ވާހަކަ

ކުރުވާހަކަ

ހިތި ރަހަ

“ވިލިމާލޭން ހަށިވިއްކި ބަޔަކު ރޭ ފުލުހުން އަތުލައިގެންފި”       ނޫހުގައި އޮތް ސުރުޚީ ކިޔައިލުމަށްފަހު އޭނާ ޚަބަރު ކިޔަންފެށީ، އެ ޚަބަރުގެ ސަބަބުން އޭނާގެ ހިތަށް ލޮޅުމެއް އަރާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫނެވެ. އެ ޚަބަރުން އޭނާގެ…

ކުރުވާހަކަ

މަރުގެ އިންޒާރު

މުހައްމަދު ގާސިމް – އއ. މަތިވެރި ބޭރުގައި އުޅެފައި ޝިނާނަށް ގެއަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހައި ބޮޑުވެފައެވެ. މިހާރު ޝިމްލާ އިންނާނީ އޭނާގެ އިންތިޒާރުގައެވެ. “ޒިންދަގީ ރެސްޓޯރެންޓު”ގެ މަތީ ފަންގިފިލާގައެވެ. ޝިނާނު އައި މަގުމަތީގައި ޝިމްލާއަށް ގުޅާފައި…

ކުރުވާހަކަ

ދެވަން

ބާވެފައި ހުރި ވޭވް 100 ގެ ސައިކަލުގައި އަމީނީމަގުންއިރަށް މަޑު ދުވެއްޔެއްގައިއަހަރެން ދިޔައީ، އަހަނދޭއާއެކު ކޮފީއަކަށެވެ. އޭރު ހަވީރު ހަތަރެއްޖަހައި ބޮޑުވެއްޖެއެވެ. އިރުއޮއްސުމުގެ ކުރީންއަންނާނޭ ވާހަކަ އަންހެނުން ގާތު ބުނީ،ކޮންމެހެން އެކަމަށް ނިޔަތްގަނެފައެއް ނޫނެވެ. އެ ވަގުތަށް އޭނާގެ ހިތްހަމަޖައްސައިލަ ދިނުމަށެވެ….

ކުޑަކުދިންގެ ވާހަކަ

އައިޝާ

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި މިއީ ކުޑަ ކުޑަ އައިޝާ އެވެ. މަންމައާއި ބައްޕަ އައިޝާދެކެ ވަރަށް ލޯބިވެ އެވެ. އެހެންނަމަވެސް އައިޝާ ވަގުތަށް ސަމާލުކަން ނުދޭތީ މަންމައާއި ބައްޕަ ވަރަށް ދެރަވެއެވެ. ގިނަ ދުވަސްދުވަހު އައިޝާއަށް ނަމާދު ކުރެވެނީ…

ކުރުވާހަކަ

ބިކަ

ނޯޓު: މިއީ އިންޑިއާއަށް އުފަންވި ނިކަމެތި އަންހެނެއްކަމަށްވާ، ރާޖިޔާ ބޭގަމްގެ ހަޔާތާބެހޭގޮތުން “ވަގުތު” ނޫހުގައި ޝާއިޢުކުރި ލިޔުމެއް ކިޔާލުމުން ހިތަށް ވެރިވި ޚިޔާލެއްގެ މައްޗަށް ބިނާކޮށް ލިޔުނު ޚިޔާލީ ވާހަކައެކެވެ. ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި މެންދަމުން އަލިވެ ދޭން…

ކުރުވާހަކަ

ތައުރު

ލިޔުނީ: މުޙައްމަދު ޤާސިމް / އއ. މަތިވެރި “ވަގެއް! ވަގެއް!” ސޭޓު ހަޅޭއްލަވައިގަތެވެ. ފިހާރައިގެ ތެރޭގައި އަޑުގަދަވިއެވެ. މުވައްޒަފަކަށް އުުޅޭ ބަނގުލަދޭޝްގެ ކަރީމުއްދީން ދުއްވައިގަތެވެ. ވަގުކަލޭގެ ފަހަތުންނެވެ. އޭނާ ފިލާކަށް ނޫޅެއެވެ. ފިހާރައިގެ ދޮރާ ދިމާއަށް ހިނގާފައި ދިޔައީ، ލަސް ފިޔަވަޅުތަކެއްގައެވެ….

ދިގުވާހަކަ

ވަކި ނުވިނަމަ…

(ފުރަތަމަ ބަޔާ ގުޅޭ) (2) ރަޝާޤާ މަޑުމަޑުން އިސް އުފުލައިލި އެވެ. އިހުސާނުގެ ދެލޮލަށް ބަލައިލި އެވެ. އެ ދޮލުން އޭނާއަށް ފެނުނީ ލޯތްބެއް ނޫނެވެ. ގާތްކަމެއް ނޫނެވެ. މުޅިން އެހެން ކުލައެކެވެ. ނުރުހުމެވެ. ރުޅިވެރިކަމެވެ. އޭނަ ކޮންމެ ގޮތަކަށް ކަންތައް…

ދިގުވާހަކަ

ވަކި ނުވިނަމަ…

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. އުތުރުން ޖެހެމުންދާ ހިތްފަސޭހަ ވައިރޯޅިފަށް ރަށުގެ ގޮނޑުދޮށަށް އައިސް ވެއްޓެނީ އެއިން އެތައް ބަޔަކަށް ފިނިކަމާއި ތާޒާކަން ގެނެސް ދިނުމުގެ މަޤުޞަދުގައި ކަންނޭނގެ އެވެ. ވައި ރޯޅީގެ އެ…

ކުރުވާހަކަ

ނަތީޖާ

ޒަހީނާއި އިކުލީލާ ފިކުރު ބޮޑުވަމުން ދިޔައީ، އެ ދެ މީހުންގެ ދޮށީ ދަރިފުޅުގެ އުޅުމަށް އަންނަމުންދާ ބަދަލުތަކާ މެދުގައެވެ. އުމުރުން އަދި އެންމެ ހަތްއަހަރުގެ އަނިލްއަކީ، ކުރިން އެއީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. ބަސްއަހާ ކުއްޖެކެވެ. އެހެންނަމަވެސް މިއަދު އެ ސިފަ…

ކުރުވާހަކަ

ހެއްލުން

“އަހުމަދޫ! އަވަސްކޮށްލާ! އެ ސޮރު ނިމޭގަޑި ޖެހެނީ.” ފާޚާނާގައި ހުރި އަހުމަދުގެ ކަންފަތުގައި، އޭނާގެ އަންހެނުން ޝާޢިރާގެ އަޑު ޖެހުނެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. ދިހަމިނެޓަށް ވަނީއެވެ. އެހެންކަމުން އަވަސް އަވަސްކޮށްލައިގެން ނިކުތެވެ. ތައްޔާރު ވެލައިގެން ގެއިން ނިކުންނަން ހިނގައިގަތްއިރު ހުރީ…