ވާހަކަ

ދިގުވާހަކަ

ހަފުސް

ހަފުސް ހަނދުމަހުގެ ސާދަވިލޭރޭގެ އިރާކޮޅުގެ ވަގުތެވެ. ހަނދުވަރުގެ ރިހި އަލިން ރޯޝަންވެފައިވާ، ގދ. މަޑަވެލީ ރަށްދެބައި މަގުން، ބަނދަރުމައްޗާ ދިމާއަށް ހިނގާލައިފައި އަންނަ ޒުވާން ދެމަފިރިންނަކީ، އެކަކު އަނެއްކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންނެވެ. އެ ދެމަފިރިން އެކަކު އަނެކަކާދިމާއަށް ބަލައިލާގޮތާއި…

ދިގުވާހަކަ

އަޖަލު

އަޖަލު ސިހުމާއި ކެކުޅުން އިންތިހާގައެވެ. ރަޙުމެއް އަމުދުން ނެތެވެ. ހުޅިލައި ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ގަދަފަދަކަމެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަކުގެ ބޮޑެތިކަމެވެ. ވިދާލައި ވިދުވަރުގެ ތޫނުކަމެވެ. ޖަހާލައި ގުގުރީގެ ބަރުކަމެވެ. ރުއިމާއި ގިސްލުމުގެ އަޑުގައި ހުރި ހިތްދަތިކަމެވެ. ނުރައްކާތެރި…

ދިގުވާހަކަ

އޮލިމްޕަސް

“ނަބީލް” ލިބުނު ސިހުމާއެކު، އަޑަށް ބާރުލައިފައި ސީމާއަށް ގޮވައިލެވުނެވެ. މައްޗަށް ބަލަހައްޓައިގެން ހުރި ނަބީލަށް، ސީމާގެ އަޑު އިވުމާއެކު، އެނބުރި ބަލައިލިއެވެ. “ކީއްކުރަން ޓެރަހަށް ތި އެރީ؟ އަވަހަށް ހިނގާ ތިރިއަށް!” ސީމާގެ އަޑުގައި ހުރީ ގާތްކަމެވެ. ލޯތްބެވެ. އޭނާއަށް ހުރެވުނީ،…

ކުރުވާހަކަ

ހިމޭން ލޯބި

ފަތިސްނަމާދުކޮށްގެން އޮށޯވެ ނިދިޖެހުނުތަނާ ކަހަލަ ގޮތަކަށް، ވާސިފުގެ މަންމަ އައިސް ވާސިފަށް ގޮވައިފިއެވެ. ކުލާހަށް ދާ ގަޑިޖެހޭތީއެވެ. ގިނަ ދުވަސްދުވަހު 8 ޖަހާއިރު ކުލާސް ފެށުނު ނަމަވެސް، މިއަދު ކުލާސް ފެށޭނީ 10 ޖަހާއިރުއެވެ. ފުރަތަމަ އޮންނާނީ ކޮންޕިއުޓަރު ކުލާހެވެ. އެއީ…

ކުރުވާހަކަ

ނަޖާ

ރަށު މަދަރުސާގެ ގޯތިތެރޭގައި ސުހޭލާއި ނަޖާގެ ކައިވެނި ޕާޓި ކުރިއަށް ދަނީއެވެ. އާދައިގެ ކުޑަކުޑަ ޕާޓީއެއް ކަމަކު، ޕާޓީގައި އޮތީ އުފާވެރިކަމެވެ. ޕާޓީއަށް ވަންނަ ކޮންމެ މީހަކު ވެސް، އެ ދެ ކުދީންގެ ރީތިކަމަށް ތައުރީފުކުރެއެވެ. ބާއްޖަވެރި ހަޔާތަކަށް އެދެއެވެ. ނަޖާއަކީ…

ދިގުވާހަކަ

ފުރަބަންދު(18)

ފިޒާލު ބުނި އެއްޗަކާމެދު އަހުސަނު ވިސްނައިލިއެވެ. ފިޒާލު ދެކެ ލޯބިވާ ކުއްޖަކު ހުރިކަން އަހުސަނަށް އޮތީ އެނގިފައެވެ. އެއީ ކޮން ކުއްޖެއްކަން ނޭނގުނަސް، އިންތިހާއަށް ލޯބިވާ، ވަރަށް ރަނގަޅު ކުއްޖަކު ހުރި ވާހަކަ މަދީހާ އެއް ދުވަހު ވާހަކަ ދެއްކި އިރު…

ދިގުވާހަކަ

ފުރަބަންދު (17)

“ކައިވެންޏޭ؟ ކިހައި ދެރަ ކަމެއް ނީނާ!” ނަދާގެ އަޑު ބާރުވިއެވެ. “އެކަނިމައި އެކަނި ޖަލެއް ކަހަލަ ތަނެއްގައި ހައްޔަރުވެގެން އިންދާ އެކުވެރިއަކު އައިސް ދައްކަން އެންމެ ރަނގަޅު ވާހަކައަކީ ތިޔައީތަ؟’ “ނަދާ! މީ މަ ދައްކާ ވާހަކައެއް ނޫނޭ!” ނީނާ ވަރަށް…

ކުރުވާހަކަ

ރަށްމަތިން ގޮވި މާކަނާ

ހަސަނަށް ހޭލެވުނީ ސިހިފައެވެ. ބުރަކަށްޓަށް ވައްދާލި ތޫނު ކަށްޓެއްގެ ސަބަބުންނެވެ. މަދިރި ދުންދަނޑި ހުސްވެފައި ހުރުމުން ޖެހުނު ދަތުރެކެވެ. އަހަސަނު ތެދުވެ ގަޑިއަށް ބަލައިލިއެވެ. ފަތިހު ފަހެއް ޖަހަނީއެވެ. މަހަށްދާން ގޮވަން ކެޔޮޅު މިހާރު އަންނާނެއެވެ. އެހައިއިރަށް ވުޟޫކޮށްލައިގެން މިސްކިތަށް އަރައިލަންދާންވީއޭ…

ކުރުވާހަކަ

ފައްސި

ނަފީސާއަށް ހޭލެވުނީ ހުން ގަދަވެގެންނެވެ. އޭރު އޭނާގެ ބޮލުގައި ގަދައަށް ރިހެއެވެ. ގައިގައި ވޭން އަޅައެވެ. އޭނާ މަޑުމަޑުން ތެދުވެ، ގަޑިއަށް ބަލައިލިއެވެ. ފަތިހު ހަތަރެއް ޖަހަނީއެވެ. އެނދުމަތީގައި އޮތް ފޯނު ނަގައި، ރިސޯޓުގައި ހުރި އޭނާގެ ފިރިމީހާއަށް ގުޅައިލީ، މިހާރު…

ދިގުވާހަކަ

ފުރަބަންދު (16)

މެންދުރުފަހުގެ ވަގުތެވެ. މެންދުރުނަމާދު ކޮށްގެން ނިކުމެ، ތައުފީޤު އިނީ ސިޓިންރޫމުގައެވެ. ރޭޑިޔޯ ހުޅުވާލައިގެން، އިންތިޒާރެއްގައެވެ. އޭރު ރޭޑިޔޯއިން އަންނަނީ، ރަމަޟާންމަހު ޢާންމުކޮށް ފޮނުވާ ކުރުވާހަކަ މުބާރާތުގެ ވާހަކައެކެވެ. ވާހަކަ އަޑުއެހުމަކީ، ތައުފީޤު ކޮށްއުޅޭ ކަމެއް ނޫނެވެ. އެހެންނަމަވެސް މި އަހަރު އޭނާއަށް…