Articles by މުހައްމަދު ޤާސިމް

އުޑުދަށުން

ގަދަ މީހާއަށް މޮޅުގޮތް އޮންނަ ނިޒާމް

ރައްޓެއްސަކާއެކު ކޮފީއެއް ބޯލަން ނިކުމެލި ދުވަހެކެވެ. ދިޔައީ ކާރުގައެވެ. ކޮފީއަކަށް އަރާނެ ތަނަކާމެދު ދެ މީހުން ވާހަކަ ދައްކައިލުމަށްފަހު، އެއްބަސްވެވުނީ ފުޑްކޯޓާ ދިމާއަށް ދިޔުމަށެވެ. ފަސޭހައިން ކާރު ޕާކުކޮށްލެވޭ ކަހަލަ ތަންކޮޅެއް އަތުޖެހޭނީ އެ ހިސާބުންކަމަށް ބެލެވޭތީއެވެ. އެހެންނަމަވެސް ކަން ދިމާވީ…

އުޑުދަށުން

އަގުބޮޑު ޖަވާހިރެއް!

އެއީ ހުކުރު ދުވަހެކެވެ. ހުކުރު ނަމާދަށް މިސްކިތަށް ދެވުނު އިރު، މިސްކިތް ފުރިފައި އޮތުމުން، މުސައްލަ ފަތުރާލައިގެން މިސްކިތުން ބޭރުގައި ޖައްސާލީމެވެ. އިރުކޮޅަކުން ފެނުނީ، އުފަލުން ހިތް ފުރޭ ފަދަ އުފާވެރި މަންޒަރެކެވެ. ޒުވާން ފިރިހެނަކު، ދުވަސްވީ ބައްޕަ ގޮވައިގެން އައިސް،…

އޮޓޯބައޯގްރަފީ

އޮޓޯބައޮގަރްފީ

ކުރެހުމުގެ ފަންނުގައި އަޅުގަނޑު ހޭލައިގަތީއްސުރެ ކުރެހުމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ އަޅުގަނޑު (މާހިރު އަލީ، ފުސްވިލާގެ / ލ. ފޮނަދޫ) އަކީ، ލ. ފޮނަދޫ ފުސްވިލާގޭ އަލީ ނާފިޒަށާއި، ހަމަ އެ ރަށު ކުދިބަތްގޭ ރުޤިއްޔާ ޙަސަނަށް ލިބުނު ހަމައެކަނި ދަރިފުޅެވެ….

މަޒުމޫނު

އޮޅުންފިލުވައިދޭ މަޒުމޫނު

ޓެކްނޮލޮޖީ ބޭނުންކުރާ ގޮތުގެ ސަބަބުން ޒުވާނުންނަށް ލިބޭ ގެއްލުންތައް ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތަކީ، ވިހަގަދަ ހަތިޔާރަކަށްވުރެ ވެސް ނުރައްކާތެރި އެއްޗެކެވެ. ކީއްވެގެންތޯއެވެ؟ ފަންނިއްޔާތުގެ ވަސީލަތްތައް ބޭނުންކުރެވޭ ގޮތުގެ ސަބަބުންނެވެ. މިއަދު މުޅި ދުނިޔެ މި ވަނީ، ފަންނިއްޔާތުގެ ބާރުގެ ދަށުގައި “ހައްޔަރު”…

އުޑުދަށުން

ހާދަ ވަގުތެކޭ! ހާދަ ހޫނުވެއޭ!

އެގާރަގަޑި ބައި އެހަކަންހާއިރެވެ. މެދުއުޑަށް ދަތުރު ފަށައިގެން އުޅޭ އިރުގެ އަލިފާން ދޯދިތައް މުޅި މާލެ އަންދަމުންދާ ކަހަލައެވެ. މި ފަދަ ވަގުތެއްގައި، މާލޭގެ އިރުމަތީ ފަރާތު ކާނިވާ ކައިރީގައި ހުރި ޕެޓްރޯލް ޝެޑާ ދިމާއަށް އަހަރެން މިސްރާބުޖެހީ، ލަސްކޮށްފިއްޔާ، ސައިކަލް…

އުޑުދަށުން

އިޚުލާސްތެރިވާށެވެ!

މާލޭގެ ބިމަކީ މިއަދު ރަނަށް ވުރެ އަގު ބޮޑު ބިމެކެވެ. ބިމުގައި ހުރި ފެން ލޮނެވެ. ޖެހިލަން ކަމުނުދާވަރަށް ވަނީ ތަޣަޔަރު ވެސް ވަނީ ވެފައެވެ. ގަހެއް ހައްދާލަން ކަމުދާކަހަލަ ފަސްކޮޅެއް ލިބޭނެ ދިމާއެއް ނެތޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް މިއީ…

އުޑުދަށުން

ކްލިނިކް؟ ސެލޫން؟ ސުޕާ…

ބަލިވެގެން ޑޮކްޓަރަށް ދައްކާލުމުގެ ބޭނުމުގައި އެއް ދުވަހަކު ކުލިނިކަކަށް ވަދެއްޖައީމެވެ. ނަން ބޯޑުގައި އިނގިރޭސި އަކުރުން “ކްލިނިކް” ޖަހާފައި އޮތްތަން ފެނިގެންނެވެ. ވަންއިރު ކުރިމަތީގައި ހުރީ ބޮޑު، އުސް ކައުންޓަރެކެވެ. ކައުންޓަރާ ކުރިމަތި ވާގޮތަށް ބޭރު ފަރާތުގައި ތިން ހަތަރު ގޮނޑިއެއް…

މަޒުމޫނު

ދިރާސާ މަޒުމޫނު

ޤައުމެއް ދިރިދެމި އޮންނާނީ ޤައުމީ ލޯބިން ފުރާނަ އެޅިގެންނެވެ. ފެށުން ތަރިތަކަށް ދިރުން ލިބި އޭގެ އުޖާލާކަންމަތީގައި ވިދާ ބަބުޅާތަން ދުނިޔޭގެ ލޯތަކަށް ފެންނާން އެ ހުންނަނީ، އިރުގެ އަލި ދޯދިތައް ތަރިތަކަށް ޓަކައި ވަމުން އަންނަ އަގުނުކުރެވޭ ފަދަ ބޮޑު…

ދިގުވާހަކަ

އޮލިމްޕަސް

“ނަބީލް” ލިބުނު ސިހުމާއެކު، އަޑަށް ބާރުލައިފައި ސީމާއަށް ގޮވައިލެވުނެވެ. މައްޗަށް ބަލަހައްޓައިގެން ހުރި ނަބީލަށް، ސީމާގެ އަޑު އިވުމާއެކު، އެނބުރި ބަލައިލިއެވެ. “ކީއްކުރަން ޓެރަހަށް ތި އެރީ؟ އަވަހަށް ހިނގާ ތިރިއަށް!” ސީމާގެ އަޑުގައި ހުރީ ގާތްކަމެވެ. ލޯތްބެވެ. އޭނާއަށް ހުރެވުނީ،…

ކުރުވާހަކަ

ހިމޭން ލޯބި

ފަތިސްނަމާދުކޮށްގެން އޮށޯވެ ނިދިޖެހުނުތަނާ ކަހަލަ ގޮތަކަށް، ވާސިފުގެ މަންމަ އައިސް ވާސިފަށް ގޮވައިފިއެވެ. ކުލާހަށް ދާ ގަޑިޖެހޭތީއެވެ. ގިނަ ދުވަސްދުވަހު 8 ޖަހާއިރު ކުލާސް ފެށުނު ނަމަވެސް، މިއަދު ކުލާސް ފެށޭނީ 10 ޖަހާއިރުއެވެ. ފުރަތަމަ އޮންނާނީ ކޮންޕިއުޓަރު ކުލާހެވެ. އެއީ…