ހަގީގީ ރިކައުންޓް (އިވެންޓް)

ޗ. އަހިދޫ ސްކޫލުގެ ސީނިއަރ ޕޯސްޓަށް ހޮވުނު ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު

ޗ. އަހިދޫ ސްކޫލުގެ ސީނިއަރ ޕޯސްޓަށް ހޮވުނު ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ 22 ޑިސެންބަރު 2025 ވީ އާދީއްތަ ދުވަހުގެ ރޭގަނޑު، އެ ސްކޫލު ހޯލުގައެވެ. އަހިދޫ ކައުންސިލްގެ ރައީސް ޝަރަފުވެރިކޮށްދެއްވި މި  ރަސްމިއްޔާތުގައި، އެ ސްކޫލުގެ ޕްރިންސިޕަލާއި ލީޑިން ޓީޗަރުންނާއި މުދައްރިސުންގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވިއެވެ.

ޝަރަފުވެރިމެހެމާނާއި އިސްބޭފުޅުން ވަޑައިގަތުމާ އެކު، 8:15ގައި ރަސްމިއްޔާތު ފެށީ، ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. ގުރުއާން ކިޔެވީ، ގްރޭޑް 10ގެ ދަރިވަރު އަލީ ރަޝީދެވެ. އެއަށްފަހު ރަސްމިއްޔާތު ތަޢާރަފުކުރެއްވީ، ސްކޫލުގެ ލީޑިންގ ޓީޗަރ ހުޝާމާ ފަތުހީއެވެ. ހުޝާމާގެ ވާހަކަ ފެއްޓެވީ، ސީނިއަރ ޕޯސްޓަށް ހޮވުނު ހުރިހައި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އެއަށްފަހު ރަސްމިއްޔާތު ކުރިއަށް ދާނޭގޮތުގެ ކުރު ޚުލާސާއެއް އޭނާ ދެއްވިއެވެ.

ދެން އޮތީ މި ރަސްމިއްޔާތުގެ އެންމެ ޚާއްޞަ ނަންބަރެވެ. އެއީ ސްކޫލުގެ އެކިއެކި މަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް ބެޖް ހަވާލުކުރުމާއި ސޭޝް އެޅުވުމެވެ. އަދި ސްކޫލުގެ ކެޕްޓަނާއި ހައުސް ކެޕްޓަނުންނަށް ދިދަ ހަވާލުކުރުމެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެވެ.

މި ހަރަކާތަށް ފަހު އޮތީ، ސްކޫލުގެ އެކިއެކި މަޤާމުތަކަށްހޮވުނު ދަރިވަރުން ހުވާކުރުމެވެ. މިކަމަށް ޓަކައި ހުރިހައި ދަރިވަރުން އިސްޓޭޖަށް އަރައި، އޯޑިޔަންސާ ކުރިމަތިލައި އެތުރެލުމުން، ހުވާލައިދެއްވީ، ސްކޫލުގެ ލީޑިން ޓީޗަރ މިންނާ ފާރޫޤެވެ. މި ހުވާގައި ސްކޫލުގެ ގަވާއިދުތަކަށް ބޯލަނބައި، އަމާނާތްތެރިކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް، ހުރިހައި ދަރިވަރުން އިގުރާރުވެ ހުވާކުރިއެވެ.

މި އައިޓަމަށްފަހު، ލީޑަރޝިޕްގެ މުހިންމުކަމާއި އިސް ދަރިވަރުންގެ މަސްއޫލިއްޔަތާއި ޒިންމާގެ މައްޗަށް އަލިއަޅުވާލައްވައި ވަރަށް އަގުހުރި ވާހަކަކޮޅެއް ޝަރަފުވެރި މެހެމާނު ދެއްކެވިއެވެ. ދެން ވާހަކަދެއްކީ އަލަށް ކެޕްޓަނަކަށް ހޮވުނު ދަރިވަރު، ފަރުހާދު ނަސީމެވެ. އޭނާގެ ޓީމާ އެކު ކުރިއަށް އޮތް އަހަރު ކުރަން ގަސްދުކުރާ ކަންކަމުގެ މައްޗަށް، ވަރަށް ފުރިހަމައަށް ވާހަކަދެއްކިއެވެ. އަދި އެ މަގާމަށް އޭނާ ހޮވައިދިން ކަމަށް ޓަކައި ސްކޫލުގެ މެނޭޖުމަންޓަށާއި މުދައްރިސުންނަށާއި ދަރިވަރުންނަށް ޝުކުރުއަދާކުރިއެވެ.

އެންމެ ފަހު އައިޓަމަކަށް އޮތީ، ޝުކުރުދެންނެވުމެވެ. މި އައިޓަމް ފުރިހަމަކޮށްދިނީ، ސްކޫލުގެ ހެޑް ޕްރިފެކްޓް އަލީ އިހުސާނެވެ. ރަސްމިއްޔާތު ނިމުނީ 9:15ގައި ސްކޫލް ބޭންޑާ އެކު ކުޅެވުނު ސްކޫލު ލަވައިންނެވެ.

އަހިދޫ ސްކޫލުގެ ސީނިއަރ ޕޯސްޓަށް ހޮވުނު ދަރިވަރުން ހުވާކުރުމުގެ މި ރަސްމިއްޔާތުގެ ހުރިހައި ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ ދަށުންނެވެ. އެހެންކަމުން މި ރަސްމިއްޔާތު ވެގެންދިޔައީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް  ލިބުނު އުފާވެރި ރަސްމިއްޔާތަކަށެވެ.

Readers Comments (3)

  1. Winning feels so much better here. The promotions are actually attainable and not just bait. I am sticking with phpanalo777 from now on.

    Reply
  2. Love the variety of slots available here. It’s rare to find a place as fair as idbatikslot. Keep it up!

    Reply
  3. Great vibes and an awesome collection of slots. I spend most of my free time exploring phtaya07 now.

    Reply

ޚިޔާލު