Articles by މުހައްމަދު ޤާސިމް

ރިޕޯޓް

ރާޅުފުށީ ގޯތިގެދޮރުގެ ކުލި ބޮޑުވުމަށް މެދުވެރިވެފައިވާ ސަބަބުތަކާއި އެކަމުގެ ޙައްލު

ތަޢާރަފު: ބޮޑުމިނުގައި ގާތްގަނޑަކަށް 5 އަކަ ކިލޯމީޓަރު ހުންނަ، އާބާދީގައި ލައްކައެއްހައި މީހުން ހިމެނޭ ނ. ރާޅުފުށްޓަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ގޯތިގެދޮރުގެ ކުލި ބޮޑުވުމުގެ މައްސަލައެވެ. އެހެންކަމުން މިއީ އެ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް މި…

ދަތުރުމަތި

ބިރުވެރި ދަތުރު

ނޯޓު: މިއީ އަޅުގަނޑުގެ ދަރިވަރަކު، ބިރުވެރި ދަތުރުމައްޗެއްގެ ނަމޫނާއަކަށް އެދުމުން އެ ދަރިވަރަށް ޚާއްޞަކޮށްގެން ލިޔުނު ނަމޫނާ ދަތުރުމައްޗެކެވެ. މި ދަތުރުމަތި ލިޔެފައި އޮންނާނީ، ރިޔަލުގެ ޒަމާނުގައި ދިވެހީން ކޮށްފައިވާ ދަތުރެއްގެ މައްޗަށް ބިނާކޮށްގެންނެވެ. މި ދަތުރުމަތީގެ މައިގަނޑު ހާދިސާ ބިނާކޮށްފައި…

ސަމާސާ އަދަބު

ކިނބިހި

ލިޔުނީ: މުޙައްމަދު ޤާސިމް / އއ. މަތިވެރި ކިނބިއްސޭ ބުނުމުން ވެސް ޒާތަކަށް ނޭފަތް ހިރުވާލައިފިއެވެ. ދެ ހިނދުރި ފުއްޕާލައިފިއެވެ. ކިނބިއްސޭ އެ ކިޔާ ގޮލާ، ހަށިގަނޑޭ މިކިޔާ ޖަލުގެ ކޮންމެވެސް ތަނެއްގައި ގައިދުވެ އިނދެފައި، ލިބުނު ހަނިހަނި ފުރުސަތުގައި، އަނގައާއި…

ކުރުވާހަކަ

ތައުރު

ލިޔުނީ: މުޙައްމަދު ޤާސިމް / އއ. މަތިވެރި “ވަގެއް! ވަގެއް!” ސޭޓު ހަޅޭއްލަވައިގަތެވެ. ފިހާރައިގެ ތެރޭގައި އަޑުގަދަވިއެވެ. މުވައްޒަފަކަށް އުުޅޭ ބަނގުލަދޭޝްގެ ކަރީމުއްދީން ދުއްވައިގަތެވެ. ވަގުކަލޭގެ ފަހަތުންނެވެ. އޭނާ ފިލާކަށް ނޫޅެއެވެ. ފިހާރައިގެ ދޮރާ ދިމާއަށް ހިނގާފައި ދިޔައީ، ލަސް ފިޔަވަޅުތަކެއްގައެވެ….

ޅެންޝަރަޙަ

ޅެން ޝަރަހަކުރުން

އަސަރުގަދަވީ ރުއިމަކުން އަދު ގައުމު ރޮއިލައިފިޔެ މޮޅީން ޤައުމުގައި ތިބި މަދުކަމުން އެކަށޭނަ ތަޢުލީމީ ދަރީން ދުންޔަވީ އެކި ޤައުމުތައް ޢިލްމުގެ ތަރައްޤީ ރޭހުގައި ކުރިއަރައިގެން ގޮސް އޮބާ ވެސް ލައިފިޔޭ ބަލަ ލޯމަތީން ދުނިޔެ، ހަނދު ވެސް ފަތަޙަކޮޮށް ތަރިއަށް…

ރިޕޯޓް

ދޫނިރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށަށް ދިޔުމަށް މެދުވެރިވާ ސަބަބުތައް

ލިޔުނީ: މުޙައްމަދު ޤާސިމު ތަޢާރަފު: ދޫނިރާއްޖޭގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށެވެ. އެހެންކަމުން މި ރިޕޯޓަކީ، ސަރުކާރުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ދަށަށް ދިޔުމަށް މެދުވެރިވާ ސަބަބުތަކާއި…

ދިގުވާހަކަ

ވަކި ނުވިނަމަ…

(ފުރަތަމަ ބަޔާ ގުޅޭ) (2) ރަޝާޤާ މަޑުމަޑުން އިސް އުފުލައިލި އެވެ. އިހުސާނުގެ ދެލޮލަށް ބަލައިލި އެވެ. އެ ދޮލުން އޭނާއަށް ފެނުނީ ލޯތްބެއް ނޫނެވެ. ގާތްކަމެއް ނޫނެވެ. މުޅިން އެހެން ކުލައެކެވެ. ނުރުހުމެވެ. ރުޅިވެރިކަމެވެ. އޭނަ ކޮންމެ ގޮތަކަށް ކަންތައް…

އުޑުދަށުން

ބިދެސީންނާ ކައިވެނިކުރަމުން ދާއިރު…

ލިޔުނީ: މުޙައްމަދު ޤާސިމު/ އއ. މަތިވެރި “ދިވެހި އަންހެނަކު ބަންގާޅުގައި ރަހީނު ކުރި މައްސަލައެއް، ފުލުހުންނާއި ޖެންޑަރ މިނިސްޓުރީ ގުޅިގެން ބަލަނީ” މިއީ ދާދިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ޚަބަރެކެވެ. ޚަބަރު ފެނިފައި އަވަސް އަވަހަށް ކިޔައިލެވުނެވެ. ޙައިރާންކަން ލިބުނެވެ….

އުޑުދަށުން

ޒަމާނީ މޭކަޕް- ބޭރުން ލެވޭ ތޮށްޓެއްބާ؟

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި ގާތް މީހަކު، ކުރީ ދުވަހަކު ސައިކަލްގެ ފަހަތުގައި އިނދެފައި ބުނެލިއެވެ. މިހާރު މި އުޅޭ ގިނަ އަންހެން ކުދީންގެ އަސްލު ކުލައެއް ނޭނގޭނެ ދޯއެވެ. ތި ބުނީ ކީކޭހޭ އެހުމުން ބުނީ، މި ބުނީ…

ދިގުވާހަކަ

ވަކި ނުވިނަމަ…

ލިޔުނީ: މުޙައްމަދު ޤާސިމް/ އއ. މަތިވެރި ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. އުތުރުން ޖެހެމުންދާ ހިތްފަސޭހަ ވައިރޯޅިފަށް ރަށުގެ ގޮނޑުދޮށަށް އައިސް ވެއްޓެނީ އެއިން އެތައް ބަޔަކަށް ފިނިކަމާއި ތާޒާކަން ގެނެސް ދިނުމުގެ މަޤުޞަދުގައި ކަންނޭނގެ އެވެ. ވައި ރޯޅީގެ އެ…