މަންމާ…!
ގަދަނިދީގައި އޮތް ޒުނޭރާ ސިހުނީ، އޭނާގެ އެގާރަ މަހުގެ ފިރާޝްގެ ރޮއިލި އަޑަށެވެ. މެންދަމުގެ ހަމަހިމޭންކަން ކަފައި ކުދިކުދިކޮށްލާ ފަދަ، ގަދަ އަޑަކަށް ނުވިނަމަވެސް، އޭނާއަށް ލިބުނު ސިހުމާއެކު ފުންމައިގެން ތެދުވެވުނެވެ. ދަރިފުޅު ނިންދަވާފައި، ހަށިގަނޑު ދަމައިލާން އޮށޯވެލިތާ އަދި ވިއްސަކަށް…