ހއ. މަނަފަރު އިސްކޫލުގެ މަތީސާނަވީ ދަރިވަރުންނަށް ބާއްވާ ތަމްރީނު ސެޝަންތަކަށް ފައިސާ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް


ސުވާލު:

ހއ. މަނަފަރު އިސްކޫލުގެ މަތީސާނަވީއަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށް ޓަކައި، އެ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް، އެ އިސްކޫލުން ބޭނުންވެއެވެ. ވީމާ، މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ޓަކައި ބޭނުންވާނެ ފައިސާ ހޯދުމުގެ ގޮތުން، މި ފަދަ ކަންކަމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ކަމަށްވާ، ހިޔަމަ ފައުންޑޭޝަން” އަށް ހުށަހަޅާނެ ޕްރޮޕޯޒަލެއް ލިޔާށެވެ! މި ޕްރޮޕޯސަލްގައި މި ސެޝަންތަކުގެ މުހިންމުކަމާއި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގޮތާއި ބައިވެރިންގެ އަދަދާއި މުއްދަތުގެ އިތުރުން، މި ކަމަށް ދާނެ ޚަރަދު (ބަޖެޓް) ވެސް އޮޅުންފިލުވައިދޭންވާނެއެވެ. ޕްރޮޕޯޒަލްގެ ދިގުމިނަކީ 25 ފޮޅުވަތާއި 30 ފޮޅުވަތާ ދެމެދެވެ.

ތަޢާރަފު

މިއީ ހއ. މަނަފަރު އިސްކޫލުގެ މަތީސާނަވީއަށް ކިޔަވަމުން އަންނަ ދަރިވަރުންގެ، ލިޔުންތެރިކަމުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމުގެ ގޮތުން، އެ ދަރިވަރުންނަށް ޚާއްޞަކޮށްގެން، ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާތީ، އެ ކަމަށް ފައިސާ ހޯދުމަށް ޓަކައި، ހުޅަހެޅުމަށް ލިޔެފައިވާ ޕްރޮޕޯސަލެކެވެ. މި ޕްރޮޕޯސަލްގައި ހިމަނާފައިވާނީ، މި ސެޝަންތަކުގެ މުހިންމުކަމާއި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގޮތާއި ބައިވެރިވާ ދަރިވަރުންގެ އަދަދާއި މުއްދަތުގެ އިތުރުން، މި ކަމަށް ހިނގާނެ ޚަރަދުގެ ތަފުސީލެވެ.

ތަމްރީނު ސެޝަންތަކުގެ މުހިންމުކަން

މި އިސްކޫލުގެ އޭލެވެލްއަށް ކިޔަވާ ގިނަ ދަރިވަރުން، ދިވެހިބަހަށް އަހުލުވެރި ނުވުމާއި ލިޔުންތެރިކަމުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ތަފާތު މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން ފާހަގަކުރެވޭ މައްސަލަތަކަކީ، ގިނަ ދަރިވަރުންނަށް ދިވެހި އިމްތިހާނުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ދިވެހި މާއްދާއިން ފާސްނުވުމާއި ކުލާހުން ނިންމަން ހަވާލުކުރާ ދިވެހި ފިލާވަޅުތައް، އެންމެ އެދެވޭގޮތުގައި ނިންމަން ދަތިވުމެވެ. އަދި ބައެއް ދަރިވަރުންނަށް އިސްލާމް ފިލާވަޅުތަކާއި އިސްލާމް ޓެސްޓު ހެދުމުގައި އިބާރާތްކުރުމުގެ މައްސަލަތައް ޖެހި، އޭގެ ސަބަބަބުން އިސްލާމް މާއްދާގެ ނަތީޖާއަށް ނޭދެވޭ އަސަރުކުރެއެވެ. އެހެންކަމުން މި ފަދަ ސެޝަންތަކެއް ބޭއްވުމަކީ، ދަރިވަރުންގެ ދިވެހި، އިސްލާމް ނަތީޖާ ރަނގަޅު ކުރުމަށް ޓަކައި، ކުރާންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ސެޝަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ގޮތް

މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ގަސްތުކުރެވިފައިވަނީ، މި ރަށު ޒުވާނުންގެ މަރުކަޒުގެ ހޯލު ކުއްޔަށް ހިފައިގެން އެ ތަނުގައެވެ. ސަބަބަކީ މި އިސްކޫލު ހޯލު އެއާކޯން ނުކޮށް ހުރުމާއި ހޯލުގެ ޖާގަ ކުޑަކަމުން، މި ފަދަ ސެޝަންތަކެއް ކުރިއަށް ގެންދަން ދަތިވާނެތީއެވެ. އަދި މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ޓަކައި ދިވެހި ބަހުގެ ފުންނާބު އުސް ބޭބޭފުޅުން ގެނެސް، އެ ބޭފުޅުންގެ ފަންނީ އެހީތެރިކަން ހޯދުމަށް ވަނީ ރާވާފައެވެ. އެގޮތުން ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައްކަމަށްވާ، ދިވެހި ބަހުގެ ހަމަތަކާއި ގަވާއިދުތަކާއި ލިޔުންތެރިކަމުގެ ތަފާތު ބައިތައް އެ ބޭފުޅުންގެ އެހީތެރިކަމާ އެކު އޮޅުންފިލުވައިދީ، އެ ބައިތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.

ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުއްދަތު

މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން، ކޮންމެ ދުވަހަކު 6 ގަޑިއިރު (މެންދުރުކުރީ 3 ގަޑި އިރު، އަދި މެންދުރުފަހު 3 ގަޑިއިރު) އެވެ.

ސެޝަންތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު

މި ސެޝަންތަކަކީ މި ސްކޫލުގެ މަތީ ސާނަވީއަށް ޚާއްޞަކުރެވިފައިވާ ސެޝަންތަކެއް ކަމަށްވާތީ، މި ސެޝަންތަކުގައި ބައިވެރިވާނީ މި ސްކޫލުގެ ގުރޭޑު 11 އާއި 12 ގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ. އެ ގޮތުން ގުރޭޑު 11 ގައި ކިޔަވާ 20 ދަރިވަރުންނާއި ގުރޭޑު 12 ގައި ކިޔަވާ 35 ދަރިވަރުން (ޖުމުލަ 55 ދަރިވަރުން) މި ސެޝަންތަކުގައި ބައިވެރިކުރަން ވަނީ ގަސްތުކޮށްފައެވެ.

ސެޝަންތަކަށް ދާނެ ޚަރަދު

ދަރިވަރުންތަކަކަށް ޚާއްޞަކޮށްގެން މި ފަދަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަކީ، ގިނަގުނަ ޚަރަދުތަކެއް ހިނގާނޭކަމެކެވެ. އެގޮތުން މި ސެޝަންތައް ކުރިއަށް ގެންދިޔުމަށް ޓަކައި، ކުއްޔަށް ނަގާ ހޯލަށް 5 ދުވަހަށް 3000 ރުފިޔާ ދައްކަންޖެހެއެވެ. މީގެއިތުރުން ކިޔަވައިދިނުމަށް ޓަކައި ގެންނަ ފަންނީ 3 ބޭފުޅުންގެ އުޖޫރައަށް ޖުމުލަ 12000 ރުފިޔާ އަރުވާންޖެހެއެވެ. ހަމައެއާއެކު ސެޝަންތަކުގެ ކަންކަން އިންތިޒާމުކުރުމަށާއި ލިޔެކިޔުމަށް ބޭނުންވާ ތަކެތި ގަތުމަށް 1550 ރުފިޔާ ޚަރަދުވާއިރު، ސެޝަންތައް ހިނގަމުންދާ ވަގުތު، ސަޔާއި ކެއުމުގެ ކަންކަން ހަމަޖެއްސުމަށް 15500 ރުފިޔާ ޚަރަދުވާނެއެވެ. އެހެންކަމުން މި އެންމެހައި ކަންކަމަށް ޖުމުލަ 32050 ރުފިޔާ (ބައްތިރީސް ހާސް ފަންސާސް ރުފިޔާ) ޚަރަދުވާނެއެވެ.

ނިންމުން

ތިޔަ ފައުންޑޭޝަނުން މި ފައިސާ ދެއްވައިފި ނަމަ، މި ސެޝަންތައް ވަރަށް ކާމިޔާބުކަމާ އެކު ނިންމާލެވި، މި އިސްކޫލުގެ މަތީސާނަވީ ދަރިވަރުންގެ ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުވެ، ދަރިވަރުންގެ ދިވެހިބަހާއި، އިސްލާމް މާއްދާގެ ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނޭކަމަށް ގަބޫލުކުރެވެއެވެ. ތިޔަ ފަރާތަކީ މި ފަދަ ކަންކަމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތެއްކަމަށްވާތީ، މި ޕްރޮޕޯސަލްގައި ހިމެނޭ ކަންމަށް ބައްލަވައި، މި ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުން އެދި ހުށަހަޅަމެވެ.

Readers Comments (19)

  1. I truly appreciate this post.Really thank you! Awesome.

    Reply
  2. I truly appreciate this article post.Really looking forward to read more.

    Reply
  3. I really like and appreciate your article post. Cool.

    Reply
  4. I really like and appreciate your blog.Really thank you! Cool.

    Reply
  5. A big thank you for your blog post.Really thank you! Cool.

    Reply
  6. Really appreciate you sharing this blog.Really looking forward to read more. Really Cool.

    Reply
  7. Say, you got a nice post.Thanks Again. Cool.

    Reply
  8. Fantastic blog article.Really looking forward to read more. Want more.

    Reply
  9. I really like and appreciate your article. Want more.

    Reply
  10. You are so cool! I do not think I have read a single thing like this before. So great to discover someone with a few genuine thoughts on this topic. Really.. thanks for starting this up. This web site is one thing that is required on the internet, someone with a bit of originality!|

    Reply
  11. Major thankies for the article post.Really looking forward to read more. Want more.

    Reply
  12. A big thank you for your blog post.Thanks Again. Awesome.

    Reply
  13. My brother suggested I might like this web site. He was entirely right. This post actually made my day. You can not imagine simply how much time I had spent for this info! Thanks!|

    Reply
  14. Thanks so much for the blog. Great.

    Reply
  15. Thanks designed for sharing such a good opinion, paragraph is good, thats why i have read it entirely|

    Reply
  16. I’ve been browsing on-line greater than 3 hours nowadays, but I by no means found any interesting article like yours. It is pretty price enough for me. In my opinion, if all web owners and bloggers made good content as you probably did, the web will be much more helpful than ever before.|

    Reply
  17. Thank you ever so for you blog post.Much thanks again.

    Reply
  18. This paragraph gives clear idea in favor of the new users of blogging, that actually how to do blogging and site-building.|

    Reply
  19. Good article! We will be linking to this great article on our website. Keep up the great writing.|

    Reply

ޚިޔާލު