން މީހަކު އުޅޭހައި ގޮތަކަށް މުސްކުޅިވީމަ އުޅޭކަށް ނުޖެހޭނެ!”

“ބައްޕަގެ ޒުވާންއުމުރު އެ އުޅުން ދަސްކޮށްދޭނެ މީހަކު ނެތްވިއްޔަ. ދެން ކީއްކުރާނީ. ވެދާނެ ބައްޕައަށް ދަރިފުޅު ލިބުނުލެއް ތަންކޮޅެއް ލަސްވީކަމަށް”

“މަންމަ ތިބުނަނީ ބައްޕަ ހަލާކުކުރީ އަހަންނޭތަ؟

“ބައްޕަ ހަލާކުވިކަމެއް ނުދެނަހުރިން.”

“މަންމައަކަށް ނޭނގޭނެ” އޭނާގެ އަޑު މިފަހަރު އައީ ކުރިއަށްވުރެ ވެސް ބާރަށެވެ. “ބައްޕަ އެހުރީ ހަލާކުވެފަ. ވަރަށް ގޮތްކުޑަ އުޅުމެއް ބައްޕަ އެ އުޅެނީ.”

“ރުޅިނާދޭ ދަރިފުޅާ! މިއަދު ދަރިފުޅަށް ތި ރައްދުވާ މަލާމާތް ބައްޕަގެ ރައްޓެހިން ބައްޕައަށް ވެސް ރައްދުކުރި ދުވަހެއް އައި. އެކަމަކު އެދުވަހު ބައްޕަ ރުޅިއައިސް އެއްޗެހި ކިޔުމުގެ ބަދަލުގައި ދަރިފުޅަށް ނަސޭހަތްދިނީ. ރޮއި އާދޭސްކުރީ. އެ އަޑު ދަރިފުޅު އެހިންތަ؟ މިއަދު ބައްޕަ އެ ހުރީ ހަލާކުވެފައި ކަމަށް ދަރިފުޅު ގަބޫލުކުރާކަމަށް ވާނަމަ، އެންމެ ފުރަތަމަ މި އާއިލާއިން ހަލާކުވި ކުއްޖަކީ ދަރިފުޅުކަމަށް ގަބޫލުކުރޭ!”

މިހާތަނުން ގޭތެރެއަށް އައީ ހަމަހިމޭން ކަމެކެވެ. އަހަންމަދުފުޅު އޮތީ ދެން އިވޭނެ ޖުމުލައަކަށް އިންތިޒާރު ކޮށްގެންކަން އޭނާގެ ދެ ލޯ ހެކިދެއެވެ. އޭނާގެ އެ އިންތިޒާރަށް ނިމުން އައީ ބަންލާފައި ޖެހި ދޮރުގެ ވަރުގަދަ އަޑުންނެވެ. އޭނާގެ މުސްކުޅި ހަށިގަނޑު ތެޅިގަނެގެން ދިޔައީ ލިބުނު ކުއްލި ސިހުމެއްގެ ސަބަބުންނެވެ. ދަރިފުޅު ނިކުމެގެން ދިޔައީކަން އޭނާއަށް ކަށަވަރުވިއެވެ.

އަހަންމަދުފުޅު ދެ ލޯ ފޮހެލުމަށްފަހު ހަށިގަނޑު ދަމާލައި، ލޯ މަރައިލިއެވެ. މިގޮތުގައި މާ ގިނައިރުތަކެއް ނުވިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އޭނާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ. ދޮރުމަތީގައި ހުރީ އޭނާގެ ދަރިފުޅެވެ. ދަރިފުޅެކޭ ބުނިނަމަވެސް އޭނާގެ ސިފަ އިންސިއަކާ ވައްތަރެއްނޫނެވެ. ހީވަނީ އާ ބާވަތެއްގެ ޖަނަވާރެއް ދޮރުމަތީގައި ހުރި ހެންނެވެ. ބޮލުގެ ދިގު އިސްތަށިގަނޑު އޮތީ ހާވާލާފައެވެ. ބޮލާއި ތުނބުޅިއާއި މަތިމަހާއި ބުމައަށް ދާންދެން ވަނީ ކުލަ ޖައްސާފައެވެ. ތިރީ ތުންފަތާއި ދަތްދޮޅިން އެއް އަރިމައްޗާއި ނޭފަތާއި ބުމަ ތޮރުފައި ބޮޑެތި ބޮޅާއި މޮހޮރު ކަހަލަ އެއްޗެހި އަޅުވާފައި ހުރި އިރު، ޗޭނާއި ޕެކިނާއި އޭތި މީތިން ފުރިފައިވާ ދެ އަތުގެ އިނގިލިތަކުގެ ނިޔަފަތިތައް ހުރީ ތޫނު ވަކިތަކެއްހެން ދިގުކޮށްފައެވެ.

އޭނާގެ އަލިފާންކަނި ބުރަބުރާހުރި ދެ ލޯ ސީދާކުރެވިފައިވަނީ މުސްކުޅި ބައްޕައާ ދިމާއަށެވެ. އޭނާ އަވަސް އަވަހަށް އެނދުން ތެދުވިއެވެ. ފެން ދަމާލާފައިވާ އެ މޫނުމަތިން، ބިރާއި ސިހުން ފާޅުވާންފެށިއެވެ. އެހެނަސް މިއިން ކަމަކަށް ބެލުމެއް ނެތި، ޒުވާނާ ކޮޓަރިތެރެއަށް ދެމިގެންފިއެވެ. އެދިޔަ ބާރު މިނުގައި ގޮސް ފުރަތަމަ ވެސް ހިފީ ބައްޕަގެ ކަރުގައި އަޅާފައިވާ ފަލަ ޗޭނުފަށުގައެވެ. ދެ އަތުންނެވެ. ކުޑަކުޑަ ހިނދުކޮޅެއް ވެސް ނުދީ، ޖެހި ގަދަފަދަ އެންމެ ލަތްކަކުން އެ ފަލަ ޗޭނުފަށް ކަނޑާލައިފިއެވެ. އެވަގުތު އަހަންމަދުފުޅުގެ ހަންދޫވެފައިވާ ކަރުން ހަންމެށި، ލޭ ކޮށިގެން ދިޔައެވެ. ވީތަދެއްގެ ބޮޑުކަމުން އޭނާގެ ދެ ލޯ މެރުނެވެ. އެއާއެކު ކަރުގައި ދެއަތުން ހިފެހެއްޓިތަން ފެނުނެވެ.

ޒުވާނާގެ ހިތަކަށް ރަޙުމެއް ނުވަނެވެ. ޗޭނުގަނޑު އެއްލައިލުމަށްފަހު ދެން ހިފީ، އަހަންމަދުފުޅުގެ ކަނާތު ކަންފަތުގައި ހަރުކޮށްފައި ހުރި މުދީގައެވެ. ޖެހި އެންމެ ލަތްކަކުން ދަމައިގެންފިއެވެ. ކަންފަތު ފޫޅުގަނޑު ދިޔައީ އިރައިގެންނެވެ. ކޮނޑުމައްޗަށް ލޭތައް އޮހިގެންފިއެވެ. އަހަންމަދުފުޅަށް ރޮއިގަނެވުނެވެ. އެވަގުތު ޒުބޭދާ އައިސް ދޮރުމައްޗަށް އެރިތަން ފެނުނެވެ. ފެނުނު އަނިޔާވެރި މަންޒަރުގެ ސަބަބުން އޭނާއަށް ވެސް ރޮއިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެވުނެވެ. އޭނާ އުޅުނީ ދަރިފުޅުގެ ކިބައިން ފިރިމީހާ ސަލާމަތް ކުރެވޭތޯއެވެ. އެހެނަސް އެއަށްވުރެ ކުރިން އަނެއް ކަންތަފުގައި އަޅުވާފައިހުރި މުދި ވެސް ދަމައިގެންފިއެވެ. ލޭތައް އޮހިގެންފިއެވެ. ޒުބޭދާއަށް މާ ބާރަށް ރޮއިގަނެވުނެވެ. އެވަގުތު އަހަންމަދުފުޅަށް ސިހިފައި ހޭލެވިއްޖެއެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކޮޓަރީގައިވަނީ ހަމަހިމޭންކަމެވެ.

ފެނުނު ބިރުވެރި ހުވަފެނުގެ މަތިން ފިކުރު ހިންގައިލާނޭ ފުރުޞަތެއް އަހަންމަދުފުޅަކަށް ނުލިބުނެވެ. ކުއްލިއަކަށް ކޮޓަރީ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅެވެ. ކުރިއާ ވަރަށް ތަފާތެވެ. ބޯ ހުރީ ކޮށާފައެވެ. އަތަކު ކަރަކު ފަށެއް ޗޭނެއް އެއްޗެއް ނެތެވެ. ކަންފަތާއި ނޭފަތާއި ތުންފަތާއި ބުމައާއި މިއިން އެއްވެސް ތަނަކު އެއްވެސް އެއްޗެއް ހަރުކޮށްފައެއް ނެތެވެ. އާއެކެވެ. އޭނާ އެ ހުރީ މުޅިން ބަދަލުވެފައެވެ. އެހެން މީހަކަށްވެފައެވެ.

“ބައްޕާ!” އޭނާ އައިސް ކޮޓަރިއަށް ވަދެ އަހަންމަދުފުޅުގެ ގައިގައި އޮޅުލައިގަތެވެ. “ބައްޕާ! އަހަރެން މިއައީ ބައްޕަ ބޭނުންވި ގޮތަށް ބަދަލުވެގެން. ބައްޕަވެސް ދެން ތިއުޅުން ދޫކޮށްލާ!”
އަހަންމަދުފުޅަށް ހުރެވުނުތަން ވެސް ނޭނގުނެވެ. މިފަހަރު އެ ދެ ލޮލުން އޮހިގަތީ އުފާވެރިކަމުގެ ކަރުނައެވެ. މިއީ އޭނާ ހާދަ ދެކެން ބޭނުންވި ދުވަހެކެވެ. އެކަމަށްޓަކައި އޭނާ ހާދަ މަސައްކަތެއް ކޮށްފިއެވެ. އެންމެފަހުން އޭނާގެ އުޅުން ދަރިފުޅުގެ އުޅުމާ އެއްގޮތަށް ބަދަލު ވެސް ކުރީއެވެ. މާބޮޑު އުއްމީދަކާއެކަކު ނޫނެވެ. އެހެނަސް ﷲއަށް ޝުކުރު ހުއްޓެވެ.
އަހަންމަދުފުޅު މަޑުމަޑުން ދަރިފުޅާ ދުރަށް ޖެހިލިއެވެ. އެއަށްފަހު އޭނާގެ އަތާއި ކަރާއި ކަންފަތުގައި ހުރި ހުރިހާ އެއްޗެއް ނަގައި ދަރިފުޅުގެ އަތުގެ ތެރެއަށް ލިއެވެ. ދަރިފުޅު އެއަށް ބަލައިލިއެވެ. ކަރުނައިން ފޯވެފައިވާ ދެލޮލުންނެވެ.

“ގެނޭ ތި އެއްޗެހި މަންމަ އަތަށް. ކުނިއުކާމީހާ މިހާރު އަންނާނެ.” ދަރިފުޅާ ދިމާއަށް ޒުބޭދާ އަތް ދިއްކޮށްލިއެވެ. އޭރު ޒުބޭދާގެ ދެ ލޮލުން ވިދަވިދާ ހުރީ އުފާވެރިކަމުގެ ކަރުނައެވެ.
ނިމުނީ

Readers Comments (88)

  1. This is outstanding. Very emotional and soo touching.

    Reply
  2. Say, you got a nice article post. Awesome.

    Reply
  3. Thanks for sharing, this is a fantastic blog post.Really thank you! Want more.

    Reply
  4. Awesome blog post.Much thanks again.

    Reply
  5. Im grateful for the article.Much thanks again. Want more.

    Reply
  6. Wow, great blog.Much thanks again. Much obliged.

    Reply
  7. I really liked your blog post.Thanks Again. Keep writing.

    Reply
  8. Really enjoyed this post. Awesome.

    Reply
  9. Really appreciate you sharing this blog article.Much thanks again. Keep writing.

    Reply
  10. I think this is a real great article post. Awesome.

    Reply
  11. I really like and appreciate your blog.Really looking forward to read more. Will read on…

    Reply
  12. Thank you for your post.Really looking forward to read more. Keep writing.

    Reply
  13. I loved your article post.Really looking forward to read more. Really Great.

    Reply
  14. Awesome blog.Really thank you! Really Great.

    Reply
  15. Say, you got a nice blog article. Want more.

    Reply
  16. wow, awesome post.Really thank you! Really Cool.

    Reply
  17. wow, awesome article.Really thank you!

    Reply
  18. I value the article. Keep writing.

    Reply
  19. Im obliged for the blog article.

    Reply
  20. Im grateful for the article post.Much thanks again.

    Reply
  21. Really informative article.Much thanks again. Fantastic.

    Reply
  22. I really liked your article.Much thanks again. Fantastic.

    Reply
  23. I think this is a real great article post.Thanks Again. Really Great.

    Reply
  24. Im grateful for the blog post.Much thanks again. Much obliged.

    Reply
  25. Muchos Gracias for your blog article.Really looking forward to read more.

    Reply
  26. This is one awesome article.Really thank you! Great.

    Reply
  27. I loved your blog post.Really thank you! Will read on…

    Reply
  28. I was able to find good information from your content.|

    Reply
  29. Really appreciate you sharing this post.Much thanks again. Really Great.

    Reply
  30. I cannot thank you enough for the article post.Thanks Again. Keep writing.

    Reply
  31. Im obliged for the article.Thanks Again. Want more.

    Reply
  32. Thanks so much for the blog. Really Great.

    Reply
  33. I really like and appreciate your blog.Thanks Again. Much obliged.

    Reply
  34. If your cat is outside and happens to brush up against a leaf or branch, that’s the place the ticks like to stay. After you have removed a tick from your dog, it is very important that you observe your pet for several weeks. The mice will be unaffected by the treated cotton and will be relieved of their unwanted guests as well.

    Reply
  35. I really like and appreciate your blog post.Thanks Again. Cool.

    Reply
  36. Thank you ever so for you article post.Much thanks again.

    Reply
  37. Whats Happening i am new to this, I stumbled upon this I have discovered It positively helpful and it has aided me out loads. I’m hoping to contribute & aid different customers like its aided me. Good job.

    Reply
  38. Chuyên viên trang điểm sân khấu kịch, điện ảnh.

    Reply
  39. This is one awesome article post.Thanks Again. Really Great.

    Reply
  40. Looking forward to reading more. Great article post.Much thanks again. Cool.

    Reply
  41. Thank you ever so for you blog.Much thanks again. Really Cool.

    Reply
  42. Hey, thanks for the article.Really looking forward to read more. Will read on…

    Reply
  43. Really appreciate you sharing this article. Really Great.

    Reply
  44. Say, you got a nice blog post.Much thanks again.

    Reply
  45. Fantastic article.Thanks Again. Cool.

    Reply
  46. Fantastic blog.Thanks Again. Great.

    Reply
  47. Thanks for the blog.Really looking forward to read more. Cool.

    Reply
  48. I think this is a real great article.Really thank you! Fantastic.

    Reply
  49. I really enjoy the blog post.Really thank you! Really Great.

    Reply
  50. Muchos Gracias for your article.Thanks Again. Great.

    Reply
  51. Im grateful for the blog article.Really thank you! Fantastic.

    Reply
  52. I think this is a real great article.Thanks Again. Want more.

    Reply
  53. Thanks again for the blog post.Really looking forward to read more. Want more.

    Reply
  54. This is one awesome article post.Really thank you! Want more.

    Reply
  55. Enjoyed every bit of your blog article.Much thanks again. Cool.

    Reply
  56. Wow, great blog post.Much thanks again. Fantastic.

    Reply
  57. Im grateful for the article post.Much thanks again. Keep writing.

    Reply
  58. Really informative article post. Keep writing.

    Reply
  59. I appreciate you sharing this post.Thanks Again. Will read on…

    Reply
  60. I really like and appreciate your blog article.Really looking forward to read more. Will read on…

    Reply
  61. Im obliged for the post.Really looking forward to read more. Awesome.

    Reply
  62. A round of applause for your blog article. Great.

    Reply
  63. I really liked your blog article.Much thanks again. Will read on…

    Reply
  64. Really informative article.

    Reply
  65. I truly appreciate this article. Will read on…

    Reply
  66. Thanks a lot for the article post.Much thanks again.

    Reply
  67. I really liked your blog.Really looking forward to read more. Keep writing.

    Reply
  68. I am so grateful for your blog post.Really thank you! Cool.

    Reply
  69. Thank you for your article post.Really looking forward to read more. Much obliged.

    Reply
  70. Thanks so much for the article. Keep writing.

    Reply
  71. A big thank you for your article post.Really thank you! Will read on…

    Reply
  72. Major thankies for the blog article.Thanks Again. Really Great.

    Reply
  73. I loved your post.Much thanks again. Much obliged.

    Reply
  74. very couple of websites that transpire to be detailed beneath, from our point of view are undoubtedly effectively worth checking out

    Reply
  75. Muchos Gracias for your article post. Awesome.

    Reply
  76. Yes! Finally something about %keyword1%.|

    Reply
  77. A big thank you for your article post. Keep writing.

    Reply
  78. Thanks so much for the article.Thanks Again. Fantastic.

    Reply
  79. Have you ever considered about including a little bit more than just your articles? I mean, what you say is important and everything. However just imagine if you added some great visuals or video clips to give your posts more, “pop”! Your content is excellent but with pics and video clips, this website could undeniably be one of the most beneficial in its niche. Fantastic blog!

    Reply
  80. Thanks for your personal marvelous posting! I really enjoyed reading it, you will be a great author.I will ensure that I bookmark your blog and definitely will come back at some point. I want to encourage yourself to continue your great posts, have a nice morning!|

    Reply
  81. We stumbled over here by a different web page and thought I may as well check things out. I like what I see so now i’m following you. Look forward to finding out about your web page repeatedly.|

    Reply
  82. I value the blog.Really looking forward to read more. Cool.

    Reply
  83. I loved your article. Great.

    Reply
  84. I truly appreciate this article post.Thanks Again. Really Great.

    Reply
  85. When someone writes an piece of writing he/she keeps the thought of a user in his/her mind that how a user can understand it. Therefore that’s why this article is great. Thanks!|

    Reply
  86. Very neat article post.Really looking forward to read more. Really Cool.

    Reply
  87. Thanks for the article.Much thanks again.

    Reply

ޚިޔާލު