ވާހަކަ

ދިގުވާހަކަ

ފުރަބަންދު (6)

ފަޒުލާ ފޯނު ނެގިއެވެ. ކަންފަތުގައި ޖެހުނީ ބިޝާރާގެ އަޑެވެ. އެ އަޑުގައި ހުރީ ކަންބޮޑުވުމާއި ހާސްކަން އެކުލެވިފައެވެ. “ވަރަށް ސަކަރާތްވެގެން މި އުޅެނީ.” ބިޝާރާއަށް ފުރަތަމަ ވެސް ބުނެވުނީ މިހެންނެވެ. “ކިހިނެއްވީ؟” ފަޒުލާއަށް އަވަސް އަވަހަށް އަހައިލެވުނެވެ. “ބައްޕަގެ ފުރެންޑަކު ޕޮޒިޓިވްވެގެން…

ދިގުވާހަކަ

ފުރަބަންދު (5)

ފަޒުލާއަށް ކަންފަތް ކޮޅަށް ޖަހައިލެވުނެވެ. އޭނާގެ ގަސްތަކީ ދޮންބެއަށް ފާރަލުމެއް ނޫނެވެ. އަޑުއެހުމުން ވައްކަންކުރުމެއް ވެސް ނޫނެވެ. ދޮންބެ ދައްކަމުން ގެންދާ ވާހަކައިގެ ބާވަތުން، އަޑުއަހައިނުލައި ކުރިއަށް ފިޔަވަޅެއް ނޭޅުނީއެވެ. ދޮންބެ ވާހަކަދައްކަމުން އެ ގެންދަނީ އަހުސަނާކަން ކަށަވަރެވެ. އެއީ ދޮންބެގެ…

ކުރުވާހަކަ

ބަރުދާސް

“މިހާރު އެއީ ކުރީގެ ސުއާދެއް ނޫން! މި ދިޔަ އަހަރު ވަރަށް އެކްޓިވްކޮށް އުޅުނު ކުއްޖެއް އެއީ. އެކަމަކު މިހާރު އިންނަނީ ފާޑަކަށް ހުއްޓުންއަރާފަ. ހީވަނީ ކޮންމެވެސް ކަމެއް ވެއްޖެހެން.” ސުއާދުގެ ކުލާސް ޓީޗަރ ހަމީޒާ، ވާހަކަދައްކަމުން ގެންދިޔައީ އޭނާގެ ކުރިމަތީގައި…

ދިގުވާހަކަ

ފުރަބަންދު (4)

“ދޮންބޭ!” ފަޒުލާގެ ދެ ލޯ ބޮޑުވިއެވެ. “ދޮންބެ ރޮނީތަ؟” “ނޫން!” ފިޒާލް އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ޑްރެސިން ޓޭބަލްމަތީގައި އޮތް ރިމޯޓުނަގައި އެއަރކޯން ޖައްސާލިއެވެ. “ދޮންބެ ނުއެއް ރޮން! ކީއްވެ ތިހެން ތި ބުނީ؟” ފިޒާލް މަސައްކަތްކުރީ…

ދިގުވާހަކަ

ފުރަބަންދު (3)

ފިޒާލް އޮތީ ކޮޓަރީގައެވެ. ނިދަން ތައްޔާރުވެގެން، ދިހައެއް ނުޖަހަނީސް އޭނާ އޮށޯވެއްޖެއެވެ. ދޭއް ޖަހާއިރު، ބައްޕަ ނޫނީ މަންމަ އައިސް ގޮވާނެއެވެ. ދަމުނަމާދަށް ނަގާނެއެވެ. އެއީ ކޮންމެ ރެއެއްގެ ވެސް އާދައެވެ. އެހެންކަމުން އޭނާ އޮތީ ވަރަށް އަވަހަށް ނިދަން ބޭނުންވެފައެވެ….

ދިގުވާހަކަ

ފުރަބަންދު (2)

“ދޮންބެ ކީއް ތި ކުރަނީ؟ ކިރިއައެއްނު ނުވެއްޓުނީ” ފަޒުލާ އަދިވެސް ހުރީ ހިނިއައިސްފައެވެ. “މިހެން ގޭގައި ހުރެހުރެ ފޫހިވެގެން އުދުހެވޭތޯ ބަލައިލީ.” ހިނިތުންވެ ހުރެ، ކޮއްކޮއާ ސަމާސާ ކޮށްލަމުން، ކޮޓަރިއަށް ވަންނާން ފިޒާލު ހިނގައިގަތެވެ. “އެކަމަކު އުދުހެވޭ ގޮތެއްނުވި ދޯ!” ފަޒުލާ…

ދިގުވާހަކަ

ފުރަބަންދު (1)

ފިޒާލަށް ހޭލެވުނީ ސިހިފައެވެ. ފުންމައިގެން ތެދުވެ، ގަޑިއަށް ބަލައިލެވުނެވެ. ނުވައެއް ޖަހަނީއެވެ. ހާރަށްފަހު، ފަތިސް ނަމާދުކޮށްގެން އައިސް، އޭނާ އޮތީ ނުނިދާން ހިތުނިޔަތް ގަނެގެންނެވެ. ގަޑިޖެހެންވާއިރަށް ނުހޭލެވިދާނެތީއެވެ. ނަސީބަކުން އަދި ލަހެއް ނުވެއެވެ. އޭނާ އެނދުން ފުންމާލައިގެން، އަވަސް އަވަހަށް ގޮސް،…

ކުރުވާހަކަ

އެ ދުވަސް

މިއީ 2020 ވަނަ އަހަރުގެ މާދަރީ ބަހުގެ ދުވަހާ ގުޅިގެން، ދިވެހިބަހުގެ އެކެޑަމީ އިން ބޭއްވި، “މާލޭ އަދަބީ ޢީދު” ގައި، “އެބައުޅޭ މިބައުޅޭ” މި އައިޓަމްގައި، ސީއެޗުއެސްއީގެ ދަރިވަރު ހުށަހެޅުމަށް ލިޔުނު ކުރު ވާހަކައެކެވެ. ކުދީންނޭ! މިއަދު އަޅުގަނޑު ތިޔަ…

ކުރުވާހަކަ

367

އާ ދުވަހަކަށް އިރު އަރަން އުޅޭކަން އިޢުލާންކުރުމުގެ ގޮތުން، ތަފާތު ކުލަތަކުން އުދަރެސް ފެވެމުން ދިޔައެވެ. ރަތާއި ރީނދުލުންނެވެ. ރަތްރީދުލާއި އޮރެންޖުންނެވެ. ޖައްވަށް ވެރިވެފައިވަނީ ފިނިކަމެވެ. ހަމަހިމޭންކަމެވެ. މާލޭގެ ގިނަ ގޭގޭގެ މީހުން ތިބީ ރަޖާތަކުގެ ދަށުގައި ކަންނެތްކަމާއެކު މަރު ނިދީގައެވެ….

Uncategorized

ކަޅު ބުޅާ

މިހާރު ޢިޝާނަމާދުން ދަންވެދާނެއެވެ. އަހަރެން އިނީ ގޭތެރޭގައި ހުރި ކުޑަ އުނދޯލީގައި ކުޑަދަރިފުޅު ނިންދަވާށެވެ. ބޮޑުއަށީގެ ބޯލާކޮޅުގައި 12 އަހަރުގެ މޫސަ އުޑުތިލަމަތިން، ދިގުދެމިލައިގެން ނިދާމަރުވެފައި އޮތެވެ. ދިމާ އެނދުގެ ހުރަހަށް އެއް އަރިއަކަށް އޮތް 9 އަހަރުގެ ކުޑަކަމަނަ ވެސް…