ހަގީގީ ރިކައުންޓް (ހާދިސާ)

ހއ. ފުސްދޫ އިރަމާދޯޏަށް ކުރިމަތިވި ކަނޑުމަތީގެ ހާދިސާ

މާލެއިން ފުރައިގެން ރަށަށް ދިޔުމަށް ޓަކައި ހއ. ފުސްދޫ، އިރަމާދޯނިން އަޅުގަނޑު ކުރި މި ދަތުރަކީ، ކަނޑުމަތީގެ ވަރަށް ނުރައްކާތެރި ހާދިސާއެއް ތަޖުރިބާކުރާން ޖެހުނު ދަތުރެކެވެ. އިރަމާ ދޯނި ބަރަވެލި ކަނޑަށް ބަންޑުންޖަހައިލި މި ހާދިސާގައި ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. 15 ޑިސެންބަރު 2025 ވީ އާދީއްތަ ދުވަހު ހިނގި މި ހާދިސާއަކީ، ވިއްސާރަވެ ކަނޑު ގަދަވުމާ ގުޅިގެން ކުރިމަތިވި ހާދިސާއެކެވެ.

ހއ. އަތޮޅުގެ އެތައް ރަށެއްގެ ވިޔަފާރި މުދާ އަރުވައި ބަރުކޮށްގެން، 10 މީހުންނާ އެކު، އިރަމާ ދޯނި މާލެއިން ފުރީ އެ ދުވަހުގެ ހެނދުނު ހަތެއްޖަހައި އެހައިކަންހައި އިރުއެވެ. އެ ދުވަހަކީ އުޑުމަތި ބަނަ، ވިއްސާރަ ދުވަހެކެވެ. “ރައްކާވެ ތިބިއްޔާ ދަތުރޭ” ބުނެބުނެ އޮއްވާ، ގޮތްދޫނުކޮށް ކައްޕި ފެށި މި ދަތުރު، ގަދަ ކޮޅިގަނޑެއްގައި ޖެހުނީ، މެންދުރުން އަނބުރައި ދޭއްޖަހައި އެހައިކަންހައި އިރު، ބަރަވެލިކަނޑުގެ މެދުގައި އޮއްވައެވެ. ބޯ ވާރެއާއި ބިޔަ ރާޅުތަކުގެ ގައިދުގައި އޮތް ދޯނީގެ ދެ ފަރާތުން ރާޅު އަރާންފެށުމުން، ފަޅުވެރީން އަވަސްވެގަތީ، ދޯނީގައި ހުރި ލަކުޑި ބެރިތަކާއި ސިމެންތި ބަސްތާތައް ފަދަ ބަރު މުދާތައް ދޯނިން ބޭރުކުރުމަށެވެ.

މި މަސައްކަތުގައި ފަޅުވެރިން އުޅެއުޅެ ތިއްބާ، ކުއްލިއަކަށް އުފުލައިލި ބިޔަ ރާޅަކާ އެކު، ދޯނި ބަންޑުންޖަހައިލިއެވެ. ބޯކޮށް ވެހެމުން ދިޔަ ވާރެއާއި ނަގަމުން ދިޔަ ބޮޑެތި ރާޅުތަކަށް ބެލުމެއް ނެތި، އަޅުގަނޑުމެން އެންމެން މަސައްކަތްކުރީ، ފުރާނަ ސަލާމަތްކުރެވޭތޯއެވެ. އޮޔަށް ބެހެމުން ދިޔަ މުދާތަކާ ދިމާއަށް ކަރުނައާ އެކު ބަލަން ތިބެއެވެ. އެހެން ތިބާ އިރުކޮޅަކުން ވާރޭ ތުނިވެ، ވައިމަޑުވާން ފަށައިފިއެވެ. ރާޅުތައް ވެސް މައިތިރިވާން ފަށައިފިއެވެ. އެހައި ހިސާބުން އަޅުގަނޑުމެން އެރީ ބަންޑުންޖަހާލައިފައި އޮތް ދޯނީގެ ބަނޑުފިލާ މައްޗަށެވެ. އޭރު އަސުރުން އިރު ތިރިވެ، ފަހެއް ޖެހުމާ ދާދި ކައިރިވެއްޖެއެވެ.

އެންމެން ދުޢާކޮށްލަކޮށްލާ ތިބޭތާ ގަޑިއެއްހައި އިރު ވީފަހުން، އެހެން ދިޔަ، ކެލާ ބޯޓަކަށް މި މަންޒަރު ފެނިގެން އައިސް އަޅުގަނޑުމެންނާ ކައިރިކުރިއެވެ. އޭރު އަޅުގަނޑުމެން ތިބީ، ރާޅުތަކާ ހަނގުރާމަކޮށްކޮށް ވަރުބަލިވެ، ގައިން ވަރުދޫވެފައެވެ. އެހެންކަމުން، ކެލާ ބޯޓު މީހުން ވަގުތުން ކޯސްޓްގާޑަށް ގުޅިއެވެ. ގުޅިތާ ފަނަރަވަރަކަށް މިނެޓް ތެރޭގައި ކޯސްޓްގާޑު އަތުވެއްޖެއެވެ. އަދި އަޅުގަނޑުމެން ގޮވައިގެން ކުޅުދުއްފުށްޓާ ދިމާއަށް މިސްރާބުޖެހިއެވެ. އިރަމާ ދޯނި، ކެލާ ބޯޓު މީހުންނާ ހަވާލުކޮށްފައެވެ. 

ﷲގެ ހެޔޮ ރަހުމަތާ އެކު، ކުޅުދުއްފުށީ ރީޖަނަސް ހޮސްޕިޓަލުން ކުރެވުނު ފަރުވާއިން އެންމެންގެ ފުރާނަ ސަލާމަތްކުރެވުނެވެ. އެހެންނަމަވެސް އެތައް ލައްކަ ރުފިޔާއެއްގެ މުދާ ކަނޑުވެ، އިރަމާ ދޯންޏަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ލިބުނު ހިތާމަ ކުޑައެއް ނޫނެވެ.

ގިނަ ފަހަރު މި ފަދަ ނުރައްކާތެރި ހާދިސާތައް ކުރިމަތިވަނީ ރައްކާތެރިވުމަށް އަޅާންޖެހޭ ފިޔަވަޅުތައް، އެންމެ އެދެވޭގޮތަށް ނޭޅުމުންނެވެ. އިރަމާ ދޯންޏަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާގެ އަސްލަކީ ވެސް މިއެވެ.

Readers Comments (2)

  1. Found this site through a friend and I am glad I did. The rewards system is very motivating. Give phjilibbcom a try!

    Reply
  2. I was looking for a reliable place to grab the latest APKs and this site really delivered. The download speed is impressive and everything works perfectly. Definitely checking out in7apkdownloadin again soon!

    Reply

ޚިޔާލު