އަމިއްލަ ފަސްގަނޑަށް ނޫނެކޭ ބުނުން ހުއްޓޭނެ ދުވަހަކީ ކޮބައި ބާވައެވެ؟

އެއްރަށުން އަނެއް ރަށަށް، އެއް ޤައުމުން އަނެއް ޤައުމަށް ދިރިއުޅުން ބަދަލުކުރުމަކީ، ނުވަތަ ހިޖުރަ ކުރުމަކީ، ދުނިޔޭގެ ތާރީޚުގައި އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. އިސްލާމީ ތާރީޚުގެ ޞަފުޙާތައް ހުޅުވައި ބަލައިލުމުން ވެސް، ހިޖުރައިގެ ވަރަށް ރީތި މިސާލުތައް ފެނެއެވެ. އެގޮތުން ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި، މަދީނާއަށް ކުރެއްވި ހިޖުރައަކީ، ވަރަށް ޚާއްޞަ ހިޖުރައެކެވެ. އިސްލާމް ދީނަށް ޓަކައި، އެ ދީން ދެމެހެއްޓުމަށް ޓަކައި ކުރެވުނު، ވަރަށް މަތިވެރި ހިޖުރައެކެވެ. މިއީ އިސްލާމް ދީނަށް ނަޞުރު ހޯދުމަށް ކުރެވުނު ހިޖުރައެއް ކަމުގައި ވިޔަސް، އެހެނިހެން ސަބަބުތަކަށް ޓަކައި ވެސް އިންސާނުން ހިޖުރަކުރެއެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލައިލުމުން ވެސް މި ކަން ފެންނާން އެބަ އޮތެވެ. ފެށިފައިވާ ދުވަސްވަރެއް، ތާރީޚެއް، ކަނޑައެޅިގެން އެނގެން ނެތް ނަމަވެސް، ޒަމާނުއްސުރެ ދިވެހީން އަންނަނީ ހިޖުރަ ކުރަމުންނެވެ. ތަފާތު އެތައް ސަބަބުތަކާހުރެއެވެ.

މިއަދު ދިވެހިރާއްޖޭގެ މަލަމަތީން، ތަރައްގީގެ ކުލަތައް ފެންނަމުން ދިޔަ ނަމަވެސް، އިހު ދިވެހީންނަކީ ވަރަށް ސަހަލު ދިރިއުޅުމެއް އުޅެމުން އައިސްފައިވާ ބަޔެކެވެ. ތަރައްޤީއާއި ތަހުޒީބުގެ މާ ބޮޑު އަސަރެއް، ކުލައެއް ނެތް ޒަމާންތަކެއް، ދިވެހިން ވަނީ ދެކެފައެވެ. ބޭރު ކަރަކަރައިންނާއި ވިލާތްތަކުން މީހުން އައިސް، ދިވެހިންނާ މައްލަވަކުރަމުން، ތޮޅެމުން ދިޔަ ޒަމާނުގައި، އެކި ކަހަލަ ބަލިމަޑުކަމުގެ އާފާތްތައް ދިވެހިން ތަހައްމަލުކުރިއެވެ. ތަށްޓެއް ލިޔެ، ބޯންދިނުމާއި ތަވީދެއް ލިޔެ، އައްސައިލުން ފިޔަވައި، މާ ބޮޑު ފަރުވާއެއް ނެތް ޒަމާނުގައި، އެ ފަދަ ބަލިތަކުން ސަލާމަތްވުމުގެ ނިޔަތް އަދައިގެން، އުފަން ރަށް ދޫކޮށް، އެހެން ރަށެއްގައި ވަޒަންވެރިވުމަކީ، ކާބަފައިންގެ ދިރިއުޅުމުގެ ބަޔަކަށް ވެފައިވާ ކަމެއް ކަހަލައެވެ. މި ފަދަ ބައެއް ހާލަތްތަކުގައި، ރަށުގައި ދިރިއުޅުނު އެންމެން އެކީ، އެހެން ރަށްރަށަށް ހިޖުރަ ކޮށްފައި އެބަ ހުއްޓެވެ. އުފަން ރަށް ފަޅުކޮށްލުމަށްފަހުގައެވެ. ރަށް ނުބައިވެ، ދިރިއުޅޭން ހެޔޮނުވާ ފަދަ ރަށެއްކަމަށް ނިންމާފައެވެ. ބައެއް ފަހަރު އެ ބައްޔެއްގައި އެތައް ބަޔަކު މަރުވެ ދިޔުމުން، ރަށުގައި ތިބޭ މަދު މީސްކޮޅު، އެ ރަށް ދޫކޮށް، މީހުން ދިރިއުޅޭ އެހެން ރަށަކަށް ބަދަލުވެފައި އެބަ ހުއްޓެވެ. އެހެންކަމުން ފެތުރެމުން އަންނަ ބަލިމަޑުކަމެއް ނުވަތަ ރޯގާއެއްގެ ސަބަބުން، އަމިއްލަ ރަށް ދޫކޮށް، އެހެން ރަށަކަށް ހިޖުރަ ކުރުމަކީ، އިހު ދިވެހިން ކޮށްފައިވާ ކަމެއްކަން ތާރީޚު ހެކިދެއެވެ.

ޤުދުރަތީ ގޮތުން މެދުވެރިވާ ތަފާތު ކާރިސާތަކުގެ ސަބަބުން ވެސް، ދިވެހިންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް، އެހެން ރަށްރަށުގައި ވަޒަންވެރިވާން ޖެހިފައެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ދިވެހީންނަކީ ވަރަށް ނަސީބު ރަނގަޅު ބަޔެކެވެ. އެހެންނަމަވެސް ގުދުރަތީ ކާރިސާތަކާ ދިވެހީންނަށް ވަނީ މަދުމަދުން ނަމަވެސް ކުރިމަތިލާން ޖެހިފައެއެވެ. އޭގެތެރޭގައި ގަދަ ވިއްސާރަ ޖެހުމާއި ބޮޑު ރާޅުއެރުން ފަދަ ކަންކަން ހިމެނެއެވެ. މި ފަދަ ކާރިސާތަކުގެ ސަބަބުން، ބައެއް ރަށްރަށް ފުނޑުފުނޑުވެ، ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި އެބަ ހުއްޓެވެ. އެގޮތުން 1821 ވަނަ އަހަރު ޑިސެންބަރު މަހު، އުތުރަށް ކުރި، މަޝްހޫރު “ކޭލަކުނު ތަޅާލި ވިއްސާރަ”އަކީ، ތާރީޚުގައި ފާހަގަކޮށްލެވޭ ނުރައްކާތެރި ކާރިސާއެކެވެ. އެ ވިއްސާރައިގައި ކޭލަކުނުގެ އިތުރުން އެ އަތޮޅު ވައިކަރަދޫއާއި އަދިވެސް އެހެނިހެން ރަށްރަށް ފަޅުކޮށްލި ކަމަށް، ދިވެހި ތާރީޚުގައި ބަޔާންކޮށްފައި ވެއެވެ. އެ ރަށްރަށަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން، އެހެން ރަށްރަށަށް ހިޖުރަކުރާން އެ ރަށްރަށުގެ މީހުންނަށް ޖެހުނެވެ. މީގެއިތުރުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ރ. އަތޮޅު ކަނދޮޅުދޫ ސުންނާފަތިވެ، ދިރނޫޅެވޭވަރު ވިއެވެ. އެހެންކަމުން އެ ރަށުގެ ރައްޔިތުން އެ އަތޮޅު ދުވާފަރަށް ވަނީ ހިޖުރަކޮށްފައެވެ. މި ކަންކަމުން އެނގެނީ ގުދުރަތީ ކާރިސާތަކާ ގުޅިގެން ވެސް ދިވެހިން އަމިއްލަ ފަސްގަނޑު ދޫކޮށް އެހެން ރަށްރަށަށް ހިޖުރަކޮށްފައިވާ ކަމެވެ.

އުފަން ރަށް ދޫކޮށް، އެހެން ފަސްގަނޑެއްގައި ވަޒަންވެރިވުމަކީ، އެއްވެސް މީހަކު، މާ ކުރާ ހިތުން ކުރާނެ ކަމެއް ނޫނެވެ. އަތްފައި ކޮށައި މަށައިގެން އާބާދުކުރި ދިރިޅުމާއި، ކާބަފައިންގެ ހަމައެކަނި ހަނދާނުގެ ގޮތުގައި ހުރި ފަސްފުނިތަކާއި، އަމިއްލަ ހަށިން ދާ އޮހޮރުވައިގެން އުފެއްދި ދިރޭ މުދާކޮޅު ދޫކޮށް، ހުސްއަތާ ފުރައިގެން ދާން ޖެހުމުން ކަރުނަ ހިލޭނެއެވެ. ކަން މިހެން އޮތް ކަމުގައި ވިޔަސް، މަޖުބޫރުވެގެން އެހެން ރަށްރަށުގައި ދިރިއުޅުން ބިނާކުރި ދިވެހިން ރާއްޖޭގައި އެބަ އުޅެއެވެ. މިސާލަކަށް އައްޑު އަތޮޅު ނަގަމާތޯއެވެ! ދިވެހި ސަރުކާރުން އައްޑުއަތޮޅުން ބަޔެއް އިނގިރޭސި ސަރުކާރަށް ކުއްޔަށް ދިނުމާއެކު، 1941 ވަނަ އަހަރު، އިނގިރޭސިން އައްޑު އަތޮޅަށް ފޭބިއެވެ. އެބައިމީހުންގެ “ބޭސް” އެއް، އެ އަތޮޅުގައި ޤާއިމުކުރާން ބޭނުންވުމުން، އެ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންނަށް، އެހެން ރަށްރަށަށް ހިޖުރަކުރާން މަޖުބޫރުވިއެވެ. އެގޮތުން އެ އަތޮޅުގެ އެންމެ ބޮޑު އެއް ރަށް، އަދި ވެރިރަށް ކަމަށްވާ، ގަމުގެ ރައްޔިތުންނަށް ޖެހުނީ، އެ އަތޮޅު މާމެންދުއަށް ބަދަލުވާށެވެ. މާ ރަށެއް ދޫކޮށް، ގަމުގެ ރައްޔިތުން މާމެންދޫގައި ވަޒަންވެރިވީ، ހިތުން ރުހުމުން ބާވައެވެ؟ ނޫނެކެވެ. މަޖުބޫރީ ހާލަތު، އެ ނޫން މަގެއް އެ ދުވަހު، އެ ބައިމީހުންނަށް ނުދެއްކުމުންނެވެ. ޝައްކެއް ނެތެވެ. އެ ދުވަހު ގަމު ރައްޔިތުން މާމެންދުއަށް ބަދަލުވީ، މަޖުބޫރުވެގެން އެހެން ގޮތެއް ނެތީމައެވެ.

ރާއްޖޭގައި ހުރި ކުދިކުދި ޖަޒީރާތަކަކީ އެއް ރަށް އަނެއް ރަށާ އަޅައި ބަލާއިރު، ތަފާތުތަކެއް ފެންނާން ހުރި ރަށްރަށެވެ. އުފެދިފައިވާ ގޮތާއި ސަރަޙައްދާއި ބޮޑުކުޑަމިނަށް ބެއްޔަސް މެއެވެ. ބައެއް ރަށްރަށަކީ ދިރިއުޅެން ފަސޭހަ ރަށްރަށެވެ. އެ ފަދަ ރަށްރަށުން ފެންނާން ހުންނަނީ އުފާވެރިކަމާއި ފާގަތިކަމެވެ. އެހެނަސް މިއީ އަތުގެ އިނގިލިތަކުން ގުނޭލެވޭހައި މަދު ރަށްރަށުން ފެންނާން ހުންނަ މަންޒަރެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ގިނަ ރަށްރަށުގެ ހާލަތު ހުރީ މީގެ އަނެއްކޮޅަށެވެ. ފަސްގަނޑު ދެރައެވެ. ލަފާފުރާން ދައްޗެވެ. ފެން ލޮނެވެ. ބިން ފުރިފައެވެ. އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ބަލާއިރު، އުޅެން ކަމުނުދާ ރަށްރަށެވެ. އެހެންނަމަވެސް އުފަން ފަސްގަނޑަށް ވެފައި، ކާބަފައިންގެ ހަނދާންތަކާއި ދިރިއުޅުމުގެ ބިންގާ ދޫކޮށްލާފައި ދާކަށް ހިތެއް ނޭދެއެވެ. ކަން މިހެން އޮތްކަމުގައި ވިޔަސް، އުފާވެރި ދިރުޅުމަކަށް އެދޭ ނަމަ، މި ފަދަ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ރަށުން ފައި އުފުރައިލުން ނޫން ގޮތެއް ވެސް ނޯވެއެވެ. އަނބި ދަރީން ގޮވައިގެން، ދިރިއުޅުން ފަހި، މާރަށަކަށް ބަދަލުވާން ހާލަތު މަޖުބޫރުކުރެއެވެ. ނަތީޖާއަކަށް ވަނީ، ބައެއް މީހުން، ރަށް ދޫކޮށް ދިރިއުޅޭން ފަސޭހަ ރަށްރަށަށް ހިޖުރަކުރުމެވެ. އެހެންކަމުން ދިރިއުޅެން ދަތި ރަށްރަށަށް ނިސްބަތް ވުމަކީ ވެސް، ހިޖުރަކުރާން ދިވެހީންނަށް މަޖުބޫރުވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.

ރާއްޖޭގެ ގިނަ ރަށްރަށަކީ މޭވާ ނާޅާ ދަނޑުތަކެއް ފަދަ ރަށްރަށެވެ. އަމިއްލަ ދަނޑުގައި އިނދެފައި، ބަނޑުހައި ވުމުން ދުއްވައިގަންނާން މި ޖެހެނީ އެހެން ދަނޑަކާ ދިމާއަށެވެ. އަމިއްލަ ދަނޑުން ރަނގަޅު މޭވާއެއް ނުލިބުމުން، ހައިހޫނުކަމުގައި އިނދެ މަރުވުމަށްވުރެ، އެ ގޮތް ވެސް މާ ހެޔޮކަން ބޮޑުވީމައެވެ. އާދޭހެވެ! ގިނަ ރަށްރަށުން ސާފު ބޯފެނެއް ނުލިބެއެވެ. ފުރިހަމަ ބޭސްފަރުވާއެއް ނުލިބެއެވެ. އެދެވޭ ތަޢުލީމެއް ނުލިބެއެވެ. އަދިވެސް އެތައް ޚިދުމަތެކެވެ. މި ފަދަ ޚިދުމަތްތައް ބޭނުންވާ ނަމަ، އެބައިމީހުންނަށް މި ޖެހެނީ، އަމިއްލަ ވަޒަނަށް ނޫނެކޭ ބުނާށެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިން އެއް ރަށުން އަނެއް ރަށަށް އެންމެ ގިނައިން ހިޖުރަކުރަނީ ތައުލީމު ހޯދުމަށް ޓަކައެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އެކި ރަށްރަށަށް ހިޖުރަކޮށްފައިވާ ދިވެހިންގެ ތެރެއިން، %22 މީހުން ހިޖުރަކޮށްފައި ވަނީ، ތަޢުލީމު އުނގެނުމަށެވެ. މިކަން އެންމެ ބޮޑަށް ގުޅިފައި ވަނީ، ވެރިރަށް މާލެއާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް ހިޖުރަކޮށްފައިވާ މީހުންގެ %40 އަކީ ތައުލީމު އުނގެނުމަށް ހިޖުރަކޮށްފައިވާ މީހުންނެވެ. މީގެ އިތުރުން ޞިއްޙީ ފަރުވާ ހޯދުމަށާއި ވަޒީފާ އަދާކުރުމަށާއި ކައިވެނިކުރުން ފަދަ ކަންކަމާ ގުޅިގެން ވެސް، މާލެއަށާއި އަތޮޅުތެރޭގެ ރަށްރަށަށް ހިޖުރަ ކުރާ ދިވެހިން މަދެއް ނޫނެވެ. 

ޝައްކެއް ނެތެވެ. ހިޖުރަކުރުމަކީ އޭގައި ނުހަނު ގިނަ ގުނަ ފައިދާތައް ހިމެނޭ ކަމެކެވެ. އިޖުތިމާޢީ ގޮތުންނާއި އިގުތިޞާދީ ގޮތުންނާއި އަދިވެސް އެތައް ގޮތަކުންނެވެ. ތަރައްޤީއާއި ތަހުޒީބުގެ ކަންފުޅެއް ވެސް ނެތް ރަށެއްގައި ހޭދަކުރި ދަތި ދުވަސްތަކަށް، ހިޖުރަކުރުމުގެ ސަބަބުން ނިމުން އާދެއެވެ. ކީއްވެގެން ކަމަށްތޯއެވެ. ތަރައްޤީ ވެފައިވާ ރަށެއްގައި ދިރިއުޅުމުގެ ނަސީބު ލިބުމުންނެވެ. ހޭލުންތެރި ތަހުޒީބު ރައްޔިތެއްގެ ތެރޭގައި ލާމެހުނީތީއެވެ. ހަމައެއާއެކު ކުރިން ލިބިފައި ނެތް އެތައް ޚިދުމަތްތަކެއް އަތް ފޯރާފަށަށް އަޔަތީއެވެ. އެހެންނަމަވެސް އޭގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ބައެއް ފަހަރު، ރަށު މީދާ ރަށަށް ގަދަވާ އުސޫލުގެ ސަބަބުން ހިތްދަތި ތަޖުރިބާތަކެއް ކުރާން ޖައްސައެވެ. ހަމައެއާއެކު ކުޑަ އާބާދީއަކަށް ފައްކާކޮށްފައިވާ ޚިދުމަތްތައް، ނުތަކާ ވަރު އާބާދީއަކަށް ފޯރުކޮށްދޭން ޖެހުމުން، ކުރިމަތިވާ ގޮންޖެހުންތައް ވެސް ކުޑައެއް ނޫނެވެ.

ނިމުނީ

Readers Comments (30)

  1. I am sure this paragraph has touched all the
    internet visitors, its really really good paragraph on building up new webpage.

    Reply
  2. Its like you read my mind! You appear to know so much
    about this, like you wrote the book in it or something.
    I think that you could do with a few pics to drive the message home
    a little bit, but other than that, this is magnificent blog.
    A great read. I will definitely be Back to Project List.

    Reply
  3. I truly appreciate this post. I have been looking all over for this!
    Thank goodness I found it on Bing. You’ve made my day!

    Thx again!

    Feel free to visit my page; Back to list of items

    Reply
  4. I seriously love your website.. Pleasant colors & theme.
    Did you develop this web site yourself? Please
    reply back as I’m trying to create my own site and want to
    find out where you got this from or exactly what the
    theme is called. Appreciate it!

    Reply
  5. It’s remarkable for me to have a web page, which is beneficial in favor of my know-how.
    thanks admin

    Here is my web-site – Full Releaf CBD

    Reply
  6. Nicely put. With thanks.
    Best Essay writing
    buy cheap essay online https://argumentativewriting.com

    Reply
  7. Wonderful stuff, Thank you.
    Best Essay writing
    help essay writing https://collegepaperwriting.com

    Reply
  8. You suggested itt exceptionally well.
    Best Essay writing
    cheap essay writing service https://ordertermpaper.com

    Reply
  9. Info clearly applied!.
    Best Essay writing
    essay https://writeessayformoney.com

    Reply
  10. Hi there Dear, are you in fact visiting this site daily,
    if so afterward you will definitely get good experience.

    Reply
  11. Good knowledge Kudos!
    Best Essay writing
    essay writer https://toppaperwritinghelp.com

    Reply
  12. Post writing is also a fun, if you be acquainted with after that you can write or else it is difficult to write.

    my blog; Keto Slim Cuts Reviews

    Reply
  13. Point very well taken!!
    Besst Essay writing
    buy cheap essays online https://essayservicesall.com

    Reply
  14. Excellent post. I was checking constantly this blog and I am impressed!
    Very useful information specifically the last part 🙂 I care for
    such information much. I was seeking this particular info for a long time.

    Thank you and good luck.

    Here is my homepage; Pure Keto Extra Ingredients

    Reply
  15. I have read so many content concerning the blogger lovers but this paragraph is truly a good post, keep it up.|

    Reply
  16. hey there and thank you for your info ? I’ve definitely picked up something new from
    right here. I did however expertise several technical
    points using this site, since I experienced to reload the site lots of
    times previous to I could get it to load correctly. I had
    been wondering if your hosting is OK? Not that I’m complaining,
    but sluggish loading instances times will often affect your placement in google and could
    damage your high-quality score if ads and marketing with
    Adwords. Anyway I’m adding this RSS to my email and could look out for much more of your respective exciting content.
    Ensure that you update this again very soon.

    Look at my webpage Full Releaf CBD Price

    Reply
  17. I like the helpful information you provide in your articles.
    I will bookmark your weblog and test once more here frequently.

    I’m fairly certain I will be informed many new stuff proper right here!
    Best of luck for the next!

    Feel free to surf to my web site … Green Leaf CBD

    Reply
  18. Pretty nice post. I just stumbled upon your blog and
    wished to say that I have truly enjoyed browsing your blog posts.

    After all I’ll be subscribing to your feed and I hope you
    write again very soon!

    Reply
  19. Hello.This post was really motivating, especially since I was looking for thoughts
    on this topic last Wednesday.

    Also visit my page: Green Leaf Healing CBD Tincture

    Reply
  20. Remarkable issues here. I am very glad to peer your post.

    Thank you a lot and I am taking a look forward to
    contact you. Will you please drop me a mail?

    Reply
  21. Somebody necessarily assist to make significantly posts I’d state.
    That is the very first time I frequented your website page
    and so far? I surprised with the analysis you made to make this particular
    submit extraordinary. Great task!

    Stop by my website Grown N Flow Reviews

    Reply
  22. Paragraph writing is also a excitement, if you be
    familiar with after that you can write if not it is difficult to write.

    My webpage; Ultimate Keto Fuel Pills

    Reply
  23. This website was… how do you say it? Relevant!!
    Finally I have found something that helped me. Thanks!

    My homepage – X Pro Drone Review

    Reply
  24. Hello, just wanted to tell you, I enjoyed this article.
    It was funny. Keep on posting!

    Reply
  25. Remarkable! Its in fact awesome post, I have got much clear idea about from
    this article.

    Reply
  26. I’ve been surfing on-line greater than 3 hours as of late,
    but I by no means discovered any interesting article like yours.
    It is beautiful value enough for me. In my view, if all web owners and bloggers made good content material as you probably did, the web
    will probably be a lot more useful than ever
    before.

    Reply
  27. Hi there, yup this article is in fact pleasant and I have
    learned lot of things from it regarding blogging. thanks.

    Reply
  28. It’s an amazing paragraph for all the online people; they will get benefit from it I am sure.|

    Reply
  29. This is the right web site for anyone who really wants to understand this topic. You know so much its almost tough to argue with you (not that I really will need to…HaHa). You definitely put a brand new spin on a subject which has been discussed for many years. Excellent stuff, just excellent!|

    Reply
  30. Thanks for finally talking about > %blog_title% < Liked it!|

    Reply

ޚިޔާލު