އަހަރެންގެ ހަޔާތުގެ ޞަފުޙާތައް:
ލިޔުނީ: މުހައްމަދު ޤާސިމް އަހަރެންނަކީ ހަތަރެސްފައި ޖެހި ޖަނަވާރުގެ ގިންތިއަށް އުފަންވެފައިވާ ޖަނަވާރެކެވެ. މާ ހައިބަތު ބޮޑު ނޫން ނަމަވެސް ހައިބަތު ކުޑަ ކަމަކަށް އެއްބަސްވާކަށް ނެތީމެވެ. އެންމެ ދެ އަކުރުގެ ނަމަކުން އަހަރެންނަށް ނަންކީ ނަމަވެސް، އަހަރެމެންގެ އުޅުމާއި މިޒާޖުގައި…