ހާދަ ރީއްޗެވެ.

އަވަސް އަވަސް ކޮށްލައިގެން ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓު ކޮށްލައިފީމެވެ. ގިޔަރަށް ލުމާ ދުއްވާލުމާ ދިޔައީ ދާދި އެކު އެކީގަ އެވެ. ގަވާޢިދު ހުއްދަކުރާ އެންމެ ހަލުވި ދުވެލީގައި އަހަރެން ބެހެއްޓީ ކާޕެޓު ދަނޑާ ދިމާއަށެވެ. ހަތަރުގަޑި ބަޔަށް އެހިސާބަށް ފޯރާތޯ އެވެ. ކަންބޮޑުވަމުން ދިޔައީ އަހަރެން ދިޔުމުގެ ކުރިން މެޗު ފަށާފާނެތީއެއް ނޫނެވެ. ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ސައި ދޭންޖެހިދާނެތީ އެވެ. ހާހުން ދަށަކުން ސަލާމަތެއް ނުވާނޭކަން އެނގޭތީ އެވެ. އެކަމަކުވެސް ގަޑި ޖެހިއްޖެއްޔާ އަހަރެންވެސް ޖެހޭނީ އެ ގަވާއިދަށް ތަބާ ވާށެވެ.
މަޖީދީމަގު ހުރަސްކޮށް ޖެހިގެން އޮތް ގޯޅި އަޅައިގެން މާދުރަކަށް ނުދެވުނެވެ. ކުއްލިއަކަށް ދެ ބުރަތްކަށް އެއް ފަހަރާ ކަހަލަ ގޮތަކަށް ހިފައިލެވިއްޖެއެވެ. މަގުމަތީގައި އަތުރާފައި ހުރި ގާތަކުގައި ދިހަވަރަކަށް ފޫޓުގެ ކަޅު ރޮގެއް ފަވާލުމަށްފަހު ސައިކަލު މަގުގައި ތަތް ވެއްޖެއެވެ. ފަހަތުން އައި ސައިކަލު ފުން މައިގެން އަރާ މަގޭ ބުރަކައްޓަށް ސަވާރު ނުވީ ހަމަ ކިރިޔާއެވެ. އޭނާގެ ރުޅިވެރި ބަސްތަކަށް އަހަންނަކަށް ސަމާލުކަމުގެ އެންމެ ކަޅިއެއްވެސް ހިންގައެއް ނުލެވުނެވެ.
ވާނީވެސް އެހެންތާއެވެ. އަހަރެންގެ ކަނާތް ފަރާތުގައި ހުރި ނޫކުލައިގެ ދޮރޯށި ދޮށުގައި އެހެރީ ހަމަ އެ މަންޖެއެވެ. މީގެ ހަތަރު ފަސް ދުވަހެއް ކުރިން އަހަރެން އެކުއްޖެއްގެ ރީތިކަން ފެނިފައި ހުއްޓުން އެރި ލޯބި ލޯބި ފުށްގަނޑެވެ. އަހަރެންގެ ހިތަށް ފުރަތަމަ ފަހަރަށް ލޮޅުން އަރުވައިލި ޖާދޫގަރެވެ. އަހަންނަށް އިނދެވުނީ އޭނާގެ ތުނިތުނި މޫނަށް ކަޅި ހުއްޓާ ލައިގެންނެވެ. މިއަދުވެސް އެ ތުންފަތް މަތީގައި ދުވެލަ ދުވެލާ ހުރީ، ކުރީ ދުވަހުވެސް ހުރި ބަލާ ފޫހިނުވާނޭ ލުއިލުއި ހިނިތުންވުމެވެ. މޫނުމަތީގައި ހުރީ އަންހެންވަންތަ ކަމުގެ ލާމަސީލު ނަމޫނާއެއް ފަދަ ލަދުރަކި ކަމެވެ. އަހަންނަށް އިނދެވުނީ އޭނާގެ އެ ފުން ދެލޮލުގެ ތެރެއަށް ފީނައި ގަތުމަށް ކެތް މަދުވެފައެވެ.
ކުއްލި ސިހުމެއް އަހަންނަށް ލިބުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފަހަތުން ހެސް ކިޔާފައި ބަރުގޮނު އަޅާކަމާއި، އިނދެވުނީ އެ ހަނި ގޯޅީގެ މެދުގައިކަން އެނގުނީ ދެނެވެ. ފަހަތަށް ބަލައިލެވުނު އިރު އެތައް ހިސާބު ފަހަތަކަށް އުޅަނދުފަހަރު ފަތި ދަމާލާފައި އޮތެވެ. ގަތް ލަދެއް ބުނެދޭންވެސް ނޭނގުނެވެ. އަވަސް އަވަހަށް ޒޯނު ތެރެއަށް ސައިކަލު ވައްދާލައިފީމެވެ. ރުޅިވެރިކަމުގެ ކަޅިތަކަކުން އަހަރެންގެ ގައިގައި ތަޅަމުން ފޮޅަމުން ކަހަލަ ގޮތަކަށް ގޮސް އެންމެން ހުސްވެއްޖެ އެވެ. އޭރު ދޮރޯށި ދޮށަކު މަގޭ ފުށްގަނޑެއް ވެސް ނެތެވެ.
“މި ދަނީއޭ. މަޑުކޮށްބަލަ!”
އަހަންނަށް ފޯނު ނެގުނީ އަންމަޑޭ ފަސްވަނަ ފަހަރަށް ގުޅުމުންނެވެ. އަންމަޑޭގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަހަރެން ފޯނު ކަނޑައިލީ މިއަދު ކުޅެން ދާހިތް ހަމަ އެއްގޮތަކަށްވެސް ނެތުމުންނެވެ. އެފަދަ ޕަރީޒާދެއް ދޫކޮށްލާފަ ހަން ބޯޅަގަނޑެއް ފަހާ ދުވަން ދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ބޭނުންވީ މަޑުކުރާށެވެ. އޭނާ އަދި ނިިކުންނާނެއެވެ. އަހަންނެކޭ އެއްފަދައިން އޭނާވެސް އަހަންނަށް ގަޔާވާކަން ޔަގީނެވެ. އެހެންނޫންނަމަ އެފަދަ ތޫނު ނަޒަރުތަކަކުން އަހަރެންގެ ހިތަކަށް ގޯނާއެއް ނުކުރީހެވެ. އެފަދަ ލުއި ހިނިތުން ވުމަކުން އަހަރެންގެ މޫނުގައި ފިރުމައެއް ނުހަދާނެއެވެ.
“އޭތް، ސައިއްޓޭ! ނާންނަންޏާ ނާންނަ ވާހަކަ ބުނެފަ ހުރެބަލަ! ކުޅެން ނުފެށިފައޭ މި ތިބެނީ.” ފަޑިއްކޭގެ އަޑުގައި ކުރަކިކަން އުފައްދާފައި ހުރީ ހިތްހަމަ ނުޖެހުމެވެ.
“މަށަށް ދެވޭނީ ތަންކޮޅެއް ފަހުން.”
“މި އެންމެން އުފުލޭހާ ވަރު ޖީބުގައި އެބަ ހުރިތަ؟”
ފަޑިއްކޭ އެބުނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގެއެވެ. މިކަން ކާމިޔާބުވެއްޖިއްޔާ އެ މީހުން ފަސް ހަފަހަރު އުފުލާހާ ބާރުވެސް މަގޭ މި ކުޑަކުޑަ ޖީބަށް ލިބޭނެއެވެ. ވީއިރު އަހަރެން ހާސްވާންވީ ކޮން ކަމަކާ ހެއްޔެވެ؟
ޖާރޒީ ލައިގެން ބޫޓަށް އަރާފަ ގެއެއްގެ އަސްކަނި ދޮށުގައި އަހަންނަށް ކިހާއިރަކު އިންނަން ޖެހޭނެބާވައެވެ؟ އަހަރެންގެ ހިތުގެ މަލަކާގެ މޫނުފުޅު ފެނިލުމުގެ ނަޞީބު ލިބޭނީ މިހެން ކިހާއިރަކު އިނދެގެން ބާވައެވެ؟ މަގު ހިނގާ މީހުންނާއި ދުއްވާ މީހުން ފާޑަކަށް ބަލާކަން އިޙުސާސް ވުމުން ކުޑަކޮށް ލަދުގަންނަ ގޮތްވެސް ވެއެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން އަންނަންވީއޭ ވެސް ހިތަށް އަރައެވެ. އެކަމަކު އެހެން ދާނީވެސް ކިހިނެއް ހެއްޔެވެ؟ ދާ ތަނުންވެސް ނިކުމެދާނެ އެވެ. އެހެންވެއްޖެނަމަ ހުރިހާ ކަމެއް “ޗޮކަށް” ދިޔައީމެވެ. މެޗު ކެންސަލްކޮށްފައި ވީ ގުރުބާނީ އޮޔާލީ އެވެ.
ކެތްތެރިކަމާއެކު ވަގުތު ގުނާލަ ގުނާލަ އިންދާ ފޮނި ނިމުމަކުން އަހަރެންގެ އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. އަހަރެންގެ ހިތް ލުހެލަން މަސައްކަތް ކުރާ އެ ލޯބި ލޯބި ފުށްގަނޑު ފެނިއްޖެއެވެ. އެހެނަސް ފެނުނީ އަހަރެން ހީކުރި ގޮތާ ޚިލާފަށް ތަންކޮޅެއް ދުރުން ނެވެ. ހިނގާފައި އަންނަނީ އަހަރެން އިން ދިމާއަށެވެ. އޭނާގެ އެހެރަ ފަރި ހިގުމެކެވެ. ކިޔާނެކަމެއް ނެތެވެ. އޭނާގެ ކޮންމެ ސިފައެއް ކޮންމެ ހަރަކާތެއް އަހަރެންގެ މޭ ކަފާ ކުދިކުދި ކުރަމުން ގެންދާ ކަހަލަ އެވެ.
އޭނާއަށް އަހަރެން ފެނުނީ ތަންކޮޅަކަށް އާދެވުނު ފަހުންނެވެ. ފެނުމާއެކު އެއްކަހަލަ ގޮތަށް ހިނިތުން ވެލައިފި އެވެ. ހިތް ފުރި އަރާފަދަ ލަދުރަކި ހިނިތުންވުމެކެވެ. އަހަރެންވެސް ވަރަށް ހިތްވަރުކޮށްފައި ހިނިތުންވެލީމެވެ. އެހާތަނުން އޭނާގެ ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. މަޑުކޮށްލީ އެތާ ކައިރީ ހުރި ހޮޅި ދަނޑިއެއްގެ ކައިރިއަށެވެ. ހޮޅިދަނޑީގައި މަޑުމަޑުން ދެއަތުން ބައްދާލިތަން ފެނުނެވެ. އެ ހޮޅިދަނޑިއަކީ އަހަރެން ނަމައޭ ހިތަށް އެރިއެވެ. އޭނާ އެހެން ހުރިއިރު އޭނާގެ ކަތި ނަޒަރު އިރުއިރުކޮޅާ އަހަރެންގެ މޫނަށް ހުއްޓެމުން ދާކަން ފާހަގަ ކުރެވުނެވެ.
އަހަންނަށް ދުރުގައި އިންނާކަށް ފަސޭހައެއް ނުވި އެވެ. ސައިކަލުން ފޭބިއްޖެ އެވެ. މަޑުމަޑުން އޭނާއާ ދިމާއަށް ހިނގައިގަނެވިއްޖެ އެވެ. އޭނާ އެހުރީ އަހަރެންގެ އިޝާރާތަކަށް ކެތް މަދުވެފައިކަން ޔަގީނެވެ. އަހަރެންކަހަލަ ހަމުންކަޅު މޫނުގައި ވަޅުގިނަ މީހެއްގެ އައްސޭރިއަށް މިފަދަ ހަން އަލި އޮމާން ކުއްޖަކު ލެއްގިކަމީ ހަމަ އަހަރެންގެ ނަސީބެވެ.
އަހަރެން ގޮސް އޭނާގެ ގާތަށް މަޑުކޮށްލީމެވެ. އެއާއެކު އޭނާ ލަދުރަކި ގޮތަކަށް ހިނިތުން ވެލަމުން އަހަރެންގެ މޫނަށް ބަލައިލުމަށްފަހު ހަމަ އެސިކުންތުގައި އިސްދަށަށް ޖެހިއެވެ.
“ހާދަ ލަދުން ތި އުޅެނީ. ކޮންނަމެއް ކިޔަނީ؟”
އޭނާ އަނެއްކާވެސް އަހަރެންގެ މޫނަށް ބަލައިލި އެވެ. އެއަށްފަހު ހަމަ ކުރިއެކޭ އެއްގޮތަށް ލަދުވެތި ކަމާއެކު އިސް އޮބައިލި އެވެ. އެވަގުތު އަހަރެންގެ ހިތަށް އެރި އެވެ. ހާދަ ލަދުރަކި ކުއްޖެކެވެ. އެއީ އަހަރެން އަންހެން ކުދިންގެ އެންމެ ގަޔާވާ ސިފައެވެ. އެ ސިފައިން މި ކުއްޖާ އެވަނީ ޖަރީވެފަ އެވެ.
“ތި ލަދުވެތިކަމުގެ ސަބަބުން ތި މޫނުގެ ރީތިކަން އެތައް ގުނައަކަށް އެބަ އިތުރުކޮށްދޭ.”
އަހަރެން ހީކުރީ މިފަހަރު އޭނާ ކޮންމެވެސް ޖަވާބެއް ދޭނެކަމަށެވެ. އެންމެ ކުޑަމިނުން “ތޭންކްސް” އޭ ނަމަވެސް ބުނާނޭ ކަމަށެވެ. އެކަމަކު އެފަދަ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އަހަރެން މާޔޫަސްއެއް ނުވެއެވެ. އޭނާގެ ހިތުގެ އެތެރެއާއި ބޭރު އެއްވެެސް ފޮރުވުމެއްނެތި ހާމައަށް ފެންނަން އޮތީމަ އެވެ.
“ވަރަށް ވާހަކަ ދައްކާ ހިތުން ހުރިކަން އެނގޭ.”
އަހަރެންގެ ފޯނު ރިންގުވާންފެށީ ހަމަ އެވަގުތު އެވެ. ޗޮކެއް ކަނޑާލެވުނެވެ. ފޯނުކުރީ އޮފީހުގައި އުޅޭ މަޖީދެވެ. ހިތަށް އެރިއެވެ. މި މަޖީދަކަށް ވެސް ގުޅާކަށް މި ނޫން ގަޑިއެއް ނޭނގުނުހެޔެވެ؟
“ކީކޭ؟” ފޯނު ކަންފަތުގައި ޖައްސާލަމުން އަހަރެން އަހައިލީމެވެ.
“އޭ ސައިއްޓޭ! ތީ ކޮންކަމެއް؟ ކަލޭ ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނަ ވާހަކައެއް ނުދައްކާނެ. ތީ މަންމަނު ކުއްޖެއް.”
ސައިއްޓޭ ފޯނު ކަނޑާލައިފި އެވެ. އަހަންނަށް ފުރަތަމަވެސް ބަލައިލެވުނީ ކުރިމަތީގައި ފެންނަން ހުރި އަސަރުގަދަ މޫނަށެވެ. އެވަގުތު އޭނާ އަތުން ކުރި ހަރަކާތާއި އަނގައިން ލެއްވި އަޑުން މަޖީދުގެ އެ ބުނުން އަހަންނަށް ކަށަވަރުވެއްޖެއެވެ.
އަހަންނަށް ހުރެވުނުތަންވެސް ނޭނގުނެވެ. އަވަސް އަވަހަށް ބަލައިލެވުނީ މަޖީދު ކޮބައިތޯ އެވެ. ފެނުނީ ތަންކޮޅެއް ދުރުން އަތް ހޫރާލާފައި ހެމުން ހެމުން މަޖީދު ސައިކަލުގައި ނައްޓާލި ތަނެވެ. އެވަގުތު އަހަންނަށްވެސް ހިނގައިގަނެވުނީ ސައިކަލާ ދިމާއަށެވެ. ބޭއިޚުތިޔާރުގަ އެވެ.
ދަނޑާ ހަމައަށް އަހަންނަށް ދެވުނުއިރު ކުޅެ ނިންމާފަ އެންމެން ދަނޑުން ފައިބަނީ އެވެ. އަހަންނަށް ޖެހުނީ އެންމެންނަށް ސައި ދޭށެވެ. ހެދިފައި އޮތް ގަވާއިދަށް އިޙުތިރާމް ނުކޮށް ވާކަށް ނޯންނާނެ އެވެ. އެގާރަސަތޭކަ ފަސްދޮޅަށް ތިން ރުފިޔާގެ ބިލު ކަނޑާލާފައި ވޮލެޓު ޖީބަށް ލަމުން ދިޔައިރު ހިތަށް އެރި އެވެ. ވާހަކަ ނުދެކެވުން އެއީ އޭނާ ކުރާނެކަމެއް ހެއްޔެވެ؟ އަހަންނަކަށް މިކަމެއް ހުއްޓައެއް ނުލެވޭނެ އެވެ. އޭނާ ހާދަ ރީއްޗެވެ.
ނިމުނީ

Readers Comments (22)

  1. It’s nearly impossible to find experienced people on this subject, but you sound like you know what you’re talking about!
    Thanks

    Reply
  2. A fascinating discussion is worth comment. I believe that you ought to write more about this issue, it may not be a taboo
    subject but typically people do not speak about such
    subjects. To the next! Best wishes!!

    Reply
  3. Hello I am so grateful I found your weblog, I really found you by mistake,
    while I was browsing on Digg for something else, Anyways I am here now and would just like to say many thanks for a incredible post and a all
    round enjoyable blog (I also love the theme/design),
    I don?t have time to look over it all at the moment but
    I have saved it and also added in your RSS feeds, so when I have time I will be back to read a
    great deal more, Please do keep up the excellent jo.

    Feel free to surf to my blog post … MariCanna CBD Reviews

    Reply
  4. Whats up are using WordPress for your blog platform? I’m new to the blog world
    but I’m trying to get started and set up my own. Do you require any coding expertise to make
    your own blog? Any help would be really appreciated!

    Feel free to visit my web blog; Keto Success

    Reply
  5. Link exchange is nothing else but it is simply placing
    the other person’s weblog link on your page at appropriate place and other person will also do same in favor of you.

    Here is my website – Extreme Keto BHB

    Reply
  6. I’m not sure where you’re getting your info, but good topic.
    I needs to spend some time learning more or understanding more.

    Thanks for magnificent information I was looking for this information for my
    mission.

    Reply
  7. I know this if off topic but I’m looking into starting my
    own blog and was curious what all is required to get set up?
    I’m assuming having a blog like yours would
    cost a pretty penny? I’m not very internet
    savvy so I’m not 100% certain. Any tips or advice would be
    greatly appreciated. Appreciate it

    Reply
  8. This post is truly a pleasant one it helps new net visitors, who
    are wishing in favor of blogging.

    Take a look at my web-site … Keto XR Review

    Reply
  9. I know this web site gives quality depending articles or reviews and other
    data, is there any other web page which offers these information in quality?

    my web-site: Alpha IQ Pills

    Reply
  10. Everyone loves what you guys tend to be up too.
    This sort of clever work and reporting! Keep up the good works guys I’ve
    included you guys to my own blogroll.

    Reply
  11. Hello there, You’ve done a fantastic job. I’ll definitely digg it and personally suggest to my friends.
    I am sure they’ll be benefited from this site.

    Reply
  12. This is the perfect web site for anybody who would like to understand this topic.

    You realize so much its almost hard to argue with you (not that I really will need to…HaHa).
    You certainly put a new spin on a subject which has been written about for decades.
    Wonderful stuff, just great!

    Reply
  13. Greetings! Very helpful advice in this particular post!

    It is the little changes which will make the most
    important changes. Thanks for sharing!

    Reply
  14. I loved as much as you’ll receive carried out right
    here. The sketch is tasteful, your authored subject matter stylish.
    nonetheless, you command get bought an shakiness over that you wish be delivering the following.
    unwell unquestionably come further formerly again since exactly the same nearly a lot often inside case you shield this hike.

    Reply
  15. Hello! Someone in my Myspace group shared this website with us so I came to take a look. I’m definitely enjoying the information. I’m book-marking and will be tweeting this to my followers! Outstanding blog and great design.|

    Reply
  16. Your style is very unique compared to other
    people I’ve read stuff from. Thank you for posting when you’ve got the opportunity,
    Guess I’ll just book mark this web site.

    Here is my site: top coats Paints

    Reply
  17. I am truly thankful to the owner of this web page who has shared this enormous post at at this time.|

    Reply
  18. For most recent information you have to visit the web and on world-wide-web I found this website as a best site for newest updates.|

    Reply
  19. I am sure this post has touched all the internet visitors, its really really fastidious paragraph on building up new weblog.|

    Reply
  20. Great blog here! Also your web site loads up very fast! What host are you using? Can I get your affiliate link to your host? I wish my website loaded up as quickly as yours lol|

    Reply

ޚިޔާލު