ނުވަރަ އެލިޔާ (ނޫރަލިޔާ) އަށް ކުރެވުނު [ފެން] ދަތުރު- 2

ދެ ކަމަކަށް ބޭނުންވުން

ނުވައެއްޖަހައި އެހައިކަންހައިއިރު ބަނޑުހައި ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ. ދަތުރު މަތީގައި ކާން ގެނައީ ލުއިކާނާގެ ބައެއް ބާވަތްތަކެވެ. ވިސްނުން ހުރީ ދާ މަގުމަތީގައި، ކޮންމެވެސް ރެސްޓޯރެންޓަކަށް ފައިބާ ހެނދުނުގެ ނާސްތާ ކުރުމަށެވެ. އެހެންނަމަވެސް މިހައި ހިސާބަށް ދުއްވުނު އިރުވެސް، އަރަށް އެއްޗެއް ލާން ކަމުދާ ކަހަލަ “ކަޑަ”ގަނޑެއްހައި މިންވަރު ވެސް ނުފެނުނެވެ. އެހެންކަމުން ކެތްތެރި ވެލައިގެން ތިބީއެވެ. ގެނައި ލުއިކާނާއިން ބަނޑު ރުއްސޭތޯ ބަލަމުންނެވެ.

ބަނޑުހައި ވިޔަސް ކެތްކޮށްލެވިދާނެއެވެ. ރޯދައަށް ވެސް ތިބެނީތާއެވެ. އެހެންނަމަވެސް ދެން ކުރިމަތިލާން ޖެހުނީ، ކެތްކުރާން ދަތި ކަމަކާއެވެ. ކުޑަކަމަކު ފާޚާނާއަށް ވަންނަން މަޖުބޫރުކުރުވާން ފަށައިފިއެވެ. އަޅުގަނޑުގެ އަންހެން ދަރިފުޅަށް މި މަޖުބޫރު އަދި ވަކީން ބޮޑުވެއްޖެއެވެ. އެހެންކަމުން ފާޚާނާއެއް އަތުޖެހޭނެ ދިމާއަކާ ކައިރިކޮށްލުމަށް ޑުރައިވަރުގާތު ބުނެފީމެވެ. އޭނާ ބޯ ޖަހައިލުމަށްފަހު، ދިހަވަރަކަށް މިނެޓު ދުއްވާފައި ގޮސް، ފާޑަކަށް ހުރި ކެފޭއެއް ކަހަލަ ތަނެއް ކައިރިއަށް މަޑުކޮށްފިއެވެ. އެތަނުގައި ފާޚާނާ ހުންނާނޭ ބުނުމުން، ވޭނުން ފައިބައިގެން އެ ދިމާއަށް އަޅުގަނޑު ހިނގައިގެންފީމެވެ. ދަރިފުޅު ގޮވައިގެންނެވެ.

އެ ތަނަށް ވަނުމާއެކު، އެންމެ ފުރަތަމަ ވެސް ބޭނުންވީ، ވީ އެންމެ އަވަހަކަށް އެ ތަނުން ނިކުންނާށެވެ. އެތަން އޮތްލެއް މުޑުދާރުކަމުންނެވެ. ދުވާ ވަހުން މޭނުބައިކުރާ ގޮތް ވެސް ވިއެވެ. އެހެންނަމަވެސް، ދެ ބަޔަށް ބައިކޮށްފައި ހުރި އެ ތަނުގެ އެތެރޭ ބައިގައި، ފަސް ހަ މެންބަރުން ހިމެނޭ، ސިލޯނު ޢާއިލާއެއް، ހެނދުނުގެ ނަސްތާއަށް އިންސާފު ކުރަމުން ގެންދެއެވެ. އެ ތަނުގައި ހުރި ވޭޓަރެއްގެގާތުގައި، ފާޚާނާގެ ވާހަކަ އަހައިލުމުން ފާޚާނާއެއް ނެތް ކަމަށް ބުނެފިއެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ފާޚާނާއެއް ނެތްކަން ނަސީބެވެ. އެތަނުގައި އެ ހުރި މުޑުދާރުކަން، ފާޚާނާއެއް ހުރިނަމަ އެ ފާޚާނާގައި އަދި ވަކީން ބޮޑުވާނޭކަން ޔަޤީނެވެ. އެފަދަ ތަނަކަށް ދަރިފުޅު ވައްދައިގެން ފާޚާނާ ކުރުވާކަށް ހިތަކަށް ފަސޭހައެއް ނުވާނެއެވެ.

ލެއްވި ރަޙުމަތަށް ޝުކުރުކުރަމުން، “ވޭނުގައި ހުރެ” އެނބުރި އައިސްވޭނަށް އަރައިފީމެވެ. އެ ތަނުގައި ފާޚާނާއެއް ނެތްކަމަށް ޑުރައިވަރު ގާތު ބުނުމުން، އަނެއްކާ ވެސް ވޭން ދުއްވާލައިފިއެވެ. ދިހަ ވަރަކަށް މިނެޓު ދުއްވުމަށްފަހު، ގާތްގަނޑަކަށް ނުވައެއް ޖަހައި އެހައިކަންހާއިރު، ވަރަށް ރީތިކޮށް ހަދާފައި ހުރި ބޮޑު ރެސްޓޯރެންޓެއްގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. އެ ތަނުގެ ކުރިމަތީގައި މާގަސްތަކުން ފުރިފައި އޮތް، ވަރަށް ހިތްގައިމު މާބަގީޗާއެއް އޮތެވެ. ހިތަށް އުފާވެރިކަން ލިބޭ ކަހަލަ އެ މާބަގީޗާގެ ތެރެއިން ހިނގައިލާފައި ގޮސް ރެސްޓޯރަންޓަށް ވަދެއްޖައީމެވެ. އެ ތަނަށް ވަނުމާއެކު ބަނޑުހައިކަން އިހުނަށްވުރެ ވެސް ބޮޑުވެއްޖެއެވެ.

އެ ރެސްޓޯރެންޓުގައި ފިރިހެނުންނަށް ވަކި ފާޚާނާއެއް، އަންހެނުންނަށް ވަކި ފާޚާނާއެއް ހުއްޓެވެ. ފާޚާނާ ވެސް ސާފުވެފައި ތާހިރެވެ. ފާޚާނާގެ ކަންކަމުން އަވަދިވެގެން އައިސް، ބަނޑަށް އެއްޗެއް ލާނަމޭހިތައި ބެލިއިރު، ކަމުދާ ކަހަލަ ކާއެއްޗެއް ނެތެވެ.  މުޅިން ވެސް ހުރީ ދިވެހީންނާ ބީރައްޓެހި ކާނާއެވެ. ވޭނުގައި ތިބެތިބެ، ބޯ އަނބުރާފައި ތިބުމުގެ ސަބަބުން އެއިން އެއްޗެއް ކާކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން އެ ތަނުން ނިކުމެ، ބަގީޗާގައި ފޮޓޯނަގަން އިރުކޮޅަކު މަޑުކޮށްލާފައި، އަނެއްކާވެސް ގޮސް ވޭނަށް އެރީއެވެ.

ހައިކަން ބޮޑުވަމުން އަންނާތީއާއެކު، ދެން އެންމެ މުހިންމު ކަމަކަށްވީ ބަނޑަށް އެއްޗެއް ލުމެވެ. ރަނގަޅު ސަޔެއް ލިބޭ ކަހަލަ ތަނަކަށް ދިޔުމަށް، ޑުރައިވަރުގާތު ބުނެފީމެވެ. ޑުރައިވަރަކީ ވަރަށް ބަސްމަދު މީހެކެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ ނުބުނެއެވެ. އިސްރާފަށް އެންމެ ލަފުޒެއް ވެސް ބޭރުކޮށްނުލައެވެ. މި ފަހަރުވެސް ބޯ ޖަހައިލުން ފިޔަވައި އެހެންކަމެއް ނެތެވެ.

ޖައްވުގެ ފިނިކަން ހިނދެއް ހިނދަކަށް އަންނަނީ ގަދަވަމުންނެވެ. އެއިން އެނގެމުން އަންނަނީ ވޭނުގެ ފޮރޮޅު އަޅާ ކޮންމެ ބުރަކުން، އަހަރެމެން މައްޗަށް އުފުލެމުން ދާ ކަމެވެ. ދުރުން ފެންނާން ހުރި ފަރުބަދަތައް ފެންނަނީ ދުން ފިނީގެ ސަބަބުން ފުސްކޮށެވެ. ބައެއް ދިމަދިމާގައި، ވިލާގަނޑުގަނޑު އައިސް، އެހެރަ ބޮޑެތި ފަރުބަދަތަކާ ހަނގާކުރާތަން ވެސް ފެނެއެވެ.

މިޔުޒިޔަމް ކެފޭއިން ފިނިކަން

ގާތްގަނޑަކަށް ސާޅީހަކަށް މިނެޓުގެ ދުއްވުމަކަށްފަހު، ބުރިޖެއް ކަހަލަ ގޮތަކަށް ހުރި ތަނެއްގެ ކައިރިއަށް ވޭން މަޑުކޮށްލިއެވެ. އެތަނަށް ފޭބީ، “ވޯޓަރފޯލް” އެކޭ ޑުރައިވަރު ބުނުމުންނެވެ. އެހެންނަމަވެސް އެންމެނެއް ނުފައިބައެވެ. އަޅުގަނޑުގެ ކޮއްކޮ އިނީ ހޮޑުލައިލައި ވަރުބަލިވެފައި ކަމަށްވާތީ، އޭނާއެއް ވެސް ނުފައިބައެވެ. ފޭބީ އަޅުގަނޑުގެ ދެ ފިރިހެން ދަރީންނާއި ދަރިފުޅުގެ އެކުވެރިޔާގެ އިތުރުން އަޅުގަނޑުގެ އަންހެނުންނާއި ދެން ދިޔަ އަންހެން މީހާއެވެ. ފުރަތަމަ އެންމެންގެ ކަމަކަށް އޮތީ ފޮޓޯ ނެގުމެވެ. ދުރުދުރަށް ފެތުރިފައި އޮތް ދަނޑުބިންތަކާއި ދުރުން ފެންނާން ހުރި “ވޯޓަރފޯލް”އާއި ދުންބުރަބުރާ ހުރި އުސް ފަރުބަދަ ތަކެވެ. ވޯޓަރފޯލް ފެންނާން އޮތީ ވަރަށް ދުރުންކަމަށްވާތީ، މާ ބޮޑު ޝައުޤުވެރިކަމެއް އެ ދިމާއަށް ހުއްޓޭގޮތެއް ނުވިއެވެ.

އެނބުރި ވޭނަށް އަރަން ހިނގައިގަތުމާއެކު، އެތާ ކައިރީގައި ހުރި އިމާރާތަކީ ހޮޓަލެއް ނުވަތަ ކެފޭއެއްކަން އެނގިއްޖެއެވެ. އެތަނުގެ ބޭރުގައި “މިޔުޒިޔަމް ކެފޭ” ޖަހާފައި އޮތުމުންނެވެ. އެތަނުން ލިބެން ހުރި ބައެއް ތަކެތީގެ ނަންތައް ވެސް ބޯޑެއްގައި ލިޔެފައި ހުއްޓެވެ. އެ ބޯޑު ފެނުމާއެކު ހައިކަމުގެ އިހުސާސް ވަކީން ބޮޑުވެއްޖެއެވެ.

އެއީ ބިމުން މައްޗަށް އެންމެ ބުރިއެއް ހުރި އެހެނަސް އަޑިއަށް އިތުރު ދެ ބުރި ހުރި، ތިން ބުރީގެ އިމާރާތެކެވެ. ދެވަނަ ބުރީގައި ހުރީ ކުޑަވަރެއްގެ ދާރުލްއާސާރެކެވެ. ލަންކާގެ “މޮޑެލް”އަކާއި ބައެއް ކަހަލަ އާސާރީ އެއްޗެހި އެތަނުގައި ހުއްޓެވެ. އެންމެ ތިރީގައި ހުރީ ކެފޭއެވެ. ދާރުލްއާސާރުގައި ހުރި ތަކެތި ބަލައިލުމަށްފަހު، ދެން ދިޔައީ ކެފޭއަށެވެ. އެތަނަށް އަޅުގަނޑުމެން ވަދެ، ހެދިކާއާއި ފުރެޝް ޖޫހުން ހައިކަން ފިލުވައިލައިގެން އަނެއްކާވެސް އެރީ ވޭނަށެވެ.

ނިއުޒިލޭންޑު ފަރމް ގާރޑަންއިން ކުރެވުނު ތަޖުރިބާ

ވޭނުގެ ދަތުރު ފެށުނީއެވެ. މިފަހަރުގެ މަންޒިލަކީ “ނިއުޒިލޭންޑު ފަރމް ގާރޑަން”އެވެ. އެއީ ޑުރައިވަރު މާ ބޮޑަށް މަޝްހޫރު ކުރި ތަނެކެވެ. ވަރަށް ފައްކާ ތަނެކޯލައެވެ. އޭނާ ނަންކުރި ވަރުން އަޅުގަނޑުމެން ވެސް ހަމަ ކޮންމެހެން އެތަނަށް ދާން ބޭނުންވީއެވެ. މެންދުރުގެ ކެއުން އެތަނުން ނިންމާލަށް ޤަސްދުކުރީ، އެތަނުގައި ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ވެސް ހުރި ވާހަކަ ބުނުމުންނެވެ.

ޑުރައިވަރު ނަންކުރި “ނިއުޒިލޭންޑު ފަރމް ގާރޑަން” އާ ހަމައަށް ފޯރިއިރު، އެގާރަގަޑި ސާޅީސް ހަތެކެވެ. ޓްރެފިކްގެ މާ ބޮޑު އުނދަގުލެއް ނެތި ކުރަމުން އައި ދަތުރެއް ނަމަވެސް، މިހައި ހިސާބުން އެ އުނދަގުލާ ކުރިމަތިލާން ޖެހުނެވެ. ފަރމަށް އައިސް އުޅޭ މީހުންނާއި އަންނަމުން ދިޔަ މީހުންގެ އުޅަނދުތައް ގިނަކަމުން، މަގު އޮތީ ފުރި ބާރުވެފައެވެ. ބޮޑެތި ބަސްތައް ވެސް މި ތާށިގަނޑުގެ ތެރޭގައި މެހިފައި ހުއްޓެވެ.

ކޮޅަކުން ކޮޅަކަށް ގުޑާނުލެވި، ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓު ވޭނުގައި ތިބެން ޖެހުނެވެ. ކޮންމެވެސް ވަރަކަށް މަގަށް ލުޔެއް ލިބި، ވޭނަށް ފިރުކިލެވޭވަރު ވުމުން، ޑުރައިވަރު ބުނީ ވޭނުން ފޭބުމަށެވެ. އޭރު އެ ފަރމް އޮތީ ފަންސާހަކަށް ފަސްދޮޅަހަކަށް ފޫޓު ދުރުން ފެންނާށެވެ. ވޭނުގައި އެހިސާބަށް ދާންވެއްޖެ ނަމަ، އެތައް ވަގުތެއް ނަގާނެތީ، ޑުރައިވަރު ނިންމީ، ހިނގާފައި އެހިސާބަށް ދިޔުމަށެވެ. ޑުރައިވަރު އިނީ ވޭނުގައެވެ.

އަޅުގަނޑުމެން އެންމެން ވޭނުން ފައިބައިގެން، ފަރމާ ދިމާއަށް ހިނގައިގަތީމެވެ. އެއީ ޤުދުރަތީ ރީތިކަމާއި ފެހިކަމުން މުއްސަނދިވެފައިވާ ހިތްގައިމު ބަގީޗާއެއް ފަދަ ތަނެކެވެ. އެ ދިމާއަށް ދާން އޮތް ފަނަރަވަރަކަށް ފޫޓު ފުޅާ މަގުގެ ދެ ފަރާތުގައި ބޯކޮށް ވިނަ ހެދިފައި އޮތްއިރު، ވިނަގަނޑުގެ ބިތްދަށުން ފެންނާން ހުރީ ފަންސާހަކަށް، ފަސްދޮޅަހަކަށް ފޫޓަށް ހެދިފައި ހުރި ދިގު ފިތުރޯނު ގަސްތަކެވެ. މަގުގެ ކަނާތް ފަރާތުގައި، ފައްޗަކަށް ކާރުތައް ޕާކުކޮށްފައި ހުއްޓެވެ. ދުރުން ފެންނާން ހުރީ ފަރުބަދަތަކެވެ. އުޑުމަތި ސާފުވެފައި އަވިގަދައެވެ. އެ އަވިން ހަށިގަނޑަށް ލިބެނީ، އަދަޔާޚިލާފު އަރާމެކެވެ. ޖައްވުގައި ހިފާފައި ހުރި ފިނިކަމާއި ހޫނު އެކުވުމުން، ހަށިގަނޑު އެއަށް ދެވިހިފި ކަހަލައެވެ. އެހެންނަމަވެސް ނޭފަތަށް އުނދަގޫވާ ޒާތުގެ ވަހެއް އައިސް މުޅި ހަށިގަނޑު ވަށާލައިގެން އުޅޭކަން އިހުސާސް ކުރެވޭން ފަށައިފިއެވެ.

މަގު އޮތްގޮތަށް އެންމެން އެކުގައި ކުރިއަށް ދިޔައީމެވެ. މީހުންގަނޑުގެ ތެރެއިން ފުރޭނެމުން، ފޮޓޯ ނަގަމުން މަންޒަރުތައް ބަލަމުންނެވެ. އެތަނުން ފެންނާން ހުރި ގަސްތަކާއި، ފެހި ދަނޑުތައް ވަރަށް ރީއްޗެވެ. އެކި ކުލަކުލައިގެ މާގަސްތައް ވަރަށް ހިތްގައިމެވެ. މިވަރުން ފުއްދައިލާނަމެވެ. އެހެންނަމަވެސް ދުވާ ނުބައިވަހުގެ “ވޭން” ހިނދެއް ހިނދަކަށް އަންނަނީ ބޮޑުވަމުންނެވެ. މި ދުވަނީ ކޮން ދިމާއަކުން އަންނަ ކޮން ވަހެއްކަމެއް އޭރަކު އަދި ނޭނގެއެވެ.

ފާރމަށް ވަންނާން ހުރި ދޮރާ ހަމައަށް ފޯރައިފިއެވެ. އެތަނަށް ވަދެވެނީ ޓިކެޓު ނަގައިގެންކަން އެނގުނީ، އެ ހިސާބަށް ދެވުމުންނެވެ. ޓިކެޓްގެ އަގު ހުރީ، ލަންކާ މީހުންނަށް 100 ރުޕީސް އަށެވެ. އެހެން ގައުމެއްގެ މީހެއް ނަމަ، ދުއިސައްތަ ރުޕީސްއަށެވެ. ބާރަ އަހަރުން ދަށުގެ ކުދީންނަށް، 100 ރުޕީސް އަށެވެ. އަޅުގަނޑުމެން އެންމެންނަށް ވަދެވުނީ 1900 ރުޕީސް ދީފައެވެ. އޭރު އެންމެން ވެސް ތިބީ ބަނޑުހައިވެފައެވެ. “މިޔުޒިޔަމް ކެފޭ” އިން އެއްޗެއް ނުބޮއި ތިބި މީހުންގެ ހާލު އަދި ވަކީން ބޮޑެވެ.

ފާރމަށް ވަންއިރު ދޮރާއްޓާ ސަތޭކަ ވަރަކަށް ފޫޓު ދުރުން، ތަންކޮޅެއް ބޮޑެތިކޮށް ހަދާފައި ހުރި ތިން ހަތަރު އިމާރާތެއް ފެންނާން ހުއްޓެވެ. އަޅުގަނޑުމެން އެކި ދިމަދިމާއަށް ބަލަމުން، ފޮޓޯ ނަގަމުން، މަގު ހުރިގޮތަށް ދިޔައީމެވެ. މީހުން ފުރި ތޮއްޖެހިފައި އޮތް އެ މަގުގެ ދެ ފަރާތުގައި ވެސް، ދުރުދުރަށް ދާންދެން ފެންނާން ހުރީ ފެހިކަން ގަދަ ވިނަބިންތަކާއި ދަނޑުބިންތަކެވެ.

ކުރިއަށް ދިޔަ ވަރަކަށް ދުވާ ނުބައި ވަސް އަންނަނީ ގަދަވަމުންނެވެ. ނޭފަތް ޚަރާބުކުރަމުން މި ގެންދަނީ ކޮން ވަހެއްކަން، ވަކި ހިސާބަކަށް ދެވުމާއެކު، އެނގިއްޖެއެވެ. އެއީ ގެރިގެންގުޅޭ ފާމެކެވެ. ދުވާ ނުބައި ވަހުގެ އަސްލަކީ އެއީއެވެ. ހަތްދިހަ އަށްޑިހަ ފޫޓު ދިގު، ބޮޑެތި ހަރުގެ ކަހަލަ ތަންތަން ފުރި ބާރުވެފައިވަނީ އެކި ވަރުވަރުގެ، އެކި ކުލަކުލައިގެ ގެރިންނެވެ. ބައެއް މީހުން އެތަންތަނަށް ވަދެ ފޮޓޯ ނަގަމުން ގެންދާތަން ވެސް ފެނެއެވެ. އަޅުގަނޑުމެންނަށް އެތަނާ ކައިރިވާކަށް ނުކެރުނެވެ. ވަސް ގަދަވެފައި، މޭ ނުބައި ކުރިލެއް ބޮޑުކަމުންނެވެ. އެހެންކަމުން ޤަސްދުކުރީ، އެއްޗެއް ކައިލުމަށް ޓަކައި ރެސްޓޯރަންޓަށް ވަންނާށެވެ. ޑުރައިވަރު ބުނިގޮތުން ނަމަ، މިތަނުގެ ކޮންމެވެސް ހިސާބެއްގައި ރެސްޓޯރަންޓެއް ވެސް ހުންނާނެއެވެ. އެތަނުން މީހެއްގެ ގާތު ރެސްޓޯރެންޓު ކޮބައިތޯ އަހައިލުމުން ދެއްކީ ދުރުން ފެންނާން ހުރި އެހެން ދެތިން އިމާރާތެކެވެ.

މަޑުމަޑުން ހިނގަމުން އެހިސާބަށް ދިޔައިރު، އެ ތަނުން ވެސް ފެނުނީ ގެރިކޮށްޓެވެ. އެ ތަނުން ގެރިކޮށްޓެއްގެ ކުރިމަތީގައި ދެ ކެފޭއެއް ހުއްޓެވެ. އެއް ކެފޭއިން ތަފާތު ވައްތަރުގެ ބުއިންތައް ލިބެން ހުރެއެވެ. އަނެއް ކެފޭ ޚާއްޞަކޮށްފައި ވަނީ ތާޒާ ގެރިކިރަށެވެ. އެއިން ކޮންމެ ތަނެއްވެސް އޮތީ މީހުންތަކުން ފުރި ބަންޑުންވާން ކައިރިވެފައެވެ. ދުވާ ނުބައި ވަހުގެ ސަބަބުން، އެތަނުގައި ތިބެ އެއްޗެއް ކެއުމަކީ ވެވޭވަރުގެ ކަމަކަށް އެކަކަށް ވެސް ނުވިއެވެ. އެހެންކަމުން އެންމެންނަށް އެއްބަސް ވެވުނީ އެނބުރި އައިކޮޅަށް ހިނގައިގަންނާށެވެ.

ނުނިމޭ

Readers Comments (22)

  1. For newest news you have to visit internet and on web I found this web site as a most
    excellent website for most up-to-date updates.

    Reply
  2. As I website owner I believe the articles here is real good, thank
    you for your efforts.

    Feel free to visit my blog: Keto Success Advanced Weight Loss

    Reply
  3. The chart above shows the share breakdown of cellular syncing choices
    throughout all Health Trackers on SpecOut.

    Reply
  4. Hi there, I found your web site by means of Google whilst looking for a comparable subject, your web site got here up,
    it appears good. I have bookmarked it in my google bookmarks.

    Hello there, simply was alert to your weblog via Google, and located that it’s really informative.
    I am gonna watch out for brussels. I will be grateful for those who proceed this in future.
    Lots of other folks shall be benefited out of your writing.

    Cheers!

    Reply
  5. Hey! This post could not be written any better!

    Reading through this post reminds me of my old room mate!
    He always kept talking about this. I will forward this post
    to him. Pretty sure he will have a good read.

    Many thanks for sharing!

    Reply
  6. Hello, its fastidious article concerning media print, we all understand media is a impressive source of information.

    Reply
  7. Right now it seems like WordPress is the best blogging platform available right now.
    (from what I’ve read) Is that what you’re using on your blog?

    Reply
  8. Very good info. Lucky me I recently found your site by accident
    (stumbleupon). I have saved as a favorite for later!

    Reply
  9. I really like your blog.. very nice colors & theme.
    Did you design this website yourself or did you hire someone to do it for you?
    Plz answer back as I’m looking to construct my own blog and would like to find out where u got this
    from. thanks

    Reply
  10. Magnificent beat ! I wish to apprentice while you amend your website, how can i subscribe for a blog
    web site? The account aided me a appropriate deal. I had been tiny bit familiar
    of this your broadcast offered brilliant transparent concept

    Reply
  11. Thanks for finally talking about > ނުވަރަ އެލިޔާ (ނޫރަލިޔާ)
    އަށް ކުރެވުނު [ފެން] ދަތުރު- 2 – Mohamed Gasim < Liked it!

    Visit my page Cn.singaporego.net

    Reply
  12. What’s Happening i’m new to this, I stumbled upon this I have found It absolutely helpful and it has helped me out loads. I am hoping to give a contribution & help different customers like its aided me. Good job.|

    Reply
  13. A motivating discussion is definitely worth comment. I do think that you
    ought to write more on this topic, it may not be a taboo subject
    but generally folks don’t discuss such subjects.

    To the next! Cheers!!

    my web site … 바카라사이트추천

    Reply
  14. Very interesting details you have noted, appreciate it for posting.

    Here is my website :: Hugh

    Reply
  15. You can certainly see your skills in the work you write.
    The arena hopes for more passionate writers such as you who are not afraid to
    say how they believe. Always go after your heart.

    My web-site; Paint For Kitchen Cupboards

    Reply
  16. Hello it’s me, I am also visiting this website daily, this website is truly pleasant and the people are really sharing good thoughts.|

    Reply
  17. That is a really good tip particularly to those fresh to the blogosphere. Simple but very accurate information… Appreciate your sharing this one. A must read post!|

    Reply
  18. Hello, just wanted to tell you, I liked this article. It was funny. Keep on posting!|

    Reply
  19. Fantastic items from you, man. I’ve be mindful your stuff previous to and you’re simply extremely excellent. I really like what you have acquired here, really like what you’re saying and the way in which you assert it. You make it entertaining and you still take care of to stay it wise. I cant wait to learn much more from you. That is really a wonderful site.|

    Reply
  20. I have been surfing online more than three hours these days, but I never found any interesting article like yours. It is pretty price enough for me. In my opinion, if all webmasters and bloggers made excellent content as you probably did, the net will probably be a lot more helpful than ever before.|

    Reply

ޚިޔާލު