އޮޓޯބައޮގަރްފީ

ކުރެހުމުގެ ފަންނުގައި އަޅުގަނޑު

ހޭލައިގަތީއްސުރެ ކުރެހުމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އަޅުގަނޑު (މާހިރު އަލީ، ފުސްވިލާގެ / ލ. ފޮނަދޫ) އަކީ، ލ. ފޮނަދޫ ފުސްވިލާގޭ އަލީ ނާފިޒަށާއި، ހަމަ އެ ރަށު ކުދިބަތްގޭ ރުޤިއްޔާ ޙަސަނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. 1980ވަނަ އަހަރު މޭމަހު 19ވަނަ ދުވަހު ދުނިޔެއަށް އުފަންވެފައިވާ އަޅުގަނޑަކީ، އަޅުގަނޑުގެ މައިންބަފައިންނާއި އާއިލާގެ މީހުން ބުނާ ގޮތުގައި، އުފެއްދުންތެރި ވިސްނުމެއް ހުންނަ، ސަކަ މިޒާޖެއްގެ މީހެކެވެ.

ރަށު މަދަރުސާގެ ގުރޭޑް 1އަށް އަޅުގަނޑު ވަނީ އުމުރުން 6 އަހަރުގައެވެ. އަޅުގަނޑުގެ ބައްޕައަކީ އަމިއްލަ ޝައުޤެއްގެ ގޮތުގައި ކުރެހުމުގެ މަސައްކަތްކުރާ މީހެއްކަމުން، ބައްޕަ ކުރަހާފައި ހުންނަ ރީތި ކުރެހުންތަކުން ގޭގެ ފެންޑާތެރެ ޒީނަތްތެރިކޮށްފައިވާ ތަން އެންމެ ތުއްތު އުމުރުން ފެށިގެން ވެސް، އަޅުގަނޑަށް ފެނެއެވެ. އެހެންކަމުން ކުރެހުމުގެ މަސައްކަތަށް އުފެދުނު ޝައުޤުވެރިކަމާ އެކު، ބައްޕަގެ ފިޔަވަޅުމަތީގައި ފިޔަވަޅުއެޅޭތޯ އަޅުގަނޑު މަސައްކަތްފެށީމެވެ.

ގްރޭޑް 10އާ ހަމައަށް ކިޔަވައި 1996ވަނަ އަހަރު، އަޅުގަނޑު އޯލެވެލް ނިންމާލީ، އެއްވެސް ގްރޭޑެއްގައި ދެ އަހަރު އުޅުމުގެ ބުރަ ނޫފުލައެވެ. އޯލެވެލްގައި ލިބުނު ކާމިޔާބާ އެކު، ކުރެހުމުގެ ދާއިރާއިން ލިބުނު 3 އަހަރުދުވަހުގެ ކޯހެއްގައި 1998ވަނަ އަހަރު އަޅުގަނޑު މެޑްރާހަށް ފުރީ، ކުރެހުމުގެ ފަންނުން މޮޅު މީހަކަށްވުމުގެ މަތިވެރި އަޒުމުގައެވެ. 2001ވަނަ އަހަރު އެނބުރި ރާއްޖެއަށް އައީ، ކުރެހުމުގެ ފަންނުން، ފުރަތަމަ ޑިގްރީ ހާސިލް ކޮށްގެންނެވެ. އަދި އަޅުގަނޑުގެ ފިހިން ކުރެހުމުގެ ދިވެހި ޖައްވުގައި ރަންކުލަ ޖެއްސުމުގެ މަތިވެރި އަޒުމުގައެވެ.

މި އުފާވެރި އަހަރު ވެގެންދިޔައީ، އަޅުގަނޑުގެ ހަޔާތަށް އައި، ވަރަށް ހިތާމަވެރި އަހަރަކަށެވެ. ކުއްލި ގޮތަކަށް އަޅުގަނޑުގެ ބައްޕަ ދުނިޔެ ދޫކުރުމުގެ ސަބަބުންނެވެ. އެހެންކަމުން ހަމަ އެ އަހަރު މަންމަ ގޮވައިގެން އަޅުގަނޑު މާލެއަށް ބަދަލުވެ، 2002ވަނަ އަހަރު ޖަނަވަރީމަހު، މާލޭގައި “ފައިން އާޓްސް ގެލެރީ”ގެ ނަމުގައި ފަތުރުވެރިކަމަށް ޚާއްޞަކޮށް، އިސްޓޫޑިއޯއެއް ހުޅުވައިގެން ކުރެހުމުގެ މަސައްކަތް ފެށީމެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ފަތުރުވެރިކަމުގެ ސިނާޢަތަށް އަޅުގަނޑުގެ އިސްޓޫޑިއޯގެ އަލިކަން، ފޯރައި، އެތައް ބަޔެއްގެ ޝައުޤުވެރިކަމުގެ ކަޅި، އަޅުގަނޑުގެ މަސައްކަތަށް ހުއްޓުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ރާއްޖޭގެ އެތައް ރިސޯޓަކުން މަސައްކަތްތައް ލިބެންފެށުމެވެ.

އަޅުގަނޑުގެ މަސައްކަތް އެތައް ބަޔަކު ބަލައިގަތްކަމީ، މި މަސައްކަތުގައި ކުރިއަށް ދިޔުމަށް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެ ހިތްވަރުގައި ކުރެވުނު މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2010 ވަނަ  އަހަރު އަޅުގަނޑުގެ މަސައްކަތް ވަނީ، ރާއްޖޭގެ ކަނޑުއޮޅިތައް ގިރާކޮށް، އަވަށްޓެރި ގައުމުތަކަށް ޒިޔާރަތްކުރަން ފަށާފައެވެ.

އަޅުގަނޑުގެ ކުރެހުމުގެ މަސައްކަތުގެ އަގު ވަޒަންކޮށް، 2012ވަނަ އަހަރުގެ ޒުވާނުންގެ ދުވަހު، ދިވެހި ސަރުކާރުން އަޅުގަނޑަށް ދެއްވި ޒުވާނުންގެ އިނާމަކީ، މަސައްކަތް އިތުރަށް ފުޅާކުރަން އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

2007 ވަނަ އަހަރު ފެބުރުވަރީމަހު، މ. ނަލަވިލާ، ޝަފީނާ އިސްމާޢީލާ އެކު، ޒަވާޖީހަޔާތެއް ފަށައި، މިހާރު 2 ފިރިހެން ކުދިން އަޅުގަނޑަށް ވަނީ ލިބިފައެވެ. މިއަދު ވެސް މި މަސައްކަތުގައި ވަރުބަލިކަމެއް، ފޫހިކަމެއް ނެތި ހަރަކާތްތެރިކަމުން އަންނަ އިރު، އަޅުގަނޑުގެ އެންމެ ބޮޑު ހުވަފެނަކީ، އަޅުގަނޑުގެ ކުރެހުންތައް ހިމަނައިގެން، ރާއްޖޭން ބޭރު ގައުމެއްގައި މައުރަޒެއް ބޭއްވޭނެ ދުވަހެއް ފެނުމެވެ.

Readers Comments (10)

  1. Ong this fire

    Reply
  2. 🔥 ހެއްސަ ޓަފް

    Reply
  3. This shit fire ong

    Reply
  4. Wow

    Reply
  5. poop

    Reply
  6. Finally found a platform that doesn’t lag during peak hours. The bonuses are actually fair and easy to claim. betbuss is my new go-to place.

    Reply
  7. No more login issues! I used to struggle with other sites but this one is rock solid. Just head over to j77gamelogin and you’ll be in the game in seconds.

    Reply
  8. This is my new favorite spot for some weekend fun. The odds are fair and the atmosphere is great. Love bdbet5777!

    Reply

ޚިޔާލު